Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

ރައީސް ޔާމީންގެ އެކައުންޓް ފްރީޒްކުރުމުގެ އިތުރު އަމުރެއް، އެކައުންޓްތައް އަދިވެސް ފްރީޒްކޮށްފައި!

1 އެޕްރީލު 2019 | ހޯމަ 04:22

މިހާރު އޮތް އަމުރަކީ ކުރިން ނެރުނު އަމުރު މާރޗް 12 ވަނަ ދުވަހަށް ހަމަވާތީ ފުލުހުން ހޯދާފައިވާ އިތުރު އަމުރެއް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 1 އެޕްރީލު 2019 | ހޯމަ 04:22
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

ޚިޔާނާތާއި ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ އެކައުންޓްތައް ފްރީޒްކުރުމަށް ކްރިމިނަލް ކޯޓުން ނިމިގެންދިޔަ އަހަރުގެ ޑިސެމްބަރު މަހު ނެރުނު އަމުރު އާދީއްތަ ދުވަހު ހައިކޯޓުން ބާޠިލްކުރި ނަމަވެސް، އޭގެ ފަހުން ނެރެފައިވާ އެފަދަ އެހެން އަމުރެއް ވެސް އޮތްކަން ރާއްޖެއެމްވީއަށް ކަށަވަރުވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އޮތް އަމުރަކީ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓުން ނެރުނު އަމުރު މާރޗު މަހުގެ 12 ވަނަ ދުވަހަށް ހަމަވާތީ ފުލުުހުން ހޯދި ދެ ވަނަ އަމުރެކެވެ. ހައި ކޯޓުން ބާތިލުކޮށްފައި ވަނީ ފުރަތަމަ ނެރުނު އަމުރެވެ. އެ އަމުރު ސުޕްރީމް ކޯޓުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފްކުރާނެކަން ވަނި އެނގިފައެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭ ގޮތުން ފުލުހުން ތަފްޞީލް ހާމަ ނުކުރި ނަމަވެސް، ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރުމަށް ޑިސެމްބަރު މަހު ނެރުނު އަމުރު ހައިކޯޓުން ބާޠިލްކުރުމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފަހުން ހޯދާފައިވާ މި އަމުރު ހައި ކޯޓުގައި އިސްތިޢުނާފުކުރިކަން ނުވަތަ ނޫންކަން ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން ރައީސް ޔާމީންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓްތައް ފްރީޒް ކުރިއިރު އެ އެކައުންޓްތަކުގައި ޖުމްލަ 100 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ރުފިޔާ ހުރިކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

ހައިކޯޓުން އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުގެ އަމުރު ބާޠިލްކޮށް ދޫކޮށްލާފައި ވަނީ ރައީސް ޔާމީންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އަށް އެކައުންޓެވެ.

އެކައުންޓް ފްރީޒްކުރުމަށް ފުރަތަމަ ނެރުނު އަމުރު، ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިޢުނާފުކުރީ ކްރިމިނަލް ކޯޓުގެ އަމުރަކީ ޖިނާއީ އިޖުރާއާތުގެ ގާނޫނާއި ގާނޫނުއަސާސީއާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ބުނެއެވެ. އެ އަމުރު ބާޠިލްކޮށް، ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރުމަށް އަމުރުކޮށްފައި ވަނީ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 72 ވަނަ މާއްދާ އާއި 73 ވަނަ މާއްދާގައި ކަންކުރުމަށް ކަނޑައަޅާފައިވާ ތަރުތީބާ ޚިލާފަށް ކަމަށެވެ.

އެގޮތުން މިފަދަ މައްސަލަތަކުގައި އެކައުންޓް ފްރީޒްކުރުމުގެ ކުރިން އެކައުންޓް މޮނިޓަރ ކުރުމުގެ އަމުރަކަށް އެދެން ޖެހޭއިރު، ދައުލަތުން އެފަދައިން އެދިފައި ނުވާ ކަމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ފުލުހުންނަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައިވާ އެކައުންޓަކާއި ގުޅޭ މައްސަލައެއް ނަމަވެސް، އެ މައްސަލައާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ 8 އެކައުންޓާއި ގުޅޭގޮތް ސާބިތުވާފަދަ ހެއްކެއް ހުށހެޅިފައި ނެތްކަން ހައިކޯޓުގެ އަމުރުގައި ވަނީ ފާހަގަކޮށްފައެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރސީ) މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާއި ގުޅިގެން ދައުލަތަށް ލިބެންޖެހޭކަމަށް ބެލެވޭ ގިނަ ޢަދަދެއްގެ ފައިސާ ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، މިކަމާ ގުޅުން ހުރި ފައިސާ ނުހިފައްޓައިފި ނަމަ، އެފައިސާ އިން މާލީ މަންފާއެއް ހޯދުމަށް ފުރުޞަތު ހުޅުވިފައި އޮންނާނެ ކަމަށް ބެލެވޭތީ އާއި ދައުލަތަށް ލިބެންޖެހޭ ފައިސާ ގެއްލިގެން ހިނގައިދާނެކަމުގެ ފުރުޞަތު އޮތްކަމަށް ތަޙްޤީޤަށް ފެންނާތީ އެކަމަށް ދައުލަތުން އެދުމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް