Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީސް އިންތިހާބު 2019

ވަކި ބަޔަކަށް މެޖޯރިޓީ ހޯދައިދޭކަށް ނޫޅެން: ޝަރީފްް

5 އެޕްރީލު 2019 | ހުކުރު 17:59

އިންތިހާބުގައި ނަތީޖާ ފާޅުކޮށްދޭނީ އިންސާފުވެރިކަމާއި، އަދި އަމާނަތްތެރިކަމާއެކުގައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 5 އެޕްރީލު 2019 | ހުކުރު 17:59
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވަކި ބަޔަކަށް މެޖޯރިޓީ ހޯދައިދިނުމަށް މަސައްކަތް ނުކުރައްވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ކޮމިޝަންގެ ރައީސް ޝަރީފް އެފަދައިން ވިދާޅުވީ، މަޖިލީސް އިންތިހާބާއި ގުޅޭގޮތުން ބޭއްވި މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ޓުވިޓަރ މެދުވެރިކޮށް އާންމު ފަރުދަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ. ޓުވިޓަރ މެދުވެރިކޮށް، ކުރި އެ ސުވާލުގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް އުފާވަނީ އެމްޑީޕީއަށް މެޖޯރިޓީ ލިބުމުންތޯ އެވެ.

Advertisement - newsAdvertisement

ޝަރީފް ވިދާޅުުވީ އަމަލުކުރަމުންގެންދަނީ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކަމަށެވެ. ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި ހުރިހާކަމެއްވެސް ޤާނޫނުގައި ބުނެފައިވާގޮތުގެ މަތިން ކޮށްފައިވާނެކަމަށް ޝަރީފް ވިދާޅުވި އެވެ.

"ވަކި ބަޔަކަށް މެޖޯރިޓީ ހޯދައިދިނުމަށް، ވަކި ބަޔަކަށް މެޖޯރިޓީ ފެސިލިޓޭޓް ކޮށްދިނުމަށް، އަދި ވަކި ބަޔަކަށް ލިބުމުން އުފާވުން އެއީ އަޅުގަނޑުމެން ބޭނުންވާގޮތެއް ނޫން. އަދި އަޅުގަނޑުމެން އެކަހަލަ ކަމަކަށް ހިޔާލުވެސް ފާޅުކޮށްފައެއް ނޯންނާނެ. އަދި އަޅުގަނޑުމެން އެކަހަލަ ކަމަކަށް ވަކި ބަޔަކަށް މެޖޯރިޓީ ލިބިއްޖެއްޔާ ރަނގަޅުތޯ ސުވާލުކޮށްފިނަމަ އެއަކަށް ޖަވާބުދޭކަށްވެސް ބޭނުމެއް ނޫން"

ޝަރީފް ވިދާޅުވީ އާއިލީ ބައެއް ބޭފުޅުންވެސް އިންތިހާބަށް ކުރިމަތިލައްވާފައިވާކަމަށާއި، ނަމަވެސް އެއްވެސް ކެނޑިޑޭޓަކާއި މެދު ތަފާތުކުރުން ނުގެންގުޅުއްވާނެ ކަމަށެވެ. އަދި ރައްޔިތުން ނިންމާ ނިންމުން ނަތީޖާގެ ގޮތުގައި އިއުލާންކުރަމުންގެންދާނެކަމަށް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިންތިހާބުގައި ނަތީޖާ ފާޅުކޮށްދޭނީ އިންސާފުވެރިކަމާއި، އަދި އަމާނަތްތެރިކަމާއެކުގައި"

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް