Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް 2019

ޔާމީންގެ ވެރިކަމުގައި ރާއްޖެ މަޝްހޫރުވީ ވައްކަން ކުރާ ޤައުމެއްގެ ގޮތުގައި: ނަޝީދު

ޗައިނާ ފްރީ ޓްރޭޑް އެއްބަސްވުން ތަންފީޒުވީނަމަ ހުރިހާ ވިޔަފާރިވެރިން ބަނގުރޫޓުވީސް ކަމަށް ވިދާޅުވި

ރާއްޖެ އެމްވީ | 4 އެޕްރީލު 2019 | ބުރާސްފަތި 21:23
ބުރާސްފަތި ދުވަހުގެރޭގެ ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ

ބުރާސްފަތި ދުވަހުގެރޭގެ ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ރާއްޖެ މަޝްހޫރުވެގެން ދިޔައީ ވައްކަން ކުރާ ޤައުމެއްގެ ގޮތުގައި ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިން ހަރަކާތް ނިންމާލުމުގެ ކުރިން ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި "އެންމެންގެ ވޯޓު ތިލަފަތަށް" ޖަލްސާގައި ނަޝީދު ވިދާޅުވީ، ވެރިކަމަށް ވަޑައިގެން ރައްޔިތުންގެ ފައިސާ ރައްކާތެރި ކޮށްދެއްވާނެ ކަމަށް ވިދާޅުވުމަށްފަހު، ރައީސް ޔާމީން ކުރެއްވިހާ ވެސް ކަމަކީ މަނީ ލޯންޑްރިންގެ ކުށް ކުރެއްވުން ކަމަށެވެ.

Advertisement - newsAdvertisement
"ވިދާޅުވީ ތިމަންނާ ތިބޭފުޅުންގެ ފައިސާ ރައްކާތެރިކޮށްދޭނަމޭ. ވިދާޅުވެފާ ދެން ހެއްދެވި ގޮތަކީ ކަޅު ފައިސާ، ބޭރުގެ އެކިއެކި ނާޖާއިޒު ފަރާތްތަކުން ގެންނަވާ، ރާއްޖޭގެ މާލީ އިދާރާތައް މެދުވެރިކޮށް، އެ ފައިސާ ދައުރުކުރީ. މަނީ ލޯންޑްރިންގގެ ކުށް ރަނގަޅަށް ކުރެއްވީ. ދުނިޔޭގެ އެކިއެކި ޓީވީތަކުން އެމަނިކުފާނުގެ ފިލްމުތައް ދައްކާން ފެށީ. ސްޓީލިންގ ޕެރަޑައިސްގެ ނަމުގާ މުޅި އަލްޖަޒީރާ އާއި ބީބީސީ ފުރިގެންދިޔައީ މި ބޭފުޅާގެ ވައްކަމުގެ މަންޒަރުތަކުން. ދިވެހިރާއްޖެ މަޝްހޫރުވެގެން ދިޔައީ ވައްކަން ކުރާ ޤައުމެއްގެ ގޮތުގަ"، ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ނަޝީދު ވަނީ ރައީސް ޔާމީނަށާއި، އެމަނިކުފާނު ރައީސް ކަމަށް ވަޑައިގެންނެވުމަށް 2013 ވަނަ އަހަރު ވެވަޑައިގެންނެވި ވަޢުދުތަކާއި، އޭގެ ފަހުން ކަންކަން ހިނގައިދިޔަ ގޮތަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ތެޔޮ ހޯއްދަވާނެ ކަމުގެ ވަޢުދާ އެކު ފެއްޓެވި ވެރިކަން ނިންމަވާލެއްވީ އުތުރު ކޮރެއާއަށް ވަގަށް ތެޔޮ ވިއްކަވައިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފަނަކީ ވަރަށް ބޮޑު އިކޮނޮމިސްޓެއް ކަމަށް ވިދާޅުވެ، ވަރަށް ބޮޑު ސްޕެޝަލް އިކޮނޮމިކް ޒޯނެއް އުފައްދަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށާއި ނަމަވެސް އެއީ އެމަނިކުފާނު ކެއްކެވި ޚިޔާލީ ފޮލާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވި ސްޕެޝަލް އިކޮނޮމިކް ޒޯނަށް އެތެރެވި އެންމެ ލޯލާރިއެއް ވެސް ދިވެހި ރައްޔިތުން ނުދެކޭ ކަމަށާއި، އޭގެން ރައްޔިތުންނަށް ވީ އެއްވެސް ފައިދާއެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޗައިނާ އާއި އެކު ރައީސް ޔާމީންގެ ސަރުކާރުން ޤާއިމް ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެ އެއްބަސްވުން ތަންފީޒުވީނަމަ ދިވެހި ހުރިހާ ވިޔަފާރިވެރިން ބަނގުރޫޓުވީސް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނަޒާހަތްތެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފާޅާއި ސިއްރުގައި ވައްކަން ކުރުމުން ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަން ނުހިފެހެއްޓޭނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ އެންމެ މަތިވެރި ގެއަކީ ދިވެހިޜާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ގެ. އެ ގޭގެ މެންބަރުން ފާޅާއި ސިއްރުގައި ކަނޑައެޅިގެން ވައްކަން ކުރަމުން ގެންދިޔައިމާ، ދެން ދިވެހިރާއްޖޭގެ އިސްތިގުލާލެއް، ދިވެހިރާއްޖޭގެ މިނިވަންކަމެއް އަޅުގަނޑުމެންނަކަށެއް ނުހިފެހެއްޓޭނެ. ފާޅުގަ، ފައިސާ ގޯނިގޯނީގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގާ ދައްކަވަމުން ގެންދެވީ. މި އެންމެހާ ކަންކަމުން ގެއްލިގެން ދިޔައީ، ދިވެހިރާއްޖޭގެ އިސްތިގުލާލާއި، ދިވެހިންގެ އަމިއްލަވަންތަކަން"، ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ނުލިބިއްޖެނަމަ، މުސްތަޤިއްލު މުއައްސަސާތަކާއި، ފުލުހުންނާއި، ސިފައިން ސަރުކާރަށް ކުރާ އިތުބާރު ގެއްލިގެން ދާނެ ކަމަށެވެ. އަދި އެ ހާލަތުގައި ޝަރީއަތުން އިއްވާ ޙުކުމްތަކުގައި ސިޔާސީ ކުލަ ޖެހިގެންދާނެ ކަމަށާއި، ރިޝްވަތުގެ ފާއިސާ އާއިއެކު ދިވެހިރާއްޖޭގެ ވެރިކަން ބަގާވާތަކުން ބަދަލުވެގެން ދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ނަޒާހަތްތެރި މެންބަރުންނަށް ވާންޖެހޭނެކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވަނީ އެކަން އެމްޑީޕީގެ އެޖެންޑާ19 އިން ކަށަވަރުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެހެންކަމުން ހުރިހާ ރައްޔިތުން ވެސް އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓުލުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު