Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019

މިއީ މިނިވަން، އިންސާފުވެރި، ދެފުށް ފެންނަ އިންތިޚާބެއް: ބައިނަލްއަޤުވާމީ އޮބްޒަރވަރުން

ކުރިއަށް އޮތް ތާންގައި އޮބްޒަރވް ކުރާ މުއްދަތު އިތުރުކުރުން މުހިއްމު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 8 އެޕްރީލު 2019 | ހޯމަ 08:53
މަޖިލިސް އިންތިޚާބު އޮބްޒަރވް ކުރުމަށް ހަރަކާތްތެރިވި ބައެއް އޮބްޒަރވަރުން

މަޖިލިސް އިންތިޚާބު އޮބްޒަރވް ކުރުމަށް ހަރަކާތްތެރިވި ބައެއް އޮބްޒަރވަރުން

ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިޚާބެއް ކަމަށް އެ އިންތިޚާބު އޮބްޒަރވް ކުރި ބޭރުގެ ވަފުދުގެ މެންބަރުން ބުނެފިއެވެ.

ހޯމަ ދުވަހު ހެނދުނު މީޑިއާ އާއި ބައްދަލުކޮށް، އެ ވަފުދުގައި ހިމެނޭ މެންބަރުން ބުނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔައީ ވަރަށް އަމާންކޮށް، އިންތިޚާބީ ޙައްޤު ކަށަވަރުވާ ގޮތަށް ކަމަށެވެ. އަދި މައިގަނޑު ގޮތެއްގައި އިންތިޚާބުގެ ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް އިންތިޒާމް ކުރެވިފައިވާކަން އެ ވަފުދުން ފާހަގަކުރިއެވެ.

މި އިންތިޚާބު އޮބްޒަރވް ކުރުމުގައި ހަރަކާތްތެރިވި ޖަޕާނުގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކީކޯ ޔަނާއީ ވިދާޅުވީ، އިންތިހާބަކީ މިނިވަން، އިންސާފުވެރި، އަދި އަމާން އިންތިޚާބެއް ކަމަށެވެ. އަދި އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށްދިޔައީ ވަރަށް ދެފުށް ފެންނަ ނިޒާމަކުން ކަމަށާއި، އިންތިޚާބާއި ގުޅޭ ކަންކަން އާންމުކުރުމަށް ހަމަޖައްސާފައިވަނީ ވަރަށް ފުރިހަމަ ނިޒާމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ، މި އިންތިޚާބުން ހޯދުނު ތަފާސް ހިސާބުތަކަކީ ކުރިއަށް އޮތްތަނުގައި އެކި ކަންކަމުގައި ބޭނުން ކުރުމަށް މުހިއްމު މަޢުލޫމާތުތަކެއް ކަމަށެވެ. އަދި މިފަދަ އިންސާފުވެރި އިންތިޚާބުތަކަކީ ޑިމޮކްރަސީ ވަރުގަދަވެ، ކުރިއެރުމަށް މުހިއްމު ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އިންތިޚާބު އޮބްޒަރވް ކުރުމަށް ހަރަކާތްތެރިވި ޖޯޖިއާގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ، އެޤައުމުގެ އިލެކްޝަން އެޑްމިނިސްޓްރޭޝަންގެ ސީއީސީ ލީގަލް މެއިންޓަނަންސް ޑިވިޜަންގެ އިސްވެރިޔާ، ޖިއޯޖީ ކަލަންދަރިޝްވިލީ ވިދާޅުވީ، ހޮނިހިރު ދުވަހުގެ އިންތިޚާބަކީ އިންތިޒާމީ ނަޒަރަކުން ބަލާއިރު، ކާމިޔާބު އިންތިޚާބެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ޖޯޖިއާގެ ވަފުދަށް އޮބްޒަރވް ކުރުމުގެ ފުރުޞަތު ލިބިފައިވަނީ ވޯޓުލީ ދުވަހުގެ ކަންކަން އެކަނި ކަމަށާއި، އޮބްޒަރވް ކުރެވުނު ފޮށިތަކުގައި އެއްވެސް ޝަކުވާއެއް ފާހަގަކުރެވިފައި ނުވާކަމަށެވެ. އެ ފޮށިތަކުގައި ހަރަކާތްތެރިވި އޮބްޒަރވަރުންނާއި މޮނީޓަރުން އަދި މަންދޫބުންނަށް މިނިވަންކަމާއިއެކު މަސައްކަތްކުރުމުގެ ފުރުޞަތު ލިބުނު ކަމަށާއި، މުއައްސަސާތަކުން މި އިންތިކާބަށް އެއްވެސް ނުފޫޒެއް ފޯރުވިކަން ފެންނަން ނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކަލަންދަރިޝްވިލީ ވަނީ ވޯޓުލުމުގެ ވަގުތު އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް މަރުޙަބާ ދަންނަވާފައެވެ. އަދި ގަދަ ހޫނުގައިވެސް ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ވޯޓުލަމުން ދިޔައިރު، ރައްޔިތުން ދެއްކި ކެތްތެރިކަމަށް އެމަނިކުފާނު ވަނީ ތަޢުރީފުކުރައްވާފައެވެ.

ފިލިޕީންސްގެ ފަރާތުން މި އިންތިޚާބު އޮބްޒަރވް ކުރި ވަފުދުގައި ހިމެނިވަޑައިގަންނަވާ އެ ޤައުމުގެ ކޮމިޝަން އޮން އިލެކްޝަންސްގެ އިންޓަރނޭޝަނަލް އޯޑިޓް އޮފީހުގެ ވެރިޔާ، ސިއްތީ މައިމޫނާ އަޒީސާ ވިދާޅުވީ، ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިކާބަކީ އެ އިންތިޚާބުގެ އިންތިޒާމުތައް ވަރަށް ފުރިހަމަ އިންތިކާބެއް ކަމަށާއި، މި އިންތިޚާބުން، އަނބުރާ ފިލިޕީންސްއަށް ގެންދާނެ ގިނަ ފިލާވަޅުތަކެއް ލިބިގެންދިޔަ ކަމަށެވެ.

އިންތިޚާބު އޮބްޒަރވް ކުރެއްވުމަށްފަހު އުރުދުންގެ އިލެކްޝަން ކޮމިޝަނުގެ މެންބަރު ފައިސަލް އަލް ޝްބޯލްވެސް ވަނީ އިންތިކާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބެއްކަމަށް ވިދާޅުވެފައެވެ. ފައިސަލް ވިދާޅުވީ، މި އިންތިޚާބުގައި ވޯޓުލުމަށް ނުކުތް މީހުންގެ ނިސްބަތް ރަމްޒުކޮށްދެނީ ރާއްޖޭގެ ސިޔާސީ ހާލަތު ކަމަށެވެ.

ފައިސާޅް އިތުރަށް ވިދާޅުވީ، އިންތިޚާބީ އޮފިޝަލުންނަށް އިތުރު ތަމްރީނު ދިނުމުގެ މުހިއްމުކަން ފާހަގަވި ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިންތިޚާބީ އޮފިޝަލުންނަށް އިންތިޚާބުގައި ކަންކަން ކުރަންވާ ގޮތާއި ގުޅޭގޮތުން ރަންގަޅު ފެންވަރަކަށް ތަމްރީނު ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އިންތިޚާބުގައި އޮބްޒަރވަރުން ބައިވެރިކުރި އޭޝިއަން ނެޓްވަރކް ފޯ ފްރީ އިލެކްޝަންސް (އެންފްރެލް) ގެ އެގްޒެކެޓިވް ޑިރެކްޓަރ ޗާންދަނީ ވަތަވަލާ ވިދާޅުވީ، އެ ޖަމުއިއްޔާއިން 30 ވޯތުފޮށްޓެއްގެ ކައިރީގައި ހަރަކާތްތެރިވި ކަމަށާއި، އާންމު ގޮތެއްގައި އިންތިހާބުގެ ކަންކަން ވަރަށް ފުރިހަމަ ކަމަށެވެ.

ވޯޓުލުމަށް މީހުން ރެޖިސްޓްރީ ކުރުމުގެ ނިޒާމު ވަރުގަދަކޮށް، އެ ނިޒާމު ފުރިހަމަ ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާ ޗާންދަނީ ވަނީ ކުރިއަށް އޮތް އިންތިޚާބުތަކަކީ، އެ އިންތިޚާބުތަކަށް އިޢުލާނުކުރުމުން ފެށިގެން ވޯޓުގެ ދާއިމީ ނަތީޖާ އިޢުލާނު ކުރުމާއި ހަމައަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މަދަނީ ޖަމުއިއްޔާތަކުން އޮބްޒަރވް ކުރާ އިންތިޚާބުތަކަކަށް ހެދުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އިންތިޚާބުތައް އޮބްޒަރވް ކުރުމުގައި ރާއްޖޭގެ އެކިއެކި މަދަނީ ޖަމިއްޔާތަކުން މިފަހަރަށްވުރެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވުމަށް ޗާންދަނީ ގޮވާލެއްވިއެވެ.

ހޮނިހިރު ދުވަހަކީ މިނިވަން، އިންސާފުވެރި އިންތިޚާބެއްކަމަށް ބޭރުގެ ވަފުދުތަކުން ބުނެފައިވާއިރު، މި އިންތިޚާބު އޮބްޒަރވް ކުރުމުގައި ބޭރުގެ 9 ފަރާތަކުން 38 އޮބްޒަރވަރުންނާއި، ބޭރުގެ 4 މީޑިއާއަކުން 6 މޮނީޓަރުން ބައިވެރިވެރިވެފައިވެއެވެ. ބޭރުގެ ވަފުދުތަކުން އޮބްޒަރވް ކޮށްފައިވާ ވޯޓުފޮށިތަކުގެ ތެރޭގައި މާލޭގެ އިތުރުން އައްޑޫ ސިޓީއާއި، ބ. ދަރަވަންދޫ އާއި ލ. ގަމާއި، އެއަތޮޅު ފޮނަދޫ އަދި ހަދަ. ހަނިމާދޫގައި ބެހެއްޓި ވޯޓު ފޮށިތައް ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު