Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ސަލްމާން ޚާންގެ ފިލްމްތަކުގައި މަސައްކަތް ކުރުމަށް ސަރޯޖް އަށް ފުރުސަތު ދެނީ

ސަލްމާން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ސަރޯޖްއާ ބައްދަލުކޮށްފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 30 މާރިޗު 2019 | ހޮނިހިރު 13:18
ސަލްމާން ޚާން އާއި ސަރޯޖް ޚާން

ސަލްމާން ޚާން އާއި ސަރޯޖް ޚާން

ބޮލީވުޑް އެކްޓަރ ސަލްމާން ޚާނާއި ކޮރިއޯގްރާފަރ ސަރޯޖް ޚާން އެކުގައި ފިލްމްތަކުގައި ވަނީ މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި "ބީވީ ހޯތޯ އެއިސީ" (1988) އަދި "އަންދާޒް އަޕްނަ އަޕްނާ" (1994) ހިމެނެއެވެ.

"މިޑް ޑޭ" ގައި ރިޕޯޓްކޮށްފައިވާ ގޮތުން ސަރޯޖްއަށް އެއްވެސް މަސައްކަތެއް ނުދޭތީ އެކަމާ އޭނާ ޝަކުވާ ކުރުމުން ސަލްމާން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އޭނާއާ ބައްދަލުކޮށް ކުރިއަށް އޮތްތަނުގައި މަސައްކަތްތައް ދޭނެ ކަމަށް ބުނެފައެވެ.

"ސަލްމާން އެހި އަހަރެން މިދުވަސްވަރު ކުރަމުންދަނީ ކޮން ކަމެއްތޯ. އަހަރެން ބުނިން އެއްވެސް މަސައްކަތެއް (ފިލްމެއްގައި) ނުކުރަމޭ. ޒުވާން އެކްޓްރެސްއިންނަށް އިންޑިއަން ކްލާސިކަލް ޑާންސް ދަސްކޮށްދެމޭ. އެވާހަކަ އަޑުއަހާފައި ސަލްމާން ބުނި އޭނާއާ އެކު އޭ ދެން މަސައްކަތް ކުރާނީ،" ސަރޯޖް ބުންޏެވެ.

ސަރޯޖް ބުނެފައި ވަނީ ސަލްމާނަކީ ބުނާ ބަހުގައި ހިފަހައްޓާ މީހެއް ކަމަށާއި އޭނާ އެވީ ވައުދު ފުއްދާނެ ކަމަށެވެ.

ހަތަރު އަހަރުގެ މެދުކެނަޑުކަމަށް ފަހު ސަރޯޖް ވަނީ "ކަލަންކް"ގައި މާދުރީ ނަށާފައިވާ ލަވައެއްގެ މަސައްކަތް ކޮށްފައެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

ސަލްމާންގެ "ދަބަންގް" ޓުއާ ގެ ޝޯތައް މިފަހަރު އޮސްޓްރޭލިޔާ އަދި ނިއުޒިލެންޑްގައި!

06 މާރިޗު 2017
 ސަލްމާންގެ "ދަބަންގް" ޓުއާ ގެ ޝޯތައް މިފަހަރު އޮސްޓްރޭލިޔާ އަދި ނިއުޒިލެންޑްގައި!
01 މާރިޗު 2017

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި
28 ފެބުރުއަރީ 2017

އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!

28 ފެބުރުއަރީ 2017
އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!
23 ފެބުރުއަރީ 2017

ސަލްމާން ހާންގެ "ޓިޔުބްލައިޓް" ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

23 ފެބުރުއަރީ 2017
ސަލްމާން ހާންގެ "ޓިޔުބްލައިޓް"  ފުރަތަމަ ޓްރައިލާ އެޕްރީލް މަހު
22 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު