Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

އަރްޖުން ރާމްޕާލް ސިޔާސީ މައިދާނަށް ނުކުންނަނީތަ؟

ޕާޓީ ބާރްތިޔާ ޖަނަތަ ޕާތީ (ބީޖޭޕީ)ގެ އޮފީހަށް އަރްޖުން ރާމްޕާލް ޒިޔާރަތްކުރި

އަލީ ޔޫސުފް
އަލީ ޔޫސުފް | 11 ޖެނުއަރީ 2017 | ބުދަ 11:19
ބީޖޭޕީ އޮފީހުން ނުކުތުމަށް ފަހު އަރްޖުން ރާމްޕާލް މީޑިއާ އަށް އިންޓަވިއު ދެނީ

ބީޖޭޕީ އޮފީހުން ނުކުތުމަށް ފަހު އަރްޖުން ރާމްޕާލް މީޑިއާ އަށް އިންޓަވިއު ދެނީ

ފިލްމް "ރާޖްނީތީ" އާއި "ސަތިޔަގްރާ"ގައި އަރުޖުން ރާމްޕާލް ވަނީ ސިޔާސީ ސަހްސިއްޔަތެއްގެ ރޯލް ވަރަށް ފުރިހަމައަށް އަދާކޮށްފައެވެ. އެ ދެ ފިލްމްގައި ވެސް އޭނާ އަދާކުރި ސިޔާސީ އަދި އެކްޓިވިސްޓެއްގެ ރޯލަށް ގިނަ ބައެއްގެ ތައުރީފް ލިބިފައިވާއިރު ހަގީގީ ސިޔާސީ ދުނިޔެއަށް އަރްޖުން ރާމްޕާލް ނުކުންނަން އުޅޭކަމުގެ އަޑުތަކެއް މިހާރު ވަނީ ފެތުރިފައެވެ.

މި އަޑުތައް ފެތުރިގެން ގޮސްފައި ވަނީ ދާދި ފަހުން އަޝޯޖާ ރޯޑްގައި ހުންނަ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބާރްތިޔާ ޖަނަތަ ޕާތީ (ބީޖޭޕީ)ގެ އޮފީހަށް އަރްޖުން ރާމްޕާލް ޒިޔާރަތްކުރުމުންނެވެ. އޭނާ ޒިޔާރަތްކުރީ ބީޖޭޕީގެ ނޭޝަނަލް ޖެނެރަލް ސެކްރެޓަރީ ކައިލާޝް ވިޖޭވަރްގިޔާއާ ބައްދަލުކުރުމަށެވެ. އެ ދެ މީހުން ތިން ގަޑިއެއްހާއިރު އޮފީހުގައި ހޭދަކޮށްފައިވާއިރު މަޝްވަރާކުރީ އާންމު އިންތިޚާބާ ބެހޭ ގޮތުން ކަމަށް ވެއެވެ.

ސިޔާސީ މައިދާނަށް ނުކުންނަނީތޯ ނޫސްވެރިން ސުވާލުކުރުމުން އަރްޖުން ބުނެފައި ވަނީ ޕާޓީއާ ގުޅުމުގެ ވިސްނުމެއް ނެތް ނަމަވެސް ކުރިއަށް އޮތްތަނުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ހުރި ކަމަށެވެ. އެ އޮފީހަށް ދިޔައީ ކައިލާޝްއާ ބައްދަލުކުރުމަށް ކަމަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރައްވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާކަން ހާމަކުރުމަށް ކަމަށް ވެސް އަރްޖުން ބުނެފައި ވެއެވެ. ހާއްސަކޮށް ސާފުތާހިރުކަން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް އޭނާ ފާހަގަކުރިއެވެ. އޭނާއަކީ ސިޔާސީ މީހެއް ނޫން ކަމަށާއި އަދި އެ އޮފީހަށް ދިޔައީ ސިޔާސީ ކަމެއް ކުރަން ނޫން ކަމަށް އަރްޖުން ބުނެފައި ވެއެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނަނީ ސިޔާސީ ބޭނުމެއް ނެތި ސިޔާސީ ޕާޓީއެއްގެ އޮފީހަށް ދިޔުމުގެ ބޭނުމެއް ނެތް ކަމަށާއި ކޮންމެ ވެސް ކަންތައްގަނޑެއް އުޅޭ ކަމަށެވެ.

ގިނަ ބަޔަކު ހީކޮށްގެން ތިބީ އަރްޖުންގެ މި ޒިޔާރަތަކީ ކުރިއަށް އޮތް ޕަންޖާބްގެ އިންތިޚާބުގައި ބީޖޭޕީއަށް ވާގިވެރިވުން ކަމަށްވީ ނަމަވެސް އޭނާ ވަނީ އެކަން ދޮގުކޮށްފައެވެ. ނަމަވެސް އަރްޖުން ބުނީ ޔޫޕީގެ އެސެމްބްލީ އިލެކްޝަނުގައި ރަނގަޅު ކެންޑިޑޭޓަކު ނުކުމެއްޖެ ނަމަ ކެމްޕެއިން ކޮށްދެން ތައްޔާރަށް ހުރި ކަމަށެވެ.

އިތުރަށް ކިޔާލަން

10 މެއި 2020

ޑިޓެކްޓިވްއެއްގެ ރޯލް ކުޅުމަކީ ހުވަފެނެއް: އަރްޖުން

10 މެއި 2020
ޑިޓެކްޓިވްއެއްގެ ރޯލް ކުޅުމަކީ ހުވަފެނެއް: އަރްޖުން
30 ސެޕްޓެމްބަރު 2019

ކަބީރު ސިންގް ކުޅެން އެންމެ ފުރަތަމަ ހުށައެޅީ އަރްޖުން ކަޕޫރް އަށް

30 ސެޕްޓެމްބަރު 2019
ކަބީރު ސިންގް ކުޅެން އެންމެ ފުރަތަމަ ހުށައެޅީ އަރްޖުން ކަޕޫރް އަށް
29 ޖުލައި 2019

'' އަރްޖުން ޕަޓިއާލާ'' ގެ ފެށުން ރަނގަޅެއް ނޫން

29 ޖުލައި 2019
'' އަރްޖުން ޕަޓިއާލާ'' ގެ ފެށުން ރަނގަޅެއް ނޫން
19 މެއި 2019

އަރްޖުން ރާމްޕަލް އާއި ލޯބިވެރިޔާ ޗުއްޓީ ހޭދަ ކުރަން ރާއްޖޭއަށް!

19 މެއި 2019
އަރްޖުން ރާމްޕަލް އާއި ލޯބިވެރިޔާ ޗުއްޓީ ހޭދަ ކުރަން ރާއްޖޭއަށް!
05 އެޕްރީލު 2019

އަރްޖުން ކަޕޫރް އާއި މަލައިކާ އަރޯރާ ރާއްޖެ އައީ އެކުގައި

05 އެޕްރީލު 2019
އަރްޖުން ކަޕޫރް އާއި މަލައިކާ އަރޯރާ ރާއްޖެ އައީ އެކުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު