Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިމާދު މަރުވި ހާދިސާ

ކަރަންޓު ދަންތުރަ ޖެހި މީހާ އެ ކުރީ ގާނޫނީ ކުށެއް: ފުލުހުން

21 މާރިޗު 2019 | ބުރާސްފަތި 19:54

މަރުވީ ކަރަންޓު ދަންތުރައިގައި ޖެހިގެން

އަމަން ހަލީމް
އަމަން ހަލީމް | 21 މާރިޗު 2019 | ބުރާސްފަތި 19:54
މަރުވެފައި އޮއްވާ ފެނުނު ސިމާދު

މަރުވެފައި އޮއްވާ ފެނުނު ސިމާދު

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ގއ.ވިލިނގިލީ އޮޑިހަރުގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ހުސައިން ސިމާދު މަރުވެފައިވަނީ ކަރަންޓު ދަންތުރަ އެއްގައި ޖެހިގެން ކަމަށާއި އަދި އެކަހަލަ ދަންތުރަ ޖެހުމަކީ ގާނޫނީ ކުށެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ބުރާސްފަތި ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޔުނިޓުގެ އިސްވެރިޔާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރެވިފައި ނުވާއިރު، މި މައްސަލައިގައި ޝައްކު ކުރެވެނީ އޮޑިހަރުގެ ބެލެހެއްޓުމާއި ހަވާލުވެގެން ހުރި ގއ.ވިލިނގިލީ ސައިސަން، ސައީދު ހަސަނަށް ކަމަށެވެ.

Advertisement - newsAdvertisement

ސައީދު ހަސަންއަކީ މިހާރުވެސް ފެނަކައިގައި މަސައްކަތް ކުރަމުންދާ ކަރަންޓުގެ މަސައްކަތުގެ 40 އަހަރުގެ ތަޖުރިބާ ހުރި މީހެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ސިމާދު މަރުވެފައި އޮއްވާ ފެނިގެން ގއ.ވިލިނގިލީ ފުލުހުންނަށް ރިޕޯޓް ކުރީވެސް އޭނައެވެ.

މީހަކު މަރުވެފައި އޮތްކަމަށް ރިޕޯޓް ކޮށްގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން އެ ހަރުގޭގެ އުތުރު ފަރާތު މެދަކާ ހަމައިން މީހަކު އޮތް ކަމަށް ފުލުހުންނަށް ފާހަގަ ކުރެވިފައިވާ ކަމަށާއި އެ މީހާގެ ހަށިގަނޑުގެ ކުޑަކަޅުވާއާ ހަމައިން އެތެރެ އޮތީ ޓިނުގަނޑުގައި އަޅާފައިވާ ބާގަނޑެއްގެ ތެރޭގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުންނަށް ފެނުނު އިރު ސިމާދުގެ ހަށިގަނޑު އޮތީ ހަރުދަނޑިވެ ހިނިއަރާފައެވެ.

މި މައްސަލައިގައި ފުލުހުންނަށް ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އޮޑިހަރުގެ ކޯޓު އަމުރެއްގެ ދަށުން ބަލާފާސްކުރި އިރު އެ ބާގަނޑާ ދިމާލުން ކަރަންޓުގައި ޖެހޭގޮތަށް އޮތް ދެ ނަރު ފެނިފައިވާ ކަމަށާއި، އެ ނަރު އޮތީ ސިމާދުއާ 40 ފޫޓޫ ދުރަށް އެއްލާލާފައި ކަމަށް ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ. އަދި ސިމާދުގެ ހަށިގަނޑުން ނަރުގަނޑު ޖެހި ފިހިފައިވާ ތަންތަންވެސް ފެންނަން ހުރިކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން އެ ތަނުގެ ސަރކިޓް ބްރޭކަރ ހުރީ ނިއްވާލާފައި ކަމަށާއި އެއީ މީހަކު ގަސްތުގައި ކޮށްފައި ހުރި ކަމެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި އޮޑިހަރުގެއިން ވައްކަން ކޮށްގެން މީގެ ކުރިންވެސް އެތައް ފަހަރަކު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާ ހިނގުމުގެ ދެ މަސް ކުރިންވެސް އެތަނުން ވައްކަން ކޮށްފައިވެއެވެ. ނަމަވެސް ވައްކަން ކުރި ބާގަނޑު ހުރީ ވަރަށް އާދައިގެ ގޮތަކަށް ބަންދުކޮށްފައި ކަމަށާއި މިއީ ވަގުން ވަންނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް ފުލުހުންނަށް ބެލެވިފައިވާ ކަމަށް އެ އިދާރާއިން ވަނީ މައުލޫމާތު ދީފައެވެ.

ސިމާދުގެ މަރުގެ މައްސަލައިގައި ސައީދު ހަސަން ހައްޔަރުކޮށްފައި ނުވަނީ ކީއްވެގެންތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝީފާއު ވިދާޅުވީ މައްސަލައިގައި ހެކި ފޮރުވެން އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އަދި މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ނުވަނީ ތަހުގީގުގައި ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ. މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމުގެ ޔަގީންކަންވެސް އޭނާ ވަނީ އަރުވާފައެވެ.

އިންސާނާގެ ފުރާނަޔަށް ފަރުވާލެއް ނެތި ކުރާ އަމަލަކުން މީހަކު މަރުވުމަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 112ވަނަ މާއްދާގެ ދަށުން ކުށެކެވެ. މި ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
14 ޖެނުއަރީ 2017

ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ

14 ޖެނުއަރީ 2017
ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް