Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމައުރޯ އިކާޑީ

އިކާޑީއާ ދެކޮޅަށް އަޑު އުފުލާނަން: އިންޓަމިލާނުގެ ސަޕޯޓަރުން

5 އެޕްރީލު 2019 | ހުކުރު 11:59

އިކާޑީއަކީ އިންޓަގެ ކުޅުންތެރިއެއްގެ ގޮތުގައި ނުުދެކެން: ސަޕޯޓަރުން

މިއުނާ ހަސަން
މިއުނާ ހަސަން | 5 އެޕްރީލު 2019 | ހުކުރު 11:59
މައުރޯ އިކާޑީ

މައުރޯ އިކާޑީ

އިންޓަ މިލާނުގެ ފޯވާޑް މައުރޯ އިކާޑީއަކީ އެ ކުލަބުގެ ކުޅުން ތެރިއެއްގެ ގޮތުގައި ނުުދެކޭ ކަމަށާއި، އޭނާއާ ދެކޮޅަށް އަޑު އުފުލާނެ ކަމަށް އެ ކްލަބުގެ މައި ސަޕޯޓަރުންގެ ގްރޫޕް އިންޓަގެ އަލްޓްރަސް އިން ބުނެފިއެވެ.

އިންޓަގެ އަލްޓްރަސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ކްލަބުގެ ކާވާ ނޯޑް ސަޕޯޓަރުންގެ ގްރޫޕްތަކުން ބޭއްވި ބައްދަލުވުންތަކަށް ފަހު ނިންމީ އިކާޑީގެ އަހުލާގު އިތުރަށް ތަހައްމަލުނުކުރަން ކަމަށެވެ. އަދި ކްލަބުގެ ކެޕްޓަންކަން ކުރުން އެއްކިބައިގައި އޮއްވާ، ޓީމުގެ ތެރޭގައި އެކުވެރިކަން ދެމެހެއްޓޭނެ ފަދަ އަހުލާގެއް އޭނާގެ ކިބައިގައި ނެތް ކަމަށެވެ. މިކަން މިހެން ހުރުމާ އެކު ސްކޮޑުން އޭނާ ބޭރުކުރުމަށް އިންޓަ އަށް ގޮވާލާ ކަމަށާއި ވަކިވަކި ކުޅުންތެރިންނަށް ވުރެ ޓީމުގެ އަގު މާބޮޑު ކަމަށް ވެސް ސަޕޯޓަރުންގެ ގުރޫޕުން ބުނެފައި ވެއެވެ.

ކޮންޓްރެކްޓް އާކުރުމުގައި އުފެދުނު މައްސަލަތަކަށް ފަހު އިންޓަ އިން ވަނީ އިކާޑީ އަތުން ކެޕްޓަން ބޭންޑް ނަގައިފައެވެ. އެއާ އެކު އޭނާ ވަނީ އަނިޔާގައި ކަމަށް ބުނެ ކުޅެން ދެކޮޅުހަދައިފަ އެވެ. އެންމެ ފަހުން އޮތް މެޗުގެ ސްކޮޑަށް ނެގި ނަމަވެސް މައްސަލަ ޖެހި ސްކޮޑުން ބޭރުކުރީ އެވެ.

އިކާޑީގެ ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތައް ހުއްޓިފައިވާއިރު އެކަމުގެ އިނގިލި ދިއްކުރެވުނީ އޭނާގެ އަންހެނުން އަދި އޭޖެންޓް ވަންޑާ ނާރާ އަށެވެ. އޭނާ މިދިޔަ ޖެނުއަރީ މަހު ބުނީ އިކާޑީގެ ކޮންޓްރެކްޓް އާކުރުން އޮތީ ވަރަށް ދުރުގައި ކަމަށާއި ރެއާލް މެޑްރިޑާއި ބާސެލޯނާ އިން އޭނާ އަށް ޝައުގުވެރިވާ ކަމަށެވެ. ރިޕޯރޓްތައް ބުނާ ގޮތުގައި ކޮންޓްރެކްޓް އާކުރުމުގެ މައްސަލައިގައި ކްލަބާ މައްސަލަ ޖެހުނީ ވަންޑާގެ ޑިމާންޑްތަކުގެ ސަބަބުންނެވެ.

އުމުރުން 26 އަހަރުގެ އިކާޑީގެ ރިލީޒް ފީއަކަށް މީގެ މަހެއްހާ ދުވަސް ކުރިން 110 މިލިއަން ޔޫރޯ ކަނޑައަޅާފައިވާއިރު، އޭނާ ހޯދުމަށް އޭރު އެންމެ ބޮޑަށް މަސައްކަތް ކޮށްފައިވަނީ ރެއާލްއެވެ. އެގޮތުން އެ ކްލަބުން ވަނީ އޭނާއަށް އެތައް ފަހަރެއްގެ މަތިން ބިޑު ވެސް ކޮށްފައެވެ.

އަލްޓްރަސް އިން އިކާޑީއާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައި މިވަނީ އިންޓަ މިލާނުގެ ކޯޗާއި ބައެއް ކުޅުންތެރިން ވެސް އޭނާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފައި ވަނިކޮށެވެ.

އިންޓަގެ ކޯޗު ސްޕްލެއްޓީ މީޑިއާ އަށް ބުނެފައި ވަނީ އޭނާގެ ވަޒީފާއަކީ ކޮބައިކަން އޭނާއަށް އެނގޭ ކަމަށާއި، އިކާޑީގެ އަމަލުތައް އެންމެ ޕްރޮފެޝަނަލް ނޫން ކަމަށެވެ. އިކާޑީ ފަދަ ކުޅުންތެރިއަކަށް ކުޅުމުގެ ފުރުސަތު ދިނުމަށް ވުރެން އެ ފުރުސަތު ހައްގުވާ ކުޅުންތެރިއަކަށް ފުރުސަތު ދޭންޖެހޭ ކަމަށެވެ. ސްޕްލެއްޓީ ބުނީ އިކާޑީއަކީ މެސީ ނުވަތަ ރޮނާލްޑޯ ނޫން ކަމަށާއި، އިކާޑީ ހުއްޓާ އިންޓަ ޗެމްޕިއަންސް ލީގު ނުކުޅެ ވެސް އަހަރުތަކެއް ހޭދަކުރި ކަމަށެވެ.

ސްޕެލެއްޓީ ބުނީ ކިތަންމެ ހުނަރުވެރި ކުޅުންތެރިއެއް ނަމަވެސް އެންމެ މުހިއްމު ކަމަކީ ޕްރޮފެޝަނަލްވުމާއި އަހުލާގު ހިފެހެއްޓުން ކަމަށެވެ. އެ ނެތިއްޖެ ނަމަ ކުޅުންތެރިއަކަށް ވާނެ ކަމެއް ނެތް ކަމަށެވެ. އަދި އިކާޑީ އާއި އިންޓައާ ދެމެދު އޮތް މައްސަލަ ހައްލުކުރެވޭނީ ވަކި މީހަކު ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކަކުން ނޫން ކަމަށާއި އެކަން އެ އަށް ވުރެން ރަނގަޅަށް ކުރެވެންޖެހޭނެ ކަމަށް ވެސް އިންޓަގެ ކޯޗު ވަނީ ބުނެފައެވެ.

ކޯޗުގެ އިތުރުން އިންޓަ މިލާނަށް ކުރިން ކުޅުނު އަރޖެންޓީނާގެ ކުރީގެ ފޯވާޑް ގަބްރިއެލް ބަޓިސްޓޫޓާ ވެސް ވަނީ އިކާޑީ އަށް ފާޑުކިޔައިފަ އެވެ. އޭނާ އިކާޑީއަށް ފާޑު ކިޔަމުން ބުނީ ޓީމު ތެރޭގައި ޖެހޭ މައްސަލަތައް ސޯޝަލް މީޑިއާގައި މަޝްވަރާކޮށް އޮންނަ އުސޫލުން ބޭރުން އެއްވެސް ކަމެއް ގެންދިއުމަކީ ކުޅުންތެރިއަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ވެސް ބުންޏެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 މާރިޗު 2017

ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން

02 މާރިޗު 2017
ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން
28 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން
27 ފެބުރުއަރީ 2017

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟
25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
26 ޖެނުއަރީ 2017

މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

26 ޖެނުއަރީ 2017
މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް