Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކްރައިސްޗާޗް ޓެރަރިސްޓް ހަމަލާ

ބަޑި ގެންގުޅުމުގެ ގާނޫނު މުރާޖާ ކުރަން ނިއު ޒިލެންޑުގެ ޕާލިމަންޓުން ފާސްކޮށްފި

10 އެޕްރީލު 2019 | ބުދަ 17:13

ގާނޫނު ބަދަލުކުރުމާ ދެކޮޅަށް ވޯޓު ދީފައިވަނީ އެއްމެ މެމްބަރެއް

އަމަން ހަލީމް
އަމަން ހަލީމް | 10 އެޕްރީލު 2019 | ބުދަ 17:13
ކްރައިސްޗާޗްގެ ހަމަލާގައި މަރުވި މީހުންގެ ޖަނާޒާގެ ތެރެއިން

ކްރައިސްޗާޗްގެ ހަމަލާގައި މަރުވި މީހުންގެ ޖަނާޒާގެ ތެރެއިން

ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ބަޑިން ހަމަލާދީ ފަންސާހަށް ވުރެ ގިނަ މުސްލިމުން މަރާލިތާ މަހެއް ވާން ކައިރިވެފައި ވަނިކޮށް، ބަޑި ގެންގުޅުމާއި ބެހޭ ގާނޫނު މުރާޖާ ކުރަން ބޮޑު އަގުލަބިއްޔަތަކުން ނިއު ޒިލެންޑުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮފިއެވެ.

ނިއު ޒިލެންޑުގެ ޕާލިމަންޓުން "ގަން ރިފޯމް" ބިލް ފާސްކުރުމާ އެއްކޮޅަށް 119 މެމްބަރަކު ވޯޓު ދީފައިވާ އިރު، ދެކޮޅަށް ވޯޓު ދީފައި ވަނީ އެންމެ މެމްބަރެކެވެ. އެ ގައުމުގެ ބަޑި ގެންގުޅުމާ ބެހޭ ގާނޫނަށް އަހަރުތަކެއް ފަހުން ބަދަލުތަކެއް ގެންނަން ނިންމާފައިވާ އިރު، މި ބިލް ގާނޫނަކަށް ވުމަށް ދެން އޮތް މަރުހަލާއަކީ އެ ގައުމުގެ ގަވަނަރ ޖެނެރަލް ބިލް ތަސްދީގު ކޮށްދެއްވުމެވެ.

Advertisement - worldAdvertisement

ބިލްގެ ވޯޓަށް ފަހު އެ ގައުމުގެ ބޮޑުވަޒީރު ޖަސިންޑާ އަރޑާން ވިދާޅުވީ މިއީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ފަހުގެ ތާރީހެއްގައި ވެސް ކަމަކާ މެދު މިހާ ބޮޑު އަގުލަބިއްޔަތަކުން އެއްބަސްވެވުނު ފުރަތަމަ ފަހަރު ކަމަށެވެ. އަދި ބިލް ފާސްކޮށްފައި ވަނީ ގައުމު އިންތިހާއަށް އެއްބައިވަންތަވާން ޖެހިފައިވާ ދަނޑިވަޅެއްގައި ކަމަށް ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ބިލްގައި ވަނީ ސެމީ އޮޓޮމެޓިކް ބަޑި ގެންގުޅުން މަނާ ކުރުމުގެ އިތުރުން، ބަޑި ސެމީ އޮޓޮމެޓިކް ކުރަން ބޭނުންކުރާ ސާމާނު ވެސް މަނާކުރަން ހުށައަޅާފައެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެ ބާވަތުގެ ހުރިހާ ބަޑިއެއް އަލުން ރައްދުކުރުމަށް ވެސް ބިލްގައި ވަނީ ހިމަނާފައެވެ.

މީގެ ކުރިން އަރޑާން ވަނީ މިލިޓަރީ ސްޓައިލްގެ ހުރިހާ ސެމީ-އޮޓޮމެޓިކް ބަޑިއާއި އެސޯލްޓް ރައިފްލް ވިއްކުން މަނާކޮށްފައެވެ. އެ ގައުމުގެ ބަޑި ގެންގުޅުމުގެ ގާނޫނު އިތުރަށް ހަރުކަށިކުރުން އެއީ ހަމަލާއަށް ފަހު އެކަމަނާ ވެވަޑައިގެންނެވި ވައުދެކެވެ.

އޮސްޓްރޭލިޔާގެ ރައްޔިތެއް ކަމުގައިވާ ބްރެންޓަން ޓަރަންޓް ނަމަކަށް ކިޔާ މީހަކު ހަމަލާދިން ސަރަހައްދުން ހައްޔަރުކުރުމަށް ފަހު މިހާރު ވަނީ މީހުން މެރުމުގެ ފަންސާސް ދައުވާ އޭނާގެ މައްޗަށް އުފުލާފައެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި
10 ފެބުރުއަރީ 2017

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
04 ޖެނުއަރީ 2017

ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި

04 ޖެނުއަރީ 2017
ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް