Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އޮލެންޑޯ އާއި ކޭޓީގެ ގުޅުން

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

ކޭޓީއާއި އޮލެންޑޯ ރުޅިވިކަން އިއުލާންކޮށްފައިވަނީ މާޗް 1 ގައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 6 މާރިޗު 2017 | ހޯމަ 11:43
ކޭޓީ އާއި އޮލެންޑޯ ރުޅިވިކަން އިއުލާންކޮށްފައިވަނީ މާޗް 1 ގައި

ކޭޓީ އާއި އޮލެންޑޯ ރުޅިވިކަން އިއުލާންކޮށްފައިވަނީ މާޗް 1 ގައި

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ކޭޓީ ޕެރީ އާއި އޭނާގެ ލޯބިވެރިޔާ، އިނގިރޭސިވިލާތަށް ނިސްބަތްވާ މަޝްހޫރު އެކްޓަރ އޮލެންޑޯ ބްލޫމް އަނެއްކާ ވެސް ރުޅިވެއްޖެއެވެ.

ދެ މީހުން ވަކިވިކަން ހާމަކޮށްފައިވަނީ މާޗް މަހުގެ 1 ވަނަ ދުވަހެވެ.

އެމެރިކާގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މި ދެމީހުން ވަކިވީ، ބްލޫމް އާއިލާއެއް ފަށަން ބޭނުން ނުވާތީއެވެ.

ދެ މީހުން އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވި ކަމަށް ބުނާ ފަރާތަކާ ހަވާލާދީ "ދަ މިރަރ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ މީހުންގެ ހިޔާލު ވަރަށް ތަފާތެވެ.

އުމުރުން 32 އަހަރުގެ ކޭޓީ ބޭނުންވަނީ އަވަހަށް ކައިވެނިކޮށް، އާއިލާއެއް ފެށުމަށް ކަމަށާއި ނަމަވެސް އޮލެންޑޯ އެކަމަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް އެމީހާ ބުނެފައި ވެއެވެ.

ބްލޫމް، 40، މީގެ ކުރިން ކައިވެންޏެއް ކޮށްފައިވާއިރު، އޭނާާ އާއި ކުރީގެ އަނބިމީހާ، މަޝްހޫރު މޮޑެލް މިރެންޑާ ކަރ އަށް ކުއްޖެއް ވެސް ހުރެއެވެ. އޮލޭންޑޯ އާއި މިރެންޑާ 2010 ވަނަ އަހަރު ކައިވެނި ކުރިއިރު ފްލިން ލިބިފައިވަނީ ޖެނުއަރީ 2011 ގައެވެ. އަދި ދެމީހުން ވަރިވެފައިވަނީ 2013 ގައެވެ.

އޮލެންޑޯ އާއި ކޭޓީ އެކުގައި އުޅެން ފަށާފައި ވަނީ ޖެނުއަރީ 2016 ގައެވެ.

ދެ މީހުން ވަކިވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ފަރާތްތަކެއް ފާޑު ކިޔާފައިވާ އިރު، ކޭޓީ ވަނީ ފާޑުކިޔުންތަަކަށް ޖަވާބުދާރީ ވެފައެވެ.

މާޗް 2 ގައި ކުރި ޓްވީޓެއްގައި "މި އަހަރު އާ ވިސްނުމެއް ގެންގުޅެންވީ އެންނު؟"ކަމަށް ގޮވާލާ ކޭޓީ ބުނީ، "ކުރީގެ ދެ ލޯބިވެރިންނަށް ވެސް އެކުވެރިންނަށް ވެވިދާނެ" ކަމަށެވެ.

"މިތާކު ވިކްޓިމެއް ނޫނީ ވިލަންއެއް ނެތް" ކޭޓީގެ ޓްވީޓްގައި ވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެޗް1 އެން1 އާއި ގުޅިގެން މަލިކާ ދެއްކުން މެދުކަނޑާލަނީ

އެޗް1 އެން1 އާއި ގުޅިގެން މަލިކާ ދެއްކުން މެދުކަނޑާލަނީ

18 މާރިޗު 2017
"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!

"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!

16 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު