Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

ރާއްޖޭގައި އިންސާފު ޤާއިމު ނުކުރެވި ބޭނުންވާ ބަދަލެއް ނުހޯދޭނެ: ނަޝީދު

އަނަސްގެ މަރަކީ އެންމެ ބޮޑަށް ގޮތް ނޭނގޭ ގޮތަކަށް ހިނގާފައިވާ މަރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 މާރިޗު 2019 | ބުދަ 12:11
ރ. މީދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ނަޝީދު ވާހަކަ ދައްކަވަނީ

ރ. މީދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ނަޝީދު ވާހަކަ ދައްކަވަނީ

ރާއްޖޭގައި އިންސާފު ޤާއިމުނުކުރެވި ބޭނުންވާ ބަދަލު ނުހޯދޭނެ ކަމަށް އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީސް އިންތިހާބަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް އާދަމް ޝިހާމްގެ ކެމްޕެއިން ޖަލްސާގައި ރ. މަޑުއްވަރީ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ނަޝީދު ވަނީ މީދޫއަށް ނިސްބަތްވާ ޒުވާނާ، މުހައްމަދު އަނަސް ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ހުއްޓާ ވަޅިން ހަމަލާދީ މަރާލި މައްސަލައަށް އިންސާފު ނުލިބިވާކަން ފާހަގަ ކުރައްވާފައެވެ.

Advertisement - newsAdvertisement

އަނަސްގެ މަރަކީ އެންމެ ބޮޑަށް ގޮތް ނޭނގޭ ގޮތަކަށް ހިނގާފައިވާ މަރު ކަމަށާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގޮތް ނޭނގޭ މަރުތައް ތަހުޤީޤު ކުރުމަށް ކޮމިޝަނެއް އެކުލަވާލާ، އެ ކޮމިޝަންގެ ފަރާތުން ރައްޔިތުން މަޖިލީހަށް ބިލްތައް ހުށަހެޅުމުން، މަޖިލިސް ރައީސް ޤާސިމް އިބްރާހީމް އެ ބިލްތަކަކީ މުހިންމު ބިލްތަކެއް ކަމަށް ދެކިވަޑައިނުގެންނެވި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގައި ގޮތް ނޭނގޭ މަރުތައް އިތުރުވަމުން އަންނަ ކަމަށާއި އެ އަމަލު ހިންގާފައި ފިލާ މީހުންތައް ނުހޯދެންޏާ ސަރުކާރެއްގެ ބޭނުމެއް ނޯންނާނެ ކަމަށެވެ. އަދި އެޖެންޑާ 19 މެދުވެރިކޮށް ރައްޔިތުން ބޭނުންވާ އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުގައި މީދޫގެ މަގުތައް ނިންމައިދޭނެ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

އެމްޑީޕީ އަދި ރައީސް ސޯލިހް ވެސް ތާއީދު ކުރައްވާ ކެންޑިޑޭޓަކީ އާދަމް ޝިހާމް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރ އަތޮޅަށް އެމްޑީޕީގެ ފަރާތުން ފެށި މި ކެމްޕޭން ދަތުރުތައް ނިންމާލާފައިވާއިރު ޖުމްލަ 8 ރަށަށް ވަނީ ގޮސްފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު