Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޑިއާއި ރާއްޖޭގެ ގުޅުން

ފުޓުބޯޅަ ސީޒަން ހުޅުވަން އިންޑިއާ ޓީމް ގެންނަނީ!

3 އެޕްރީލު 2019 | ބުދަ 14:30

އެކްޓިން ޔޫތު މިނިސްޓަރ އަލީ ވަހީދު އިންޑިއާގެ ގައުމީ ފުޓުބޯޅަ ޓީމްއަށް ދައުވަތު އަރުވައިފި

މިއުނާ ހަސަން
މިއުނާ ހަސަން | 3 އެޕްރީލު 2019 | ބުދަ 14:30
ބުދަ ދުވަހު އިންޑިއާގެ އެމްބެސެޑަރ ސަންޖޭ ސުދީރާ އެކު ބޭއްވި ބައްދަލުވުން

ބުދަ ދުވަހު އިންޑިއާގެ އެމްބެސެޑަރ ސަންޖޭ ސުދީރާ އެކު ބޭއްވި ބައްދަލުވުން

2019 ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަން ހުޅުވުުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދިނުމަށް އެކްޓިން ޔޫތު މިނިސްޓަރ އަލީ ވަހީދު އިންޑިއާގެ ގައުމީ ފުޓުބޯޅަ ޓީމްއަށް ދައުވަތު އަރުވައިފިއެވެ.

އެކްޓިން ޔޫތު މިނިސްޓަރ އިންޑިއާގެ ފުޓުބޯޅަ ޓީމަށް ދައުވަތު އަރުވާފައި ވަނީ ބުދަ ދުވަހު އިންޑިއާގެ އެމްބެސެޑަރ ސަންޖޭ ސުދީރާ އެކު ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ބައިވެރިވިއެވެ.

ފުޓުބޯޅަ ޓީމުގެ އިތުރުން ބޮލީވުޑުގެ ފިލްމީ އަދި މިއުޒިކީ ތަރިން ރާއްޖެ އައުމަށް އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ވަނީ ދައުވަތު ދެއްވާފައެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި ފުޓްބޯޅައިގެ ފޯރިގަދަކުރުމަށް ކުރެވިދާނެ ކަންކަމާއި، ރާއްޖެ އާއި އިންޑިއާގެ ޒަމާންވީ ހާރިޖީ ގުޅުން އިތުރަށް ހަރުދަނާ ކުރެވިދާނެ ގޮތްތަތަކާމެދު މަޝްވަރާ ކުރެވުނެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އިންޑިއާ އާއި ރާއްޖެ އަކީ ފުޓްބޯޅައިގެ ވާދަވެރިންނަށްވެފައި ދެ ގައުމުގެ މެދުގައި އެކުވެރިކަމުގެ މެޗެއް ނުކުޅޭތާ ދުވަސްތަކެއްވެފައިވުމާ އެކު މިއީ ފޯރިގަދަ ކޮށްލާށާއި ގައުމީ ޓީމުގެ ފެންވަރު ވަޒަންކޮށްލަން މުހިއްމު ފުރުސަތަކަށް ވާނެ ކަމަށެވެ.

އިންޑިއާ އާއި ރާއްޖޭން އެންމެ ފަހުން އެކުވެރިކަމުގެ މެޗެއް ކުޅުނީ 2011 ވަނަ އަހަރު މާލޭގަ އެވެ. އިންޑިއާއި ވާދަކޮށް ފަހަކަށް އައިސް ރާއްޖެ އަށް ދެކުނު އޭޝިއާގެ ފުޓްބޯޅައިގައި ކުރިއަށް ދެވޭ ގޮތް ނުވި ނަމަވެސް ތަށި ހޯދި ދެ ފަހަރު ވެސް އެކަން ކުރީ އިންޑިއާ ބަލިކޮށްފަ އެވެ. އެގޮތުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި އިންޑިއާ އަތުން 1-0 އިން މޮޅުވިއިރު، މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕުން ވެސް ރާއްޖެ މޮޅުވީ ފައިނަލުގައި 2-0 ގެ ނަތީޖާ އަކުން އިންޑިއާ ބަލިކޮށްގެންނެވެ.

މި އަހަރުގެ ފުޓުބޯލް ސީޒަން ފެށޭނީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ތ. ތިމަރަފުށްޓާ ދެމެދު ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ މެޗަކުން ކަމަށް އެފްއޭއެމްއިން މީގެ ކުރިން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި

16 ފެބުރުއަރީ 2017
ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް