Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނައިބް ރައީސް ފައިސަލް ނަސީމް

ޖަލުތަކަކީ އަދަބު ދޭ ތަނެއްގެ ގޮތުގައި ސިފަ ކުރަން ބޭނުމެއް ނުވޭ: ނައިބް ރައީސް

އަމާޒަކީ ގައިދީންނަށް ހުނަރު ދަސްކޮށްދީގެން މުޖުތަމައުއަށް ނެރުން: ފައިސަލް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 24 މާރިޗު 2019 | އާދީއްތަ 14:47
ނައިބް ރައީސް ފައިސަލް ނަސީމް

ނައިބް ރައީސް ފައިސަލް ނަސީމް

ރާއްޖޭގެ ޖަލުތަކަކީ މީހުނަށް އަދަބު ދިނުމަށް ބޭނުން ކުރާ ތަނެއްގެ ގޮތުގައި ރައްޔިތުން ސިފަ ކުރަން ބޭނުން ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މާފުށި ޖަލުގައި އާދިއްތަ ދުވަހު ތަޢާރަފް ކުރި އުރީދޫ ސްމާޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމު އިފްތިހާޙު ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ގައިދީ ޖަލުގައި ހޭދަކުރާ ދުވަސްތަކަކީ މުޖްތަމައަށް އަނބުރާ އައުމަށް ބޭނުން ކުރެވިދާނެ ފުރުސަތެއްގެ ގޮތުގައި ހަދަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އެފަދަ ޚިދުމަތެއްގެ ސަބަބުން ޖަލުގައި ތިބި ޤައިދީން އަލުން އަނބުރާ މުޖުތައުއަށް ނިކުތުމަށް ރަނގަޅު ފުރުޞަތެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މުޖުތަމައުއިން އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމަށް ވިދާޅުވެ، ނައިބު ރައީސް ވިދާޅުވީ ގައިދީންނަށް އުނގަންނައިދިނުމަށް ކުރާ މަސައްކަތުގެ ސަބަބުން ތައުލީމަށް ސަރުކާރުން ދޭ އަހުމިއްޔަތު ދެނިގެންދާ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ގައިދީންނަށް ހުނަރުތައް ދަސްކޮށް، މުޖްތަމައަށް އަވަހަށް ނުކުމެވޭނެ ގޮތް ހަދައި، އާއިލާތަކާ އެކު ދިރިއުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"އިންސާނާ ދިރި ދުނިޔޭގައި ހުރިހާ ހިނދަކު އިންސާނާއަށް ތައުލީމް އުނގެނުމުގެ ފުރުޞތު ހޯދައިދޭން ޖެހޭ. އެއްވެސް ހާލެއްގައި ޤަބޫލުނުކުރަން މީހަކަށް ކުށެއް ކުރެވުނީތީ، މީހަކަށް ގޯހެއް ހެދުނީތީވެ، އެކަން މަތީގައި ދެމި ހުންނަން ޖެހޭނެ ކަމަށް." ނައިބް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އެކި ކުށްތަކުގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށް ވެސް ގައުމު ތަރައްގީ ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު