Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައިސް ސޯލިހު

ނަފްސާނީ ބަލީގެ ސްޕެޝަލިސްޓުންނަށް ވުމަށް ސްޓޫޑެންޓް ލޯން ސްކީމްގައި ބޮޑު އަދަދެއް ކަނޑައަޅާފައިވާނެ: ރައީސް ސޯލިހު

ނަފްސާނީ ގޮތުން ތަހައްމަލު ކުރަމުންދާ ބުރައަށް ކޮންމެވެސް ވަރެެއްގެ ލުއި ފަސޭހަ ކަމެއް ލިބޭނެ: ރައީސް

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 25 މާރިޗު 2019 | ހޯމަ 06:44
ސެންޓަރ ފޯރ މެންޓަލް ހެލްތް ހުޅުވައިދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސެންޓަރ ފޯރ މެންޓަލް ހެލްތް ހުޅުވައިދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން

ނަފްސާނީ ބަލީގެ ސްޕެޝަލިސްޓުންނަށް ވުމަށް ސްޓޫޑެންޓް ލޯނުގެ ބޮޑު އަދަދެއް ކަނޑައަޅާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްގައި ގާއިމްކުރި ސެންޓަރ ފޯރ މެންޓަލް ހެލްތު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ އެ ސެންޓަރަކީ ނަފްސާނީ ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ރަނގަޅު ފެށުމެއް ކަމަށާއި، އެފަރާތްތަކުން ތަހައްމަލު ކުރަމުންދާ ބުރައަށް ކޮންމެވެސް ވަރެެއްގެ ލުއިފަސޭހަ ކަމެއް ލިބޭނެ ކަމެއް ކަމަށެވެ. މި މަރުކަޒުގެ ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށް ސަރުކާރުން އިސްކަން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement
''އެކަމަށްޓަކައި ތަޖުރިބާ ލިބިފައިވާ ޑޮކްޓަރުންނާއި، އެހެނިހެން ފަންނީ މީހުން ތަމްރީން ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ. ދާދި މިދާކަށް ދުވަހު ސަރުކާރުން އިއުލާން ކުރި މަތީ ތައުލީމުގެ ލޯނު ސްކީމްގައި ވެސް ނަފްސާނީ ބަލީގެ ސްޕެޝެލިސްޓުން ތަމްރީނު ކުރުމަށް ބޮޑު އަދަދެއް ކަނޑައަޅާފައިވާނެ،'' ރައީސް ވިދާޅުވިއެވެ.

ސިއްހީ ހިދުމަތް ދޭނެ ތަނެއް ގާއިމް ކޮށްގެން ނަފްސާނީ ބަލިތަކަށް ޝިފާއެއް ނުލިބޭނެ ކަމަށާއި، އެ ފަރާތްތަކަށް އާއިލާގެ ލޯތްބާއި އޯގާތެރިކަމުގެ އިތުރުން އެހީތެރިކަމުގެ މުހިއްމު ކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ނަފްސާނީ ބަލީގެ ތަޖުރިބާކާރުން މަދުކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، އެ ފަރާތްތަކަށް ދެއްކުމަށް އެތައް ބަޔަކު އަބަދުވެސް ކިޔޫގައި ތިބޭ ކަމަށެވެ. ނަފްސާނީ ބަލިތަކަށް ބޭނުންވާ ބޭސް ވެސް މަދުކަމަށާއި، ނަފްސާނީ ބަލިތަކުގެ ވާހަކަ މުޖުތަމައުގައި ދެއްކުމަކީ އެހާ ފަސޭހަކަމަށް ވެފައިނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ސެންޓަރެއް ގާއިމް ކުރެވިފައި ނެތުމަކީ ގިނަ ރައްޔިތުން ޝަކުވާ ކޮށްފައިވާ ކަަމެއް ކަމަށެވެ. ނެޝަނަލް މެންޓަލް ހެލްތް އިންސިޓިޓިއުޓެއް އުފައްދާ، ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާ އާސަންދައިގެ ދަށުން ކަވަރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދު ތެރޭގައި ހިމެނޭ ވައުދެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝަރޫ ލޯންޗް ސާވިސް އަތުން 17 މިލިޔަން ރުފިޔާ ހޯދަން ފެނަކައިން ދައުވާ ކުރާ މައްސަލަ ޝަރީޢަތަށް ފޮނުވައިފި

ޝަރޫ ލޯންޗް ސާވިސް އަތުން 17 މިލިޔަން ރުފިޔާ ހޯދަން ފެނަކައިން ދައުވާ ކުރާ މައްސަލަ ޝަރީޢަތަށް ފޮނުވައިފި

10 އެޕްރީލު 2017
"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި

"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި

27 ފެބުރުއަރީ 2017
ކްރައިމް ޕްރިވެންޝަން ކެމްޕެއިން ލޯންޗްކޮށްފި

ކްރައިމް ޕްރިވެންޝަން ކެމްޕެއިން ލޯންޗްކޮށްފި

27 ފެބުރުއަރީ 2017
ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި

ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި

14 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު