Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިންގެ އިންތިޚާބު

ޔޫކްރެއިންގެ އިންތިޚާބު: ޕްރުޝެންކޯ އާއި ޒެލެންސްކީ ދެވަނަ ބުރަށް

އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 1 އެޕްރީލު 2019 | ހޯމަ 07:24
ޒެލެންސްކީއަަކީ ކޮމީޑިއަނެއްގެ ގޮތުގައި ރައީސެއްގެ ރޯލް ކުޅެފައިވާ ބޭފުޅެއް

ޒެލެންސްކީއަަކީ ކޮމީޑިއަނެއްގެ ގޮތުގައި ރައީސެއްގެ ރޯލް ކުޅެފައިވާ ބޭފުޅެއް

ޔޫކްރެއިންގައި އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަރަމަ ބުރަށް ފަހު ދެވަނަ ބުރުގައި މިހާރުގެ ރައީސް ޕެޓްރޯ ޕްރުޝެންކޯ އާއި ކޮމީޑިއަން ވޮލޮޑޮމީރް ޒެލެންސްކީ ވާދަކުރައްވަން ޖެހިވަޑައިގެންފި ކަމަށް ވަގުތީ ނަތީޖާ އިން ދައްކައިފިއެވެ.

ވޯޓުގެ 40 އިންސައްތަ ގުނާ ނިމިފައިވާއިރު ޔޫކްރެއިންގެ ސެންޓްރަލް އިލެކްޝަން ކޮމިޝަނުގެ ނަތީޖާއިން ދައްކާ ގޮތުން ކޮމީޑިއަނެއްގެ ގޮތުގައި ރައީސެއްގެ ރޯލް ކުޅެން އުޅެފައިވާ ޒެލެންސްކީ އަށް 30.2 އިންސައްތަ ވޯޓް ލިބިވަޑައިގެންފައި ވެއެވެ.

"މިއީ ބޮޑު ކާމިޔާބީގެ ފުރަތަމަ ފިޔަވަޅު،" ނަތީޖާ އެނގުމާ އެކު އާދީއްތަ ދުވަހު ސަޕޯޓަރުންނާ ބައްދަލުކުރައްވައި ޒެލެންސްކީ ވިދާޅުވިއެވެ.

މިހާތަނަށް ގުނިފައިވާ ނަތީޖާއަށް ބަލާއިރު 2014 ވަނަ އަހަރުން ފެށިގެން މިހާރު ވެސް ރައީސްކަމުގައި ހުންނެވި ޕްރޮޝެންކޯ އަށް ލިބިފައި ވަނީ 16 އިންސައްތައެވެ.

ކުރީގެ ބޮޑުވަޒީރު ޔޫލިއާ ޓިމޮޝެންކޯ އުޅުއްވަނީ 14 އިންސައްތައާ އެކު ތިންވަނައިގައެވެ.

ސެންޓްރަލް އިލެކްޝަން ކޮމިޝަނުގެ ތަފާސް ހިސާބުން ދައްކާ ގޮތުން ވޯޓްލާން ނުކުތް ނިސްބަތަކީ 63.4 އިންސައްތައެވެ.

ޖުމްލަ 39 ކެންޑިޑޭޓުން ވާދަކުރި މި އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.

ސޯވިއެޓް ޔޫނިއަންގެ ކުރީގެ މެމްބަރެއްގެ ގޮތުގައި އޮތް ޔޫކްރެއިންގައި ރައީސްކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ސަލާމަތީ ކަންކަމާ ގުޅޭގޮތުންނާއި ދީފާއީ ދާއިރާއިން އަދި ޚާރިޖީ ސިޔާސަތު ކަނޑައެޅުމުގެ ބާރު ލިބިވަޑައިގަންނަވާއިރު އެ ގަމުގެ ރިޔާސީ ނިޒާމު ބެލެވިފައި އޮންނަނީ ސެމީ ޕްރެޒިޑެންޝަލް ނިޒާމެއްގެ ގޮތުގައެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު