Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޯޓިޒަމް ހުންނަ ކުދިން

އޯޓިޒަމް ހުންނަ ކުދިން މުއާމަލާތު ކުރުމަށްޓަކައި ޓެކްނޮލޮޖީގެ ބޭނުން ކުރަނީ: އިލްހާމް

2 އެޕްރީލު 2019 | އަންގާރަ 11:31

އޯޓިޒަމް ދުވަހުގެ މިއަހަރުގެ ޝިއާރަކީ މަދަދު ވެރި ޓެކްނޮލޮޖީ އަމަލީ ބައިވެރިވުން

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 2 އެޕްރީލު 2019 | އަންގާރަ 11:31
މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ  ޗެއަޕާރސަން އަދި ފައުންޑަރ އިލްހާމް ހުސައިން

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ޗެއަޕާރސަން އަދި ފައުންޑަރ އިލްހާމް ހުސައިން

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ޓެކްނޮލޮޖީ ބޭނުންކޮށްގެން އޯޓިޒަމް ހުންނަ ކުދިންނަށް މުއާމަލާތު ކުރަން ދަސްކޮށްދީ އަދި އެކުދިންގެ ހުނަރުތައް ކުރިއެރުވުމަށް ޓަކައި ޓެކްނޮލޮޖީ ބޭނުން ކުރަން ފަށާފައިވާ ކަމަށް އެ އެސޯސިއޭޝަންގެ ޗެއަޕާރސަން އަދި ފައުންޑަރ އިލްހާމް ހުސައިން ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ހެނދުނު އޯޓިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ އޯޓިޒަމް ސެންޓަރުގައި ބޭއްވި ޢާއިލީ ނާސްތާގައި ވާހަކަފުޅު ދައްކަވަމުން އިލްހާމް ވިދާޅުވީ އޯޓިޒަމް ހުންނަ ކުދިންނާއި މީހުންގެ އަސާސީ ހައްގުތައް ލިބިދެވޭނީ އަދި އެމީހުންނަށް މުޖުތަމައުގެ ހިއްސާދާރުންނަށް ވެވޭނީ އެމީހުންނަށް އެހީތެރިވާނެ ޓެކްނޮލޮޖީ ތަކެއް ހެޔޮ އަގެއްގައި އެ ކުދިންނަށް ލިބިދެވިގެން ކަމަށާއި އެކި ހަރަކާތްތަކުގައި އެމީހުންގެ ބައިވެރިވުމަށް އޮތް ހުރަސްތައް ޓެކްނޮލޮޖީގެ އެހީގައި މަދު ކުރެވިގެން ކަމަށެވެ.

Advertisement - newsAdvertisement
"މުޖުތަމައުގެ އެކިއެކި ހަރަކާތްތަކުގައި އޯޓިޒަމް ހުންނަ ކުދިންގެ ބައިވެރިވުމަށް އޮތް ހުރަސް ޓެކްނޮލޮޖީގެ އެހީގައި މަދު ކުރެވިދާނެ. މިގޮތުން ޓެކްނޮލޮޖީގެ އެހީގައި މިފަދަ ކުދިންނަށް މާސްމީޑިއާގައި ބައިވެރިވެވޭނެ ގޮތް ހޯދައި ދިނުމާއި ކަންކަން އަމިއްލައަށް ނިންމުމުގެ ބާރު ލިބިދިނުމާއި ކަންކަން ނިންމުމުގައި އެކި ކުދިންގެ ބަސް ހޯދޭނެގޮތް ގާއިމް ކުރުން މީ ހާސިލް ކުރަން ހުރި ކަންކަން. ނަމަވެސް މިކަންކަން ހާސިލް ކުރުމަށް ހުރި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޓެކްޖްނޮލޮޖީގެ އަގު ބޮޑުވުން. މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން މިދަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މިފަދަ ކުދިންނަށް މުއާމަލާތު ކުރަން ދަސްކޮށްދީ އަދި އެކުދިންގެ ހުނަރުތައް ކުރިއެރުވުމަށް ޓަކައި ޓެކްނޮލޮޖީ ބޭނުން ކުރަމުން." އިލްހާމް ވިދާޅުވިއެވެ. އިލްހާމް ވިދާޅުވީ ސެން ކުލާސްތަކުގައި ކިޔަވައިދޭ ޓީޗަރުންނަށް ޚާއްސަ ތަމްރީން ޕްރޮގްރާމެއް މިއަދު ލޯންޗް ކުރެވިގެން ދިޔައިރު މި ޕްރޮގްރާމްގެ ދަށުން 100 ޓީޗަރުން ތަމްރީނު ކުރެވިގެން ދާނެ ކަމަށެވެ.

އަދި ބެލެނިވެރިންގެ ޓްރޭއިނިން ޕްރޮގްރާމެއް ފެށިގެންދާނެ ކަމަށް އެސެންޓަރުން މައުލޫމާތު ދެއެވެ

މީގެ އިތުރުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ދިރިއުޅޭ ބައެއް ކުދިންގެ އޯޓިޒަމް ހުރިތޯ ބެލުމަށް ނުވަތަ ނެތްކަން ޔަގީން ކުރުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން ހިލޭ ސްކޫރީން ޕްރޮގްރާމެއް އިފްތިތާހު ކުރެވި މިހާތަނަށް 48 ކުއްޖަކު ވަނީ މި ސްކްރީން ގައި އެންރޯލް ކުރެވިފައެވެ.

" 2010 ވަނަ އަހަރު މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން ވުޖޫދު ވުމަށް ފަހު އަޅުގަނޑުމެން މިދަނީ މުޖުތަމައުގައި އޯޓިޒަމް ހުންނަ ކުދިން އަދި އެމީހުންގެ ބައިވެރިވުން އިތުރު ކުރުމާއި ފަރުވާއަށް މަގުފަހި ކުރުމަށް ގޮވާލާ އަދި އޯޓިޒަމާއި ބެހެގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި ވަރަށް ފުރިހަމަ މަސައްކަތްތަކެއް ވޭތިވެ ދިޔަ އަހަރު ތަކުގައި އަޅުގަނޑުމެންނަށް ވަނީ ކުރެވިފައި. އަދި އޯޓިޒަމް ހުންނަ ކުދިން އަދި މީހުންގެ ހައްގުތައް ހޯދައި ދިނުމަށްވެސް ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. އޯޓިޒަމް ހުންނަ ކުދިންނަށް ބޭނުންވާ އެކިއެކި ތެރަޕީ އަދި އެޑިއުކޭޝަނަލް ޕްރޮގްރާމްތައް ރާއްޖޭގައި އެއް ފުރާޅެއްގެދަށުން ފޯރުކޮށްދޭ ހަމައެކަނީ ތަނަކީ އޯޓިޒަމް ސެންޓަރ." އިލްހާމް ވިދާޅުވިއެވެ.

މިއަދުގެ ހަފްލާގައި އޯޓިޒަމް ކުދިން ވަނީ ހަފްލާގައި ބައިވެރިވެ ވަޑައިގެން މެހެމާނުންނަށް ހަދިޔާ ދިނުމުގެ އިތުރުން ދުވަހާއި ގުޅޭ ކޭކެއް ވެސް ފަޅާފައެވެ.

އޯޓިޒަމް ދުވަހުގެ މިއަހަރުގެ ޝިއާރަކީ "މަދަދު ވެރި ޓެކްނޮލޮޖީ އަމަލީ ބައިވެރިވުން" އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް