Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޖެންޑާ19

މަޖިލީހުން ފެނިގެންދަނީ އަމިއްލަ އެދުމާއިި ވިޔަފާރިވެރިންގެ މަސްލަހަތު ސަލާމަތްކުރާތަން: ރައީސް ނަޝީދު

28 މާރިޗު 2019 | ބުރާސްފަތި 07:08

މަޑަވެލި ދާއިރާއަށް 6 ކެންޑިޑޭޓުން ވާދަކުރައްވާ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 28 މާރިޗު 2019 | ބުރާސްފަތި 07:08
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

މަޖިލީހަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަޖިލީހުގެ މެމްބަރުން ވަކާލާތު ކުރުމުގައި ރައްޔިތުން ބޭނުންވާ ކަންތައްތައް ބަލާނުލައި އަމިއްލަ އެދުމަށް ކަންތައްތައް ކުރުން ކަމަށާއި ވިޔަފާރިވެރިންގެ މަސްލަހަތު ސަލާމަތްކުރާތަން ފެނިގެންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޑަވެލި ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓް ހުސައިން ފިރުޝާންގެ ކެންޕެއިނަށް ގދ. މަޑަވެއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުން ފެނިގެންދަނީ ވިޔަފާރިވެރިންގެ މަސްލަހަތު ސަލާމަތްކުރާތަން ކަމަށާއި އެހެން ނަމަވެސް އެމްޑީޕީގެ ކެންޑިޑޭޓުން ވަކާލާތު ކުރާނީ ރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށްޓަކައި ކަމަށެވެ.

Advertisement - newsAdvertisement
"ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން ގާތު އައްސަވާ. ކޮބާތޯ މަޖިލީހަށް ކުރިމަތިލައްވަންޖެހޭ ސަބަބު. ކުރިމަތިލާ އެތިބީ ފައިސާ ބޭނުންވެގެންކަމަށްވެދާނެ. ތަނަވަސްކަން އަމިއްލައަށް ބޭނުންވެގެން ކަމަށް ވެދާނެ. ނުވަތަ ކޮންމެވެސް އެހެން މީހެއްގެ ފައިސާ ބޭނުންވެގެން ކަމަށް ވެދާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަޑަވެލި ދާއިރާއަށް ކުރިމަތިލައްވާފައިވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓަކީ ވައްކަން ނުކުރާނެ ކެންޑިޑޭޓެއް ކަމަށާއި ވޯޓު ވިއްކާނެ ވެސް މީހެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ކެންޑިޑޭޓް ހުސައިން ފިރުޝާނަކީ ނަޒާހަތްތެރިއެއް. އޭނާއަކީ ޕާޓީ ބަދަލުކުރާނެ މީހެއް ނޫން އަދި ވައްކަން ކުރާނެ މީހެއްވެސް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަޑަވެއްޔަކީ މަސްވެރި ރަށަކަށްވުމާ އެކު އެ ރަށުގެ މީހުންނަށް ބޭނުންވާ އުމްރާނީ ކަންތައްތައް އެޖެންޑާ19 ގައި ހިމެނިފައިވާ ކަމަށެވެ. އެގޮތުން މަސް ފިނިކުރުމަށް އައިސް ލިބޭނޭ ގޮތް ހެދުމާއި ތެޔޮ ލިބޭނޭ ގޮތް އަދި މަސް ކިރޭނޭ ގޮތް ހެދުމާއި މަހުން ބޮޑު އާމްދަނީއެއް ލިބޭނޭ ގޮތް އެޖެންޑާ19 ގައި ހިމަނާފައިވާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ދޮށީއުމުރުގެ މީހުންނަށް ޚާއްސަ އިނާޔަތްދޭ ވާހަކަ 2008 ވަނަ އަހަރުގެ ތެރޭގައި އެރަށުގައި ހުރެ ދެއްކެވި ކަމަށާއި އޭރު އެކަން ގަބޫލުކުރަން ދަތިވި ކަމަށެވެ. އެހެން ނަމަވެސް މިހާރު ރައްޔިތުންނަށް އިނާޔަތްތަކާއި ސިއްހީ ފަރުވާ ހިލޭ ލިބޭގޮތް ވެފައިވާ ކަމަށް ވިދާޅުވިއެވެ.

"އަނެއްކާވެސް އަޅުގަނޑު އައިސް، އަޅުގަނޑު ތިބޭފުޅުން އަރިހުގައި މިދަންނަވަނީ އެ އަށް ވުރެ މާރަނގަޅު ގޮތެއް އެބައޮތޭ. އެންމެނަށް ވަޒީފާ ވެސް އެބައޮތޭ. އެންމެނަށް ގޯއްޗެއް ވެސް ލިބިދާނޭ. އެންމެނަށް ގެ ވެސް އެޅިދާނޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަޑަވެލި ދާއިރާއަށް ހަ ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، ޕްރޮގްރެސިވްޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް

15 ފެބުރުއަރީ 2017
ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް
15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް