Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް ބަޖެޓް 2019

އެފްއޭއެމް ބަޖެޓް 2019: 95 މިލިއަން ރުފިޔާ ހަރަދުކުރަން ފާސްކޮށްފި

ބަޖެޓުގައިވާ ގޮތުން 13 ދާއިރާއަކަށް ހަރަދުކުރުމަށް ހަމަޖެހިފައިވޭ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 25 މާރިޗު 2019 | ހޯމަ 09:27
އެފްއޭއެމްގެ ޕްރެސްއެއްގެ ތެރެއިން

އެފްއޭއެމްގެ ޕްރެސްއެއްގެ ތެރެއިން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަހަރު ޚަރަދު ކުރުމަށް ހަމަޖެހިފައިވާ 95 މިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފިއެވެ.

ހޯމަ ދުވަހު އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސްގައި ބަޖެޓް ފާސްކޮށްފައި ވަނީ ހާޒިރުވި 13 ކްލަބްގެ ތެރެއިން 12 ކްލަބްގެ ތާއީދާ އެކުގައެވެ. ބަޖެޓް ފާސްކުރުމާ ދެކޮޅަށް ވޯޓު ދީފައި ވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބުން އެކަންޏެވެ.

ބަޖެޓުގައިވާ ގޮތުން 13 ދާއިރާއަކަށް ޚަރަދުކުރަން ޖެހޭއިރު، އޭގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކުރުމަށް ހަމަޖެހިފައި ވަނީ ޑިވެލޮޕްމެންޓަށެވެ. ދެވަނައަށް ޕޮރޮޖެކްޓްތަކަށް ބޮޑު ހޭދައެއް ކުރާއިރު، ތިންވަނައަށް އެންމެ ބޮޑު ހޭދައެއް ކުރާނީ އެޑްމިނިސްޓްރޭޓިވް ޚަރަދަށެވެ.

ބަޖެޓުގައި 2019 ވަނަ އަހަރު ޚަރަދުކުރުމަށް ހަމަޖެހިފައިވާ 13 ދާއިރާ:

  1. އެޑްމިނިސްޓްރޭޓިވް ޚަރަދުތައް – 13.3 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށް ވުރެ ތިން މިލިއަން ރުފިޔާ އިތުރު އަދަދެއް)
  2. ޓެކްނިކަލް ޑިވެލޮޕްމެންޓް – 5.9 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށްވުރެ 8 މިލިއަން ރުފިޔާގެ ދަށްވުމެއް)
  3. ކޮމްޕެޓިޝަންސް – 9.3 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށްވުރެ 405،450ރ. ގެ ދަށްވުމެއް)
  4. ގައުމީ ޓީމުގެ ޚަރަދުތައް – 8.5 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށް ވުރެ 1.95 މިލިއަން ރުފިޔާގެ އިތުރުވުމެއް)
  5. ރެފްރީންނަށް ކުރާ ޚަރަދުތައް – 3.3 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށް ވުރެ 454،936.9ރ ގެ ދަށްވުމެއް)
  6. މެޑިކަލް ހަރަދުތައް – 542،100ރ. (މިއީ މިދިޔަ އަހަރަށް ވުރެ 157،900ރ. ގެ ދަށްވުމެއް)
  7. މަރާމާތުތަކަށް – 744،724ރ. (މިއީ މިދިޔަ އަހަރަށް ވުރެ 471276ރ ގެ ދަށްވުމެއް)
  8. މާކެޓިން އަދި އެޑްވަޓައިޒިން – 1.7 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށް ވުރެ 70،451ރ. ގެ ދަށްވުމެއް)
  9. ކެޕިޓަލް އެކްސްޕެންޑިޗާ – 518،007ރ. (މިއީ މިދިޔަ އަހަރަށް ވުރެ 124،546ރ. ގެ އިތުރުވުމެއް)
  10. ޑިވެލޮޕްމެންޓް – 30.8 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރު ނުހިމަނާ ކަމެއް)
  11. ވުމެންސް ފުޓްބޯލް ޑިވެލޮޕްމެންޓް – 3.78 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށް ވުރެ 796،519ރ. ގެ އިތުރުވުމެއް)
  12. ޕްރޮޖެކްޓްތަކަށް – 14.96 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށް ވުރެ 3.4 މިލިއަން ރުފިޔާގެ އިތުރުވުމެއް)
  13. ދަރަނި ދެއްކުމަށް – 1.5 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށް ވުރެ ދޮޅު މިލިއަން ރުފިޔާގެ މަދުވުމެއް)

ބަޖެޓުގައި އާމްދަނީގެ ގޮތުގައި އެފްއޭއެމްއަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 90.4 މިލިއަން ރުފިޔާއެވެ. އެގޮތުން ފާސްކޮށްފައި ވަނީ 4.5 މިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

ބަޖެޓްގައިވާ ގޮތުން އެންމެ އާމްދަނީއެއް މި ފަހަރު ލިބެނީ ސްޕޮންސާޝިޕުންނެވެ. އަދި ދެ ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފީފާއިންނެވެ. އަދި ތިން ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ އޭއެފްސީންނެވެ.

ބަޖެޓުގައި އާމްދަނީ ގޮތުގައި ފައިސާ ލިބޭ އަށް ވަސީލަތަކީ:

  1. ފީފާ – 31.2 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށް ވުރެ 3.7 މިލިއަން ރުފިޔާގެ އިތުރުވުމެއް)
  2. އޭއެފްސީ – 10.8 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށް ވުރެ ހަތް މިލިއަން ރުފިޔާގެ އިތުރުވުމެއް)
  3. މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް – 1.9 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށް ވުރެ 5.7 މިލިއަން ރުފިޔާގެ ދަށްވުމެއް)
  4. ޓިކެޓު ވިއްކައިގެން ލިބޭ އާމްދަނީ – 405،000ރ. (މިއީ މިދިޔަ އަހަރަށް ވުރެ 2.5 މިލިއަން ރުފިޔާގެ ދަށްވުމެއް)
  5. ރެންޓް އާމްދަނީ – 1.6 މިލިއަން ރުފިޔާ ( މިއީ މިދިޔަ އަހަރަށްވުރެ 280،000ރ ގެ ދަށްވުމެއް)
  6. ސްޕޮންސާޝިޕްސް – 43.2 މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށް ވުރެ 28.3 މިލިއަން ރުފިޔާގެ އިތުރުވުމެއް)
  7. އެހެނިހެން ގޮތް ގޮތުން ލިބޭ އާމްދަނީ – 221،000ރ (މިއީ މިދިޔަ އަހަރަށް ވުރެ 345،000ރ ގެ ދަށްވުމެއް)
  8. ޑޮނޭޝަން – އެއް މިލިއަން ރުފިޔާ (މިއީ މިދިޔަ އަހަރަށް ވުރެ ދެ މިލިއަން ރުފިޔާގެ ދަށްވުމެއް)

މިދިޔަ އަހަރުގެ ބަޖެޓް ފާސްކުރީ ފައިދާގެ ގޮތުގައި 62.3 މިލިއަން ރުފިޔާ އަދި ހަރަދުގެ ގޮތުގައި 65.3 މިލިއަން ރުފިޔާއެވެ. އެގޮތުން މިފަހަރު ފާސްކޮށްފައިވަނީ މިދިޔަ އަހަރަށް ވުރެ 28.1 މިލިއަން ރުފިޔާގެ ފައިދާ ބޮޑު ބަޖެޓެކެވެ. އަދި 29.7 މިލިއަން ރުފިޔާގެ ޚަރަދު ބޮޑު ބަޖެޓެކެވެ.

މިދިޔަ އަހަރު ފާސްކުރީ ތިން މިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ. ނަމަވެސް މިފަހަރު ބަޖެޓް ފާސްކޮށްފައި ވަނީ 4.5 މިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ. އެއީ މިދިޔަ އަހަރަށް ވުރެ ދޮޅު މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

13 ފެބުރުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

31 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު