Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނަޖީބްގެ ކޮރަޕްޝަން

ނަޖީބްގެ އަނބިކަނބަލުންގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލައިފި

މިއީ އެކަމަނާގެ މައްޗަށް އުފުލުނު ކޮރަޕްޝަންގެ 20 ވަނަ ދައުވާ

އަމަން ހަލީމް
އަމަން ހަލީމް | 11 އެޕްރީލު 2019 | ބުރާސްފަތި 07:55
ނަޖީބުގެ އަނބިކަނބަލުން ރަސްމާ މަންސޫރު

ނަޖީބުގެ އަނބިކަނބަލުން ރަސްމާ މަންސޫރު

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ އަނބިކަނބަލުން ރަސްމާ މަންސޫރުގެ މައްޗަށް ކޮރަޕްޝަނުގެ އާ ދައުވާއެއް އުފުލައިފި އެވެ.

ރަސްމާގެ މައްޗަށް އެންމެ ފަހުން ތުހުމަތުކޮށްފައި ވަނީ މެލޭޝިއާ ސަރުކާރުން ހިންގި ސޯލާ ޕަވާ ޕްރޮޖެކްޓެއް ހިންގަން ހޯދައިދޭ މަތިން ކުންފުންޏަކުން ރިޝްވަތުގެ ގޮތުގައި ފަސް މިލިއަން ރިންގިޓް (1.2 މިލިއަން ޑޮލަރު)ގެ ރިޝްވަތު ނެންގެވި ކަމަށެވެ. އެ ކުންފުނިން ރިޝްވަތު ނެންގެވި ކަމަށް ރަސްމާގެ މައްޗަށް ކޮށްފައިވާ ތުހުމަތަށް އޭނާ ވަނީ އިންކާރު ކުރައްވާފައެވެ.

ކުއާލަ ލަމްޕޫރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރަސްމާ ވިދާޅުވީ އެކަމަނާ އާއި ފިރިކަލުންގެ މައްޗަށް ކުރާ ކޮރަޕްޝަނުގެ ތުހުމަތު ރައްޔިތުން މިހާރު ގަބޫލުނުކުރާ ކަމަށެވެ.

1އެމްޑީބީގެ ޚިޔާނާތުގެ 2.6 ބިލިއަން ރިންގިޓް (628 މިލިއަން ޑޮލަރު) ވަނީ ނަޖީބުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފަ އެވެ. 1އެމްޑީބީ ޚިޔާނާތާ ގުޅޭ 42 މައްސަލައެއްގައި ނަޖީބުގެ މައްޗަށް ދައުވާ ކުރެއެވެ. އަދި އަނބިކަނބަލުން ރަސްމާގެ މައްޗަށް ކޮރަޕްޝަންގެ 20 މައްސަލައެއްގައި ދައުވާކޮށްފައި ވެއެވެ. އަދި ވެރިކަން ބަދަލުވުމަށް ފަހު ކުރިޔަށް ގެންދިޔާ ރޭޑުތަކުގައި މެލޭޝިއާ ފުލުހުން ވަނީ ނަޖީބާއި ރަސްމާއާ ގުޅުން ހުރި 273 މިލިއަން ޑޮލަރުގެ އަގު ހުރި ތަކެތި އެ ފަރާތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ވެރިކަމުގައި ރަސްމާ ފާހަގަކުރެވިގެން ގޮސްފައި ވަނީ އަގުބޮޑު ދިރިއުޅުމެއް އުޅުއްވި ކަނބަލެއްގެ ގޮތުގައެވެ. އެ ގޮތުން ގިނަ ގައުމުތަކަކަށް ދަތުރުކުރެއްވުމާއި އަގު ބޮޑު ހެދުންތަކާއި ގަހަނާއި ގަޑިތަކާއި ދަބަސްތަކާއި އެ ނޫން ވެސް އެތައް ސާމާނެއް އެކަމަނާ ހޯއްދަވަމުން ގެންދެވީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
12 ފެބުރުއަރީ 2017

ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

12 ފެބުރުއަރީ 2017
ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު