Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ މައްސަލަ

އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާގެ ގައުމީ ސަަލާމަތަށް މިހާރުން މިހާރަށް ނުރައްކާވެފައިވާ އެންމެ ބޮޑު މައްސަލަ: ޖޭމްސް މެޓިސް

އުތުރު ކޮރެއާގެ އަމަލުތަކާއި ހެދި ބައިނަލްއަގްވާމީ ގިނަ ފާޑުކިޔުން އުތުރު ކޮރެއާ އަށް ވަނީ އަމާޒުވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 13 ޖޫން 2017 | އަންގާރަ 04:11
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް

އުތުރު ކޮރެއާ އިން ކުރިއަށް ގެންދާ މިސައިލް އަދި ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާގެ ގައުމީ ސަަލާމަތަށް މިހާރުން މިހާރަށް ނުރައްކާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއެއް ކަމަށްވާ "ހައުސް އާރމްޑް ސާވިސަސް ކޮމިޓީ" އަށް ލިޔުމުން ދެއްވި ބަޔާނެއްގައި މެޓިސް ވިދާޅުވީ، އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މިހާރު ދިމާވެފައިވާ ނުރައްކަލެއް ކަމަށާއި އަދި އުތުރު ކޮރެއާ އިން ބައިނަލްއަގްވާމީ މުޖުތަމައު ރުޅި އަރުވަން ކުރާ ކަންކަމަކީ ބައިނަލްއަގްވާމީ ގާނޫނުތައް މަނާކުރާ ކަމެއް ކަމަށެވެ. އަދި އދ. އިން ފިޔަވަޅު އެޅިއަސް ބޯވެސް ނުލަނބާ ކަަމަށެވެ.

މެޓިސް އިތުރަށް ވިދާޅުވީ އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރުގެ ބާރު ހޯދުމަށް އެދި ކުރާ ކަންކަން ފުޅާކޮށް އަދި އަވަސް ވެސް ކޮށްފައިވާ ކަމަށެވެ. މިހިނގާ މޭމަހު އދ. އިން ވަނީ އުުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތައް އަޅާފައެވެ. ދަތިކުރުމުގެ ފިޔަވަޅާ ބެހޭ ގަރާރަކީ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ވެރިކަމަށް ވަޑައިގަތް ފަހުން ޗައިނާ އާއި އެމެރިކާ އެއްބަސްވެގެން ނެރުނު މިފަދަ ފުރަތަމަ ގަރާރެވެ.

އުތުރު ކޮރެއާ އިން ވަނީ މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ގިނަ އަދަދެއްގެ މިސައިލްތައް ޓެސްޓްކޮށް އަދި ނިއުކްލިއާ ދެ ބޮން ޓެސްޓްކޮށްފައެވެ. މިފަދަ ޓެސްޓްތަކާ ގުޅިގެން އެމެރިކާގެ ލޯ ވަނީ އުތުރު ކޮރެއާ އަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ. ސަބަބަކީ އުތުރު ކޮރެއާ އިން ވަނީ ނިއުކްލިއާ ހަތިޔާރާ އެކީ އެމެރިކާ އަށް ފޯރާނެ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ތަރައްގީ ކުރާނެ ކަމަށް ވައުދުވެފައެވެ.

އުތުރު ކޮރެއާ އިން އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) އެއް ޓެސްޓް ކުރަން ވަަރަށް އަވަހަށް ތައްޔާރުވެ ނިމޭނެ ކަމަށް އެ ގައުމުން ހޮނިހިރު ދުވަހު ވަނީ ބުނެފައެވެ. އެގައުމުގެ ރޫލިން ޕާޓީ ކަމަށްވާ ވޯކާސް ޕާޓީގެ ރަސްމީ ނޫސް ކަމަށްވާ ރޮޑޮންގް ސިންމަން އިން ބުނީ އެންމެ ފަހުން އެގައުމުން ކުރި ހަތިޔާރު ޓެސްޓްތަކަށް ބަލާއިރު އައިސީބީއެމް އެއް ޓެސްޓް ކުރުން، މާ ދުރުނޫން ކަން އެނގި ހާމަވާ ކަމަށެވެ. މިއަހަރުގެ އާ އަހަރުގެ ތަގުރީރުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ވިދާޅުވެފައި ވަނީ އައިސީބީއެމްއެއް ތަރައްގީ ކުރުމުގެ ފަހުގެ މަރުހަލާގައި އުތުރު ކޮރެއާ ވާ ކަމަށެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު