Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްޕެއިން

ހަލަބޮލިކަމަށް ވެއްޓިފައިވާ ސްޕެއިން، ގައުމީ ދުވަސް ފާހަގަ ކުރަނީ

ކެޓަލޯނިއާ މިނިވަންވުމަށް ކުރާ މަސައްކަތާ ގުޅިގެން ގައުމު ވަނީ ހަލަބޮލިވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2017 | ބުރާސްފަތި 06:08
ސްޕެއިންގެ ބޮޑު ވަޒީރު މާރިއާނޯ ރަޚޮއި، ގައުމީ ދުވަހާ ގުޅިގެން މެޑްރިޑްގައި ބާއްވާ ޕެރޭޑްތައް ބައްލަވާލައްވަން ވަޑައިގަންނަވާނެ

ސްޕެއިންގެ ބޮޑު ވަޒީރު މާރިއާނޯ ރަޚޮއި، ގައުމީ ދުވަހާ ގުޅިގެން މެޑްރިޑްގައި ބާއްވާ ޕެރޭޑްތައް ބައްލަވާލައްވަން ވަޑައިގަންނަވާނެ

ކެޓަލޯނިއާގެ މިނިވަންކަމުގެ ވޯޓާ ގުޅިގެން ސްޕެއިން ހަލަބޮލިކަމެއްގެ ތެރެެއަށް ވެއްޓިފައިވާއިރު ސްޕެއިން އިން ދަނީ އެގައުމުގެ ގައުމީ ދުވަސް ބުރާސްފަތި ދުވަހު ފާހަގަ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ސްޕެއިންގެ ގައުމީ ދުވަހަކީ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަސް ކަމަށްވާ އިރު ސްޕެއިންގެ ބޮޑު ވަޒީރު މާރިއާނޯ ރަޚޮއި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ބުދަ ދުވަހު ވިދާޅުވީ ސްޕެއިންއަށް މިހާރު ދިމާވެފައިވާ ހާލަތަކީ އެގައުމުގެ 40 އަހަރުގެ ޑިމޮކްރަސީގެ ތާރީޚުގައި ދިމާވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމަށެވެ.

ސްޕެއިންގެ ގައުމީ ދުވަހަކީ ޕަބްލިކް ހޮލިޑޭއަކަށްވާއިރު އެދުވަސް ސްޕެއިންގައި ފާހަގަ ކުރަމުން ދަނީ ސްޕެއިންގެ އެކި ސަރަހައްދުތައް އަލުން ރީ-ޔުނިފައި ކުރުން ފާހަގަ ކުރުމަށާއި އަދި 1492 ގައި އެމެރިކާ އަށް އަށް ކްރިސްޓޮފާ ކޮލަމްބަސް ވަޑައިގެންނެެވި ވަޑައިގެންނެވުން ފާހަގަކުރުމަށެވެ.

ސްޕެއިންގެ ގައުމީ ދުވަހާ ގުޅިގެން ހާއްސަ ޕްރޭޑްތަކާއި އެކި ހަރަކާތްތައް ސްޕެއިންގައި އޮންނާނެއެވެ.

ކެޓަލޯނިއާ ސްޕެއިން އިން މިނިވަންވުމަށް ކުރާ މަސައްކަތާ ގުޅިގެން ގައުމު ހަލަބޮލިވެފައިވާއިރު، ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ފެނޭތޯ ބެލުމަށް އޮކްޓޯބަރު 1 ގައި ބޭއްވި ވޯޓުގައި، 90 ޕަސެންޓް މީހުން ސްޕެއިން އިން މިިނިވަން ވާން ފެންނަ ކަމަށް އާނ ބަސް ބުނެފައި ވެއެވެ. ކެޓަލޯނިއާގައި ނެގި ވޯޓާ ގުޅިގެން ސްްޕެއިންގެ މައި ސަރުކާރުން ބުނެފައި ވަނީ އެ ވޯޓަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އެއްޗެއް ކަމަށެވެ. ވޯޓު ނިމުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސްޕެއިންގެ ބޮޑުވަޒީރު މާރިއާނޯ ރަޚޮއި ވިދާޅުވީ ޣައިރު ގާނޫނީ ވޯޓެއްގައި ބައިވެރިކޮށް ކެޓަލޯނިއާގެ ރައްޔިތުން މޮޔަ ހައްދާފައިވާ ކަމަށެވެ. ބޮޑުވަޒީރު ވަނީ އެ ވޯޓަކީ ޑިމޮކްރަސީއަށް ކުރި ފުރައްސާރައެއް ކަމަށް ވިދާޅުވެފައެވެ.

ވޯޓަށް ފަހު ކެޓަލޯނިއާގެ މިނިވަންކަން އިއުލާންކޮށްފިތޯ ބަލަން ސްޕެއިން އިން ވަނީ ކެޓަލޯނިއާގެ ލީޑަރަށް ފަސް ދުވަހުގެ މުހުލަތެއް ދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާގެ ގައުމީ ސަަލާމަތަށް މިހާރުން މިހާރަށް ނުރައްކާވެފައިވާ އެންމެ ބޮޑު މައްސަލަ: ޖޭމްސް މެޓިސް

އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާގެ ގައުމީ ސަަލާމަތަށް މިހާރުން މިހާރަށް ނުރައްކާވެފައިވާ އެންމެ ބޮޑު މައްސަލަ: ޖޭމްސް މެޓިސް

13 ޖޫން 2017
ޓްރަމްޕްގެ 'ބޯ ބުރިކުރި' މައްސަލައިގައި ސީއެންއެންގެ ދުވަސްވީ ކޮމީޑިއަނެއް ގެއަށް!

ޓްރަމްޕްގެ 'ބޯ ބުރިކުރި' މައްސަލައިގައި ސީއެންއެންގެ ދުވަސްވީ ކޮމީޑިއަނެއް ގެއަށް!

01 ޖޫން 2017
މުޒާހަރާތަކަށް 50 ދުވަސް ފުރުން ފާހަގަކުރުމަށް ވެނެޒުއެލާގައި ބޮޑު ހިނގާލުމެއް ބާއްވައިފި

މުޒާހަރާތަކަށް 50 ދުވަސް ފުރުން ފާހަގަކުރުމަށް ވެނެޒުއެލާގައި ބޮޑު ހިނގާލުމެއް ބާއްވައިފި

22 މެއި 2017
އެންމެފަހުން ވެނުޒުއެލާގެ އުމުރުން ދުވަސްވީ މީހުންވެސް މަގުމައްޗަށް ނުކުމެއްޖެ!

އެންމެފަހުން ވެނުޒުއެލާގެ އުމުރުން ދުވަސްވީ މީހުންވެސް މަގުމައްޗަށް ނުކުމެއްޖެ!

13 މެއި 2017
ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ

ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ

02 މެއި 2017

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު