Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް އިންތިހާބު 2019

ގުޅިގެން މަސައްކަތް ކުރުން ނޫން ހައްލެއް ނޯންނާނެ: ނިޒާރު

27 މާރިޗު 2019 | ބުދަ 04:55

ޕާޓީގެ ޓިކެޓަކީ ކެނޑިޑޭޓުންގެ ބުރަ މަސަައްކަތުން ހޯދާފައިވާ ހައްގެއް ކަމަށް ވިދާޅުވި

އަމަން ހަލީމް
އަމަން ހަލީމް | 27 މާރިޗު 2019 | ބުދަ 04:55
އަލީ ނިޒާރު ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަނީ

އަލީ ނިޒާރު ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަނީ

ސަރުކާރުގައި ހިމެނޭ ޕާޓީތައް ގުޅިގެން މަސައްކަތް ކުރުން ނޫން ހައްލެއް އެއް ވެސް ޕާޓީއަކަށް ނޯންނާނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ނިޒާރު ވިދާޅުވީ ކޯލިޝަން ދަމަހައްޓަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އެގޮތުން އެމްޑީޕީން ދޫދީ ކޯލިޝަނުގައި ހުރި އެހެން ޕާޓީތަކަށް ބައެއް ދާއިރާތައް ދޭން މަސައްކަތް ކުރެއްވި ނަމަވެސް، އެކަމަށް އެ ޕާޓީގެ ގައުމީ މަޖިލިހުން ނޫނެކޭ ބުނުމުން ދެން އެކަން ކުރެވޭނެ އިތުރު ގޮތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިހާތަނަށް ކޯލިޝަން ރޫޅޭ ވަރުގެ އެއްވެސް އަމަލުފުޅެއް ވެސް އަދި އެއްވެސް ވާހަކަފުޅެއް ވެސް ރައީސް ސޯލިހު ދައްކާފައި ނުވާނެ ކަމަށް ވިދާޅުވަމުން ނިޒާރު ވަނީ ރައީސް ސޯލިހަށް ތައުރީފުކުރައްވާފައެވެ. އެމަނިކުފާނު ޕާޓީގެ ލީޑަރުންނަށް ވެވެޑައިގެންނެވި ވައުދުތައް ފުއްދަވަމުންދިޔުމާއި ގުޅިގެން، ކޯލިޝަން ރޫޅެން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ. އަދި މި ގައުމުގެ ރައްޔިތުންނަށް އެއްމެ ރަނގަޅު ގޮތަކީ ގުޅިގެން މަސައްކަތް ކުރުން ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.

އެއްވެސް ޕާޓީއަކަށް ގުޅިގެން މަސައްކަތް ކުރުން ނޫން ހައްލެއް ނޯންނާނެ. ކޮންމެ ގޮތެއް ވިޔަސް މި ވަގުތު ރައީސްއެއްގެ ގޮތުގައި އެ ހުންނެވީ އިބްރާހިމް މުހައްމަދު ސޯލިހު. ދެން އަޅުގަނޑުމެން ގުޅިގެން މިކަން ކުރީމަ ނުވާނެ ގެއްލުމެއް، ވާނީ ފައިދާ" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު މިހެން ވިދާޅުވީ މަޖިލިސް އިންތިހާބުގައި ގޮނޑި ބެހުމަށް ވެފައިވާ އެއްބަސްވުމާ އެމްޑީޕީން ހިލާފުވެފައިވާ ކަމަށް ބުނެ ޖުމްހޫރީ ޕާޓީއިން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާ އެކު މަޖިލިސް އިންތިހާބަށް ނިކުންނަން ނިންމާފައި ވާތީ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ޕީއެންސީ އާއެކުގައި އިންތިހާބުގައި އެކުގައި ވާދަކުރައްވަން ނިންމެވި ނަމަވެސް، ސަރުކާރު ހިންގާ ކޯލިޝަން ދެމިއޮތް ކަމަށް ވިދާޅުވެފައެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީ އާއި އެމްޑީޕީ ގުޅިގެން ކުރިއަށް ދާއިރު، ފަސް ދާއިރާ ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވުމުން އެ ދާއިރާތަކުގެ ކެންޑިޑޭޓުން އެކަމަށް ވިދާޅުވީ ނޫނެކޭ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.

"ރައީސް (ނަޝީދު) ހުށައެޅުއްވި އެ ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދަވަން. ފަސް ދާއިރާގެ، މިއީ ކިހާ އުނދަގޫކަމެއްތޯ؟ ކިހާ ބޮޑު ޑެމޭޖެއްތޯ ޕާޓީއަށް. ކިތައް މެމްބަރުންގެ ރުޅިވެރިކަން ޕާޓީގެ ލީޑަރުން އަދި ޕާޓީއަށް އަންނާނެތޯ؟ ދާއިރާތަކުގެ ނިކަމެތިކަމެއް ހަމަ ޕާޓީއަށް އަންނާނެ. އެހެން ނަމަވެސް ރައީސް ހުށައެޅުއްވިއޭ އެކަން ކުރައްވަން. ބައެއް ދާއިރާތަކުގެ ރައީސުން ރޮއެފައި ޖަޒުބާތުގައި އެކަން އެހެން ނުކުރެވޭނެ ކަމަށް ހުށައެޅި. އުނދަގޫ ކަންކަން ވެސް ކުރައްވަން ޕާޓީ ތެރެއިން މަސައްކަތް ކުރެއްވި،" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ އެމްޑީޕީގެ ޓިކެޓަކީ ޕާޓީން ދޭ އެއްޗެއް ނޫން ކަމަށާއި އެއީ ކެނޑިޑޭޓުންގެ ބުރަ މަސައްކަތުން ހޯދާފައިވާ ޓިކެޓު ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް