Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކާބިލް

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

ޔާމީ މިހާރު ތައްޔާރުވަމުން އަންނަނީ "ސަރުކާރު 3"ގެ މަންޒަރުތައް ނެގުމަށް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 14 ފެބުރުއަރީ 2017 | އަންގާރަ 10:35
ރިތިކް އަދި ޔާމީ

ރިތިކް އަދި ޔާމީ

ލޯފަން ދެ މީހެއްގެ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ "ކާބިލް" ފިލްމުގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މި ފިލްމުގެ އަންހެން ބަތަލާގެ އާއިލާއިން ޕާޓީއެއް ބާއްވަން ނިންމައިފިއެވެ.

ޔާމީ ނުވަތަ ބެލުންތެރިންގެ ނަމުން ނަމަ ސުޕްރިޔާގެ އާއިލާއިން މި ޕާޓީ ބޭއްވުމަށް މެދުވެރިވި މައިގަނޑު ސަބަބަކަށް ވެފައިވަނީ މި ފިލްމުގައި އޭނާ ކޮށްފައިވާ ބުރަ މަސައްކަތްތަކާއި ހޯދާފައިވާ ކާމިޔާބީތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

ބޮކްސް އޮފީހުގައި 118.2 ކްރޯޑް ރުޕީސްއާއެކު ދެވަނައިގައި ވާ "ކާބިލް" އަކީ ސަންޖޭ ގުޕްތާ ޑައިރެކްޓްކޮށް ރަކޭޝް ރޯކްޝަން ޕްރޮޑިއުސްކޮށްފައިވާ، ބެލުންތެރިންގެ ހިތްތައް ކަތިލާ ފަދަ ރީތި ލޯބީގެ ފިލްމެކެވެ.

ފިލްމުގެ ބަތަލާއެއްގެ ގޮތުގައި ބޮލީވުޑްގެ ކުޅަދާނަ ފިލްމީ ތަރި ރިތިކް ރޯޝަން ފެނިގެންދާ މި ފިލްމު ރިލީޒްކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގައެވެ.

"ބަދްލާޕޫރު" އަދި "ސަނަމް ރޭ" ފަދަ ހިތްގައިމު ފިލްމުތަކުން ބެލުންތެރިންނަށް ފެނިގެންގޮސްފައިވާ ޔާމީ މިހާރު ތައްޔާރުވަމުންދަނީ އޭނާގެ ދެން އަންނަން އޮތް ފިލްމުކަމުގައިވާ "ސަރްކާރް 3"ގެ ޝޫޓިންތައް ފެށުމަށެވެ. އެހެންނަމަވެސް ޝޫޓިންތައް ފެށުމުގެ ކުރިން ޗަންދިގަރްގައި ވާ އޭނާގެ އާއިލާގެ މެންބަރުންނާއި ގާތްތިމާގެ މީހުން އަދި އެކުވެރިންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްލަން އޭނާ ބޭނުންވާކަން ފާހަގަކޮށްލެވެއެވެ.

އިތުރަށް ކިޔާލަން

20 ޖުލައި 2018

ލެކިއުޓުން މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އާއި ގުޅިގެން އެލީޝާގެ ކަރުދާހުން ކަނޑުއަޑި ދައްކާލައިފި

20 ޖުލައި 2018
ލެކިއުޓުން މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އާއި ގުޅިގެން އެލީޝާގެ ކަރުދާހުން ކަނޑުއަޑި ދައްކާލައިފި
02 ޖޫން 2018

ގަވައިދާ ޚިލާފަށް އީޔޫ ބޯޑަރު ހުރަސް ކުރުމާ ގުޅިގެން މާބަނޑު ގެރިއެއް މަރަން ހުކުމް ކޮށްފި

02 ޖޫން 2018
ގަވައިދާ ޚިލާފަށް އީޔޫ ބޯޑަރު ހުރަސް ކުރުމާ ގުޅިގެން މާބަނޑު ގެރިއެއް މަރަން ހުކުމް ކޮށްފި
11 އެޕްރީލު 2018

ރޯދަމަހުގެ ހާރުދަމަށް އަމާޒުކޮށް އޯލްޑްއިޒް ގޯލްޑާއި ގުޅިގެން ރާއްޖެޓީވީއިން މުނިފޫހިފިލުވައިދޭ ޝޯތަކެއް

11 އެޕްރީލު 2018
ރޯދަމަހުގެ ހާރުދަމަށް އަމާޒުކޮށް އޯލްޑްއިޒް ގޯލްޑާއި ގުޅިގެން ރާއްޖެޓީވީއިން  މުނިފޫހިފިލުވައިދޭ ޝޯތަކެއް
28 ފެބުރުއަރީ 2018

ސްރީދޭވީގެ މަރާއި ގުޅިގެން ޕަރީ އެޅުވުން ފަސްކޮށްފި

28 ފެބުރުއަރީ 2018
ސްރީދޭވީގެ މަރާއި ގުޅިގެން ޕަރީ އެޅުވުން ފަސްކޮށްފި
10 އޯގަސްޓު 2017

ލެކިއުޓުން މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އާއި ގުޅިގެން ބާޗީގެ ކުރެހުންތައް ދައްކާލައިފި

10 އޯގަސްޓު 2017
ލެކިއުޓުން މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އާއި ގުޅިގެން ބާޗީގެ ކުރެހުންތައް ދައްކާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު