Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ އެޖެންޑާ 19 ކެމްޕެއިން ހަރަކާތްތައް

އެޖެންޑާ 19 އަކީ އަޅުގަނޑުމެން ރާއްޖޭއަށް ކުރާ އުއްމީދު: ރައީސް

23 މާރިޗު 2019 | ހޮނިހިރު 22:21

ރިޔާސީ އިންތިހާބަށް ނިކުންނެވީ ގައުމުގެ ހާލަތު ބަދަލުކުރައްވަން ކަމަށް ވިދާޅުވި

އަމަން ހަލީމް
އަމަން ހަލީމް | 23 މާރިޗު 2019 | ހޮނިހިރު 22:21
ފޯކައިދުގައި އޮތް އެމްޑީޕީގެ އެޖެންޑާ 19 ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ

ފޯކައިދުގައި އޮތް އެމްޑީޕީގެ އެޖެންޑާ 19 ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ

އަންނަ އެޕްރިލް މަހުގެ 6 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިހާބަށް އެމްޑީޕީން ތައްޔާރުކޮށްފައިވާ އެޖެންޑާ19 އަކީ އެމްޑީޕީން ރާއްޖެއަށް ކުރައްވާ އުއްމީދުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ، އެމްޑީޕީގެ ޓިކެޓުގައި ށ. އަތޮޅުގެ ހަތަރު ދާއިރާއަށް ކުރިމަތިލައްވާ ކެނޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމަށް ށ. ފޯކައިދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެޖެންޑާ19 ގެ ތަސައްވުރަކީ މުޅި ދިވެހިރާއްޖެއަށް އަމާޒުކޮށްގެން ތައްޔާރުކުރެވިފައި އޮތް މެނިފެސްޓޯއެއް ކަމަށެވެ. އަދި މި މެނިފެސްޓޯގައި ހިމެނިފައިވާ ކަންކަން އެއްވެސް ދިވެހި ރައްޔިތަކަށް ތަފާތުކުރުމެއްނެތި ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރެއްވީ ވަރަށް ދަތި އުނދަގޫތަކާ އެކުގައި ކަމަށެވެ. އެކަން އެހެން އޮތް އިރުވެސް އެ އިންތިހާބުގައި ނިކުތީ އޭރު އޮތް ހާލަތު ބަދަލުކުރަން، އެ ހާލަތު ކަމު ނުދާތީ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރިޔަސީ އިންތިހާބުގެ ވޯޓު ނިމިގެން ދިޔަ ގޮތުން ރާއްޖޭގެ ބޮޑު އަގުލަބިއްޔަތަކުން އެކަން ބަލައިނުގަންނަ ކަން ހާމަވެގެން ދިޔަ ކަމަށް ވިދާޅުވެ ރައީސް ވަނީ އެ މަނިކުފާނަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިވީ މުއްދަތުގެ ތެރޭގައި ރައީސް ސޯލިހުގެ ސަރުކާރުން ފުރިހަމަ ކޮށްދީފައިވާ ވައުދުތަކަށް އަލިއަޅުއްވާލައްވަމުން އެ މަނިކުފާނު ވިދާޅުވީ ކުޑަ އިންޓްރެސްޓްގައި ބޭރުގެ ގައުމުތަކުން ކިޔެވުމަށް މިދިޔަ ހަފުތާގެ ތެރޭގައި އެކަނި ވެސް 240 ފުރުސަތު ހުޅުވާލާފައިވާނެ ކަމަށެވެ. އަދި އެޖެންޑާ19 އަށް ތާއީދުކުރައްވާ ކެނޑިޑޭޓުންނަށް ވޯޓު ދެއްވަންޖެހޭ ސަބަބަކީ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައި ދެއްވުމަށް ކަމަށް ވިދާޅުވެ ރައީސް ވަނީ އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މަޖިލީހަށް އިންތިހާބު ކުރަން ޖެހެނީ ހަމައެކަނި ފައިސާއަށް އެކަނި ބޯނުލަނބާނެ މީހުންނެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވި މަޖިލީހަށް އިންތިހާބު ކުރަން ޖެހެނީ ނުފޫޒަށް ވެސް ބޯނުލަނބާ އަދި ރައްޔިތުންގެ ފަރާތުން ވާހަކަދައްކާނެ ރައްޔިތުންގެ ހައްގުތަކަށް ވަކާލާތު ކުރައްވާނެ ބޭފުޅުން ކަމަށެވެ.

ރައީސް ވަނީ މި ދާއިރާގެ ރަށްތަކަށް މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ކަންކަން ވެގެން ދާނެ ކަމުގެ ޔަގީންކަން ދާއިރާގެ ރައްޔިތުންނަށް އަރުވާފައެވެ. އެގޮތުން ރައީސް ވަނީ ފޯކައިދޫގެ ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ދެއްވާނެ ކަމަށާއި ރަށު މެދުގައި ހުރި އިންޖީނުގެ ބަދަލުކުރާނެކަމަށް ވިދާޅުވެފައެވެ. އަދި ރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް ދޭން، ސްކޫލްއަށް 10 ކްލާސްރޫމް އަދި ހޯލެއް އެޅުމުގެ މަސައްކަތް ފެށިގެން ދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮމަންޑޫ ދާއިރާއަށް ނިސްބަތްވާ މަރޮށީގައި ފެނޭ ނަރުދަމާގެ މަސައްކަތް ފެށޭނެ ކަމަށާއި ވަރަށް އަވަހަށް ފުޓްސަލް ދަނޑަށް ބޭނުންވާ ފައިސާ ކައުންސިލާއި ހަވާލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އެ ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ހިމަނުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ހޮނިހިރު ދުވަހު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއްމެ ފުރަތަމަ ވަޑައިގެންނެވީ ކޮމަންޑޫއަށެވެ. ރައީސް ފޯކައިދޫއަށް ވަޑައިގެންނެވީ މެންދުރުގެ ވަގުތެއްގައި ފުނަދޫއަށް ވަޑައިގެންނެވުމަށް ފަހުގައެވެ. ރައީސް ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހު އެ އަތޮޅު މިލަންދޫއަށާއި ފޭދޫއަށް ވަޑައިގެންނެވުމަށް ފަހުގައެވެ. މިއީ ރިޔާސީ އިންތިހާބުގެ ފަހުން ރައީސް އެ އަތޮޅަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ޕީޕީއެމްއަށް ގަދަކަމުން މެމްބަރުން ވައްދާ މައްސަލަ އެޖެންޑާކޮށްފި

19 ފެބުރުއަރީ 2017
ޕީޕީއެމްއަށް ގަދަކަމުން މެމްބަރުން ވައްދާ މައްސަލަ އެޖެންޑާކޮށްފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް