Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން

ޔޫކްރެއިންގެ ރިޔާސީ އިންތިޚާބު ވޯޓްލުން ފަށަނީ

ރަޝިއާ ފިކުރަށް ތާއީދުކުރާ އެއްވެސް ކެންޑިޑޭޓެއް އިންތިޚާބީ ރޭހުގެ ކުރީސަފުގައި ނެތް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 31 މާރިޗު 2019 | އާދީއްތަ 04:37
މި އިންތިޚާބުގެ ވޯޓްކަރުދާހުގައި 39 ކެންޑިޑޭޓެއްގެ ނަން އޮންނާނެ

މި އިންތިޚާބުގެ ވޯޓްކަރުދާހުގައި 39 ކެންޑިޑޭޓެއްގެ ނަން އޮންނާނެ

ޔޫކްރެއިންގައި އާދީއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމަށް ތައްޔާރުވެއްޖެއެވެ.

މިހާރުގެ ރައީސް ޕެޓްރޯ ޕްރުޝެންކޯ ދެވަނަ ދައުރަކަށް ނުކުންނަވާފައިވާއިރު ހައިރާންކުރުވަނިވި ގޮތަކަށް ކުރީގައި އުޅުއްވަނީ ކޮމިޑިއަން ވްލޮޑިމީރް ޒެލެންސްކީއެވެ.

މި ދެ ކެންޑިޑޭޓުންނާއި ކުރީގެ ބޮޑުވަޒީރު ޔޫލިއާ ޓިމޮޝެންކޯ ވެސް ކެމްޕެއިންގައި ގެންދަވަނީ ޔޫރަޕަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ރަޝިއާ ފިކުރަށް ތާއީދުކުރާ އެއްވެސް ކެންޑިޑޭޓެއް އިންތިޚާބީ ރޭހުގެ ކުރީ ސަފުގައި ނެތެވެ.

އާދީއްތަ ދުވަހު ބާއްވާ އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓް ލިބިވަޑައިނުގެންފި ނަމަ މި ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދަވާ ދެ ކެނޑިޑޭޓަކު އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބާއްވާ ބުރުގައި ވާދަކުރައްވާނެއެވެ.

މި އިންތިޚާބުގެ ވޯޓްކަރުދާހުގައި 39 ކެނޑިޑޭޓެއްގެ ނަން އޮންނައިރު އިންތިޚާބު ކާމިޔާބުކޮށްފާނެ ކަމަށް ބެލެވި ރޭހުގެ ކުރީގައި އޮތީ ތިން ކެންޑިޑޭޓެކެވެ.

ސޯވިއެޓް ޔޫނިއަންގެ ކުރީގެ މެމްބަރެއްގެ ގޮތުގައި އޮތް ޔޫކްރެއިންގައި ރައީސްކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ސަލާމަތީ ކަންކަމާ ގުޅޭގޮތުންނާއި ދީފާއީ ދާއިރާއިން އަދި ޚާރިޖީ ސިޔާސަތު ކަނޑައެޅުމުގެ ބާރު ލިބިވަޑައިގަންނަވާއިރު އެ ގަމުގެ ރިޔާސީ ނިޒާމު ބެލެވިފައި އޮންނަނީ ސެމީ ޕްރެޒިޑެންޝަލް ނިޒާމެއްގެ ގޮތުގައެވެ.

އިތުރަށް ކިޔާލަން

08 މެއި 2017

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން
24 އެޕްރީލު 2017

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް
23 އެޕްރީލު 2017

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު