Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

އަރްޖުން އާއި މަލައިކާ ކައިވެނި ކުރަން އުޅޭކަމަށް ދެކެވޭ ވާހަކަ ބޮނީ ކަޕޫރު ދޮގުކޮށްފި

މި ދެތަރިން ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލް 19 ގައި މުމްބާއީ ޗަރޗްގައި ކަމަށް ރިޕޯޓްތައް ބުނޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 28 މާރިޗު 2019 | ބުރާސްފަތި 18:35
އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ

އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ

ބޮލީވުޑުގެ ދެ ތަރިން ކަމުގައިވާ އަރްޖުން ކަޕޫރާއި މަލައިކާ އަރޯރާ ކައިވެނި ކުރަން އުޅޭކަމަށް ދެކެވޭ ވާހަކަ އަރުޖުންގެ ބައްޕަ ބޮނީ ކަޕޫރު ދޮގުކޮށްފިއެވެ.

އަންނަ އޭޕްރީލް މަހު މަލައިކާ އާއި އަރުޖުން ކައިވެނި ކުރަން އުޅޭ ކަމަށް އަޑުފެތުރިފައިވާއިރު އެކަމާއި ގުޅޭ ގޮތުން ބޮނީ ކަޕޫރް ބުނެފައިވަނީ އެއީ ތެދު ވާހަކައެއް ނޫން ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން މި ދެތަރިން ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލް 19 ގައި މުމްބާއީ ޗާރޗްގައެވެ.

މަލައިކާ އާއި އަރުޖުން ޑޭޓް ކުރާކަމަށް އަޑު ފެތުރިފައިވާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އަރުޖުން ކުޅެފައިވާ ފިލްމް "ނަމަސްތޭ އިންގްލެންޑް" ރިލީޒް ކުރުމުގެ ކުރިން އެ ފިލްމް ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ދުވަސްވަރު ޓީވީ ޝޯ "އިންޑިއާސް ގޮޓް ޓެލެންޓް"ގައިވެސް މަލައިކާގެ އަތުގައި ހިފައިގެން ސްޓޭޖަށް އެރި މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ.

ފަހަކަށް އައިސް މި ދެ ފަންނާނުން އެކުގައި އެކިއެކި ހަފްލާތަކުން ފެނިގެން ދާތީ މީޑިއާގައި ދެކެވޭ ވާހަކަތަކަށް ވަނީ އިތުރު ބާރެއް ލިބިގެން ގޮސްފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މިލާން އެއަރޕޯޓްގައި މި ޖޯޑު އަތުގައި ހިފައިގެން ހިނގާފައި ދަނިކޮށް ނަގާފައިވާ ފޮޓޯއެއްވެސް ވަނީ ވައިރަލް ވެފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އޮކްޓޯބަރު 23 ވަނަ ދުވަހު މަލައިކާގެ 45 ވަނަ އުފަންދުވަސް އިޓަލީގައި ފާހަގަ ކޮށްފައި ވަނީ އުމުރުން 33 އަހަަރުގެ އަރުޖުންއާ އެކުގައެވެ.

މަލައިކާ އާއި ފިލްމް ޑައިރެކްޓަރ އަދި އެކްޓަރ އަރުބާޒް ޚާންގެ 19 އަހަރުވީ ކައިވެނި ރޫޅިފައިވަނީ 2017 ވަނަ އަހަރުއެވެ. މަލައިކާ އާއި އަރްބާޒް ޚާންއަށް ފިރިހެން ދަރިއަކު ލިބިފައެއެވެ. އޭނާގެ ނަމަކީ އަރްހާން ޚާންއެވެ.

އަރުބާޒް މިހާރު ދަނީ އިޓަލީގެ މޮޑެލް ޖޯޖިއާ އެޑްރިއާނާ އާއި ޑޭޓް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
18 ފެބުރުއަރީ 2017

ކަންގަނާގެ ކައިވެނި ސިއްރު ނުކުރާނެ ކަމަށް އޭނާ ބުނެފި

18 ފެބުރުއަރީ 2017
ކަންގަނާގެ ކައިވެނި ސިއްރު ނުކުރާނެ ކަމަށް އޭނާ ބުނެފި
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
13 ފެބުރުއަރީ 2017

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި
13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
12 ފެބުރުއަރީ 2017

ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް

12 ފެބުރުއަރީ 2017
ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް
31 ޖެނުއަރީ 2017

"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ

31 ޖެނުއަރީ 2017
"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ
11 ޖެނުއަރީ 2017

އަރްޖުން ރާމްޕާލް ސިޔާސީ މައިދާނަށް ނުކުންނަނީތަ؟

11 ޖެނުއަރީ 2017
އަރްޖުން ރާމްޕާލް ސިޔާސީ މައިދާނަށް ނުކުންނަނީތަ؟
07 ޖެނުއަރީ 2017

އަނުޝްކާ އާއި ވިރާޓްގެ އެންގޭޖްމަންޓް ބާއްވަން އުޅޭކަން ދޮގުކޮށްފި

07 ޖެނުއަރީ 2017
އަނުޝްކާ އާއި ވިރާޓްގެ އެންގޭޖްމަންޓް ބާއްވަން އުޅޭކަން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް