Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލްޖީރިޔާގައި ކުރިޔަށްދާ ސިލްސިލާ މުޒާހަރާތައް

ބޫތެފްލިކާ މަގާމުން ދުރުކުރަން އަލްޖީރިޔާ ސިފައިންގެ ވެރިޔާ ގޮވާލައިފި

27 މާރިޗު 2019 | ބުދަ 04:02

ގައުމު އޮތް ހާލަތުން ސަލާމަތްކުރަން އެކަން ކުރަން ޖެހޭ ކަމަށް ވިދާޅުވި

އަމަން ހަލީމް
އަމަން ހަލީމް | 27 މާރިޗު 2019 | ބުދަ 04:02
އަލްޖީރިޔާގެ ރައީސް އަބްދުލްއަޒީޒް ބޫތެފްލިކާ

އަލްޖީރިޔާގެ ރައީސް އަބްދުލްއަޒީޒް ބޫތެފްލިކާ

އަލްޖީރިޔާގެ ރައީސް ކަމުގައި ހުންނެވި އަބްދުލްއަޒީޒް ބޫތެފްލިކާއަށް މަގާމުގެ މައްސޫލިއްޔަތު ނުއުފުއްލެވޭނެ ކަމަށް ބުނެ އެމަނިކުފާނު މަގާމުން ދުރުކުރަން ޖެހޭ ކަމަށް އެ ގައުމުގެ ސިފައިންގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް އަހްމަދު ގާއެދް ސަލާހް ގޮވާލައްވައިފިއެވެ.

ޖެނެރަލް ސަލާހް މިހެން ގޮވާލެއްވީ އެ ގައުމުގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައެވެ. އޭނާ ވިދާޅުވީ އަލްޖިރިޔާ މިހާރު އޮތް ހާލަތުން ސަލާމަތް ވާން. ގާނޫނީ އިމުގެ ތެރެއިން ބޫތެފްލިކާ މަގާމުން ދުރުކުރަން އަވަސްވެގަންނަން ޖެހޭ ކަމަށެވެ. ބޫތެފްލިކާއަށް ވަފާތެރިކަމަށް ބެލެވިފައިވާ ޖެނެރަލް ސަލާހްއަކީ އެ ގައުމުގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރެވެ.

މީގެ ކުރިން ޖެނެރަލް ސަލާހް ވަނީ ރައްޔިތުންނާއި ސިފައިން އެ ގައުމުގެ ކުރިމަގާ ދޭތެރޭ އޮތީ ގުޅިފައިވާ ތަސައްވުރެއް ކަމަށް ވިދާޅުވެ، މިހާރު އެ ގައުމުގައި ކުރިޔަށްދާ ސިލްސިލާ މުޒާހަރާތަކުގެ ބައިވެރިންނާ އެކު ސިފައިން އޮތް ކަން ހާމަކުރައްވާފައެވެ. ނަމަވެސް މިހާ ފާޅުކަން ބޮޑު ގޮތެއްގައި ބޫތެފްލިކާ މަގާމުން ދުރުކުރަން ޖެހޭ ކަމަށް މިއީ އޭނާ ވިދާޅުވި ފުރަތަމަ ފަހަރެވެ.

ބޫތެފްލިކާ މަގާމުން ދުރުކުރަން ޖެހޭ ކަމަށް ޖެނެރަލް ސަލާހް ގޮވާލެއްވީ، އެމަނިކުފާނު އިތުރު ދައުރަކަށް ކުރިމަތި ނުލައްވާނެ ކަން އިއުލާން ކުރައްވާފައި ވަނިކޮށެވެ. އެ ގައުމުގައި ކުރިޔަށްދާ މުޒާހަރާތައް ފެށެން މެދުވެރިވީ ވެސް ބޫތެފްލިކާ އިތުރު ދައުރަކަށް ކުރިމަތިލައްވަން ނިންމެވުމާއި ގުޅިގެންނެވެ.

ބޫތެފްލިކާ ވެރިކަމަށް އައީ 1990ގެ އަހަރުތަކުގެ ތެރޭގައި އަލްޖީރިޔާގައި ކުރިޔަށް ދިޔަ ދާހިލީ ހަނގުރާމައަށް ފަހު، އެ ގައުމުގެ ސިފައިންގެ އެހީތެރިކަމާ އެކުގައެވެ. އެމަނިކުފާނަށް 2013ގައި ސްޓްރޯކެއް ޖެހިވަޑައިގެންނެވި ފަހުން އާއްމުންގެ ތެރެއިން ފެނިވަޑައިގެންފައި ވަނީ މަދު ފަހަރަކުއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

01 މެއި 2017

ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި

01 މެއި 2017
ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި
24 އެޕްރީލު 2017

އަފްޣާނިސްތާނު ސިފައިންގެ އިސްވެރިޔާ އިސްތިއުފާ ދެއްވައިފި

24 އެޕްރީލު 2017
އަފްޣާނިސްތާނު ސިފައިންގެ އިސްވެރިޔާ އިސްތިއުފާ ދެއްވައިފި
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
01 އެޕްރީލު 2017

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017
ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި
10 މާރިޗު 2017

ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި

10 މާރިޗު 2017
ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި
09 މާރިޗު 2017

އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ

09 މާރިޗު 2017
އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
31 ޖެނުއަރީ 2017

ޓްރަމްޕަށް ފާޑުވިދާޅުވި އޭޖީ މަގާމުން ދުރުކުރައްވައިފި

31 ޖެނުއަރީ 2017
ޓްރަމްޕަށް ފާޑުވިދާޅުވި އޭޖީ މަގާމުން ދުރުކުރައްވައިފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް