Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކްރައިސްޓްޗާޗް ހަމަލާ

ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި

21 މާރިޗު 2019 | ބުރާސްފަތި 05:39

ދެމިސްކިތަކަށް ހަމަލާދީ 50 މީހުން މަރާލި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 21 މާރިޗު 2019 | ބުރާސްފަތި 05:39
ނިއުޒީލަންޑްގެ ބޮޑުވަޒީރު ޖެސީންޑާ އެޑާން

ނިއުޒީލަންޑްގެ ބޮޑުވަޒީރު ޖެސީންޑާ އެޑާން

ނިއުޒީލެންޑުގެ ކްރައިސްޓްޗާޗްއަށް މިދިޔަ ހުކުރު ދުވަހު ދިން ހަމަލާއާއި ގުޅިގެން ހުކުރު ނަމާދު ވަގުތުގެ ބަންގި ގައުމީ ޓީވީ މެދުވެރިކޮށް ހުކުރު ދުވަހު ބްރޯޑްކާސްޓް ކުރާނެ ކަމަށް ނިއުޒީލަންޑްގެ ބޮޑުވަޒީރު ޖެސީންޑާ އެޑާން ވިދާޅުވެއްޖެއެވެ.

ޖެސީންޑާ ވިދާޅުވީ އެގޮތަށް ނިންމެވީ މުޅި ނިއުޒީލަންޑް އޮތީ މުސްލިމް އާބާދީގެ ހައްގުގައިކަމާއި އެ ހަމަލާގައި މަރުވި މީހުންނާއި ޒަޚަމްވި މީހުންނާއި އެއްބައިވުމުގެ ގޮތުން ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ކްރައިސްޓްޗާޗުގައި ހުންނަ ދެމިސްކިތަކަށް ހަމަލާދީ 50 މީހުން މަރާލާފައިވާއިރު އެތައް ބަޔަކަށް މިހާރު ވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އެހަމަލާ ދީފައިވަނީ އޮސްޓްރޭލިއާގެ ޓެރަރިސްޓެއް ކަމަށްވާ ބްރެންޓޮން ޓެރަންޓްއެވެ. ޓެރަންޓް ވަނީ އޭނާ މި އަނިޔާވެރި ހަމަލާ ދިން ވަގުތު އެ މުޅި ހަމަލާ ފޭސްބުކް މެދުވެރިކޮށް ލައިވް ސްޓްރީމް ވެސް ކޮށްފައެވެ. އަދި ހަމަލާދޭން ފެށުމުގެ ކުރިން އޭނާ ވަނީ ވީޑިއޯގައި އޭނާގެ މޫނު ވެސް ދައްކާފައެވެ. އޭނާ ވަނީ ހަމަލާގެ ކުރިން މުސްލިމުންނާ ދެކޮޅު މެނިފެސްޓޯއެއް ޓްވިޓާގައި އާއްމުކޮށްފައެވެ.

ހަމަލާގައި މީހުންގެ ތެރޭގައި ސައުދީ އަރަބިއްޔާ، ތުރުކީ، އުރުދުން، ބަންގްލަދޭޝް، އިންޑޮނީޝިއާ އަދި މެލޭޝިއާއަށް ނިސްބަތްވާ މުސްލިމުން ހިމެނެއެވެ.

ހުކުރު ނަމާދު ވަގުތުގެ ބަންގި ގައުމީ ޓީވީ މެދުވެރިކޮށް ހުކުރު ދުވަހު ބްރޯޑްކާސްޓް ކުރާނެ ކަމަށް ނިއުޒީލެންޑް އިން ހާމަ ކޮށްފައިވާއިރު ހަމަލާތަކަށް ފަހު ނިއުޒީލެންޑްގެ ގާނޫނު ހަދާ މަޖިލީހުން ފުރަތަމަ ފަހަރަށް ބޭއްވި ޖަލްސާ ފަށާފައި ވަނީ ވެސް ކީރިތި ގުރުއާނުގެ ބަރަކާތުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

12 އޮކްޓޯބަރު 2017

ހަލަބޮލިކަމަށް ވެއްޓިފައިވާ ސްޕެއިން، ގައުމީ ދުވަސް ފާހަގަ ކުރަނީ

12 އޮކްޓޯބަރު 2017
ހަލަބޮލިކަމަށް ވެއްޓިފައިވާ ސްޕެއިން، ގައުމީ ދުވަސް ފާހަގަ ކުރަނީ
07 ސެޕްޓެމްބަރު 2017

ޓޯގޯގައި ޤާނޫނު އަސާސީ އިސްލާހުކުރުމަށް ގޮވާލައި މުޒާހަރާކޮށްފި

07 ސެޕްޓެމްބަރު 2017
ޓޯގޯގައި ޤާނޫނު އަސާސީ އިސްލާހުކުރުމަށް ގޮވާލައި މުޒާހަރާކޮށްފި
01 ސެޕްޓެމްބަރު 2017

ސީރިއާގެ ރައީސް އީދު ނަމާދުގައި ބައިވެރިވެ ވަޑައިގެންފި

01 ސެޕްޓެމްބަރު 2017
ސީރިއާގެ ރައީސް އީދު ނަމާދުގައި ބައިވެރިވެ ވަޑައިގެންފި
21 ޖުލައި 2017

އުމުރުން 50 އަހަރުން ދަށުގެ މީހުން އަގްސާ މިސްކިތަށް ހުކުރު ނަމާދަށް ނުވަދެވޭނެ ކަމަށް އިޒްރޭލު ފުލުހުން ބުނެފި

21 ޖުލައި 2017
އުމުރުން 50 އަހަރުން ދަށުގެ މީހުން އަގްސާ މިސްކިތަށް ހުކުރު ނަމާދަށް ނުވަދެވޭނެ ކަމަށް އިޒްރޭލު ފުލުހުން ބުނެފި
13 ޖޫން 2017

އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާގެ ގައުމީ ސަަލާމަތަށް މިހާރުން މިހާރަށް ނުރައްކާވެފައިވާ އެންމެ ބޮޑު މައްސަލަ: ޖޭމްސް މެޓިސް

13 ޖޫން 2017
އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާގެ ގައުމީ ސަަލާމަތަށް މިހާރުން މިހާރަށް ނުރައްކާވެފައިވާ އެންމެ ބޮޑު މައްސަލަ: ޖޭމްސް މެޓިސް
09 ޖޫން 2017

އައިސިސް އިން ހަމަލާދީ އިރާގުގައި ހުކުރު ދުވަހު 20 މީހުން މަރާލައިފި

09 ޖޫން 2017
އައިސިސް އިން ހަމަލާދީ އިރާގުގައި ހުކުރު ދުވަހު 20 މީހުން މަރާލައިފި
23 މެއި 2017

ގެފުޅު ވަށައިގެން ތަވާފްކުރާ ސަރަހައްދުގައި ސުންނަތް ނަމާދު ކުރުން މަނާކޮށްފި

23 މެއި 2017
ގެފުޅު ވަށައިގެން ތަވާފްކުރާ ސަރަހައްދުގައި ސުންނަތް ނަމާދު ކުރުން މަނާކޮށްފި
19 މެއި 2017

ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ

19 މެއި 2017
ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ
02 މެއި 2017

ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ

02 މެއި 2017
ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް