Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލިފުށީ ސްކޫލް ހޯލްގެ ބިންގާ އެޅުން

ރައީސް އަލިފުށީ ސްކޫލްގެ މަލްޓި ޕާރޕަސް ހޯލްގެ ބިންގާ އަޅުއްވާދެއްވައިފި

މިއީ 2019ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއެއް

އަމަން ހަލީމް
އަމަން ހަލީމް | 23 މާރިޗު 2019 | ހޮނިހިރު 02:33
ރައީސް ސޯލިހު އަލިފުށީ ސްކޫލްގެ މަލްޓި ޕާރޕަސް ހޯލްގެ ބިންގާ އަޅުއްވައިދެއްވަނީ

ރައީސް ސޯލިހު އަލިފުށީ ސްކޫލްގެ މަލްޓި ޕާރޕަސް ހޯލްގެ ބިންގާ އަޅުއްވައިދެއްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރ. އަލިފުއްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި، އެ ރަށު ސްކޫލްގެ މަލްޓި ޕާރޕަސް ހޯލުގެ ބިންގާ އަޅުއްވާދެއްވައިފިއެވެ.

ހޮނިހިރު ދުވަހު އަލިފުށީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި، ސްކޫލް ހޯލުގެ ބިންގާ އަޅުއްވައިދެއްވީ ރައީސް ސޯލިހު އާއި އަލިފުށީ ސްކޫލްގެ ޕްރިންސިޕަލެވެ.

Advertisement - newsAdvertisement

ބިންގާ އެޅެމުގެ ރަސްމިއްޔާތުގައި އަލިފުށީ ސްކޫލްގެ ޓީޗަރުންނާއި ދަރިވަރުންގެ އިތުރުން އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ރަޝީދާއި ރ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތު ނިންމަވާލެއްވުމަށް ފަހު ރައީސް ވަނީ އެ ސްކޫލް ބައްލަވާލައްވައި އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ރައީސް ސޮއިކުރައްވަނީ

އަލިފުށީ ސްކޫލްގައި މަލްޓި ޕާރޕަސް ހޯލަކީ 2019 ވަނަ އަހަރުގެ ބަޖެޓުގައި ހިިމެނެފިއިވާ މަޝްރޫއެކެވެ. މި މަޝްރޫއަށް ހޭދަކުރަން ބަޖެޓުގައި ކަނޑައަޅާފައި ވަނީ އެއް މިލިއަން ރުފިޔާއެވެ. އަންނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ސެމިސްޓަރގެ ކިޔެވުން ފެށެންވާ އިރަށް މި މަޝްރޫއު ނިންމާލެވޭ ވަރު ވާނެ ކަމަށް ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު