Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް

މަސައްކަތް ކުރަނީ ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތެއް ފޯރުކޮށްދިނުމަށް: ހެލްތު މިނިސްޓްރީ

7 އެޕްރީލު 2019 | އާދީއްތަ 10:57

ސިއްހީ ދާއިރާއިން ފުރަތަމަ 100 ދުވަހަށް ކަނޑައެޅި ކަންކަމުގެ ތެރެއިން 93 އިންސައްތަ ހާސިލު ވެފައި

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 7 އެޕްރީލު 2019 | އާދީއްތަ 10:57
ރައީސުލްޖުމުހުރިއްޔާ އިބްރާހީމް މުހަމަދު ސޯލިހާއި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

ރައީސުލްޖުމުހުރިއްޔާ އިބްރާހީމް މުހަމަދު ސޯލިހާއި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

ރާއްޖެއިން މަސައްކަތް ކުރަނީ ކޮންމެ ރައްޔިތަކަށް ވެސް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ކަށަވަރު ކޮށްދިނުމަށް ކަމަށް މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ކުރައްވަފައިވާ ޓްވީޓެއްގައި ބުނެފިއެވެ.

އާދިއްތަ ދުވަހު ހެލްތުމިނިސްޓރީން ކުރައްވާފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެމީހަކު ދިރިއުޅޭ ތަނުގެ ގޮތުން ނުވަތަ މާލީ ހާލަތުގެ ސަބަބުން ތަފާތުކުރުމެއް ނެތި، ޑަބްލިޔު.އެޗު.އޯ އިން ކަނޑައަޅާފައިވާ މިންގަނޑަށް ހަމަހަމަކަމާ އެކު ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ހެލްތު މިނިސްޓްރީން މިހެން ބުނެފައިވާއިރު ރައީސުލް ޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ސިއްހީ ދާއިރާގެ ކުރިއެރުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ވައުދު ވެފައެވެ.

އޭގެ ތެރެއިން ސަރުކާރުގެ ފުރަތަމަ 100 ދުވަހަށް ކަނޑައެޅި ކަންކަމުގެ ތެރެއިން 93 އިންސައްތަ މިހާރު ހާސިލްކުރެވިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

ސިއްހީ ދާއިރާއިން ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ސިއްހަތަށް ރަގަޅު ނޫން ބާވަތްތަކާ ދުރުވުމަށް އާންމުން ހޭލުންތެރިކުރުމަށް ކުރާ ހޭދަ އިތުރުކުރުމާއި، ތެލެސީމިޔާ ކުދިންނަށް ބޭނުންވާ ބޭހާއި އެހެނިހެން ފަރުވާތައް ފަސޭހަކަމާއެކު އެކުއްޖަކު ދިރިއުޅޭ ސަރަހައްދަކުން ލިބޭނެ ގޮތް ހަމަޖެއްސުމާއި، ސިއްހީ ޚިދުމަތް ދޭ ސަރުކާރުގެ ހުރިހާ ތަނެއް އެއްވިއުގައަކުން ގުޅާލުމާއި، ދިވެހި ބޭސްވެރިކަން ކުރިއަރުވަން މަހާސިންތާއެއް ބޭއްވުން ހިމެނެއެވެ.

އަދި ނެޝަނަލް މެންޓަލް ހެލްތު އިސްޓިޓިއުޓެއް އުފައްދައި، ނަފުސާނީ ބަލިތަކަށް ދެވޭ ފަރުވާ އާސަންދައިގެ ދަށުން ލިބޭނެ ގޮތް ހަމަޖެއްސުމާއި، އައިޖީއެމްއެޗުގައި ޚިދުމަތަށް ކުރިމަތި ލުމަށް ކިޔޫއަށް ލުޔެއް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމާއި، އާންމު ސަރަހައްދުތަކުގައި ކަސްރަތުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.

ސަތޭކަ ދުވަހުގެ ތޭރޭގައި ސިއްޙީ ދާއިރާއިން ހާސިލު ކުރުމަށް ކަނޑައެޅި ކަންކަމުގެ ތެރެއިން މިހާރު ފުރިހަމަނުކުރެވި ވަނީ އަތޮޅުތަކުގެ ސިއްހީ ނިޒާމުގެ ތެރެއިން މިވަގުތަށް އެންމެ އިސްކަން ދޭންޖެހޭ އިމަޖެންސީ ކެއާ އަދި އެމްބިއުލޭޓަރީ ޚިދުމަތުގެ މަސައްކަތް ރައްޔިތުންނާ ގާތުން ދެވޭނެ އިންތިޒާމެއް ގާއިމްކޮށް، ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރުމެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް