Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާކަސް ރަޝްފޯޑް

ރަޝްފޯޑްގެ އެއްބަސްވުން އެއް އަހަރަށް އިތުރުކުރަނީ

20 މާރިޗު 2019 | ބުދަ 04:00

ރަޝްފޯޑްގެ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވޭ

ލީވާން އަލީ
ލީވާން އަލީ | 20 މާރިޗު 2019 | ބުދަ 04:00
މާކަސް ރަޝްފޯޑް

މާކަސް ރަޝްފޯޑް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އެއް އަހަރަށް އިތުރުކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އުމުރުން 21 އަހަރުގެ ރަޝްފޯޑްގެ އެއްބަސްވުން އިތުރުކުރުމަށް މިހާރު ހަމަޖެހިފައިވަނީ އެއް އަހަރަށެވެ. އަދި އެކަމަށް ރަޝްފޯޑްވެސް އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ސީޒަނަށްފަހު ޔުނައިޓެޑާއެކު ރަޝްފޯޑް ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، ރިޕޯޓްތައް ބުނާ ގޮތުން އޭނާއާ ފުރަތަމަ މަޝްވަރާ ކުރެވުނީ އެއްބަސްވުން ފަސް އަހަރަށް އިތުރުކުރާށެވެ. ނަމަވެސް ފަހުން ނިމިފައި ވަނީއެއް އަހަރަށް އިތުރުކުރަން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަޝްފޯޑް ހޯދަން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން ރެއާލް މެޑްރިޑުން އަންނަނީ ވަރަށް ބޮޑަށް އޭނާ ހޯދަން މަސައްކަތް ކުރަމުންނެވެ.

ޔުނައިޓެޑުގެ ފުރަތަމަ 11 އިން ޖާގަ ލިބުން ކުރިން ދަތިވެފައިވާ ރަޝްފޯޑަށް އާ ކޯޗު ސޮލްޝެއާ ޓީމާ ހަވާލުވިފަހުން މިހާރު ފުރަތަމަ 11 އިން ފުރުސަތު ލިބުން ވަނީ ގިނަވެފައެވެ.

މެންޗެސްޓާ ޔުނައިޓެޑުން 2015 ވަނަ އަހަރުގެ ސީޒަނުގައި ސީނިއާ ކެރިޔަރު ފެށި ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ކުޅުނު 161 މެޗުގައި 44 ލަނޑު ކާމިޔާބުކޮށްފައެވެ.

ރަޝްފޯޑް ވަނީ ޔުނައިޓެޑާއެކު އެފްއޭ ކަޕް، ލީގް ކަޕް، އެފްއޭ ކޮމިއުނިޓީ ޝިލްޑް އަދި ޔުއެފާ ޔޫރޮޕާ ލީގުވެސް ކާމިޔާބުކޮށްފައެވެ.

އިންގްލޭންޑް ގައުމީ ޓީމާއެކު ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕްގެ ހަތަރުވަނަ ހޯދި ރަޝްފޯޑް ވަނީ އެޓީމަށް ކުޅުނު 31 މެޗުގައި ހަ ލަނޑު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

17 މެއި 2017

ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކުރުމަށް އިންޑިއާއިން އެދިއްޖެ

17 މެއި 2017
ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކުރުމަށް އިންޑިއާއިން އެދިއްޖެ
03 މެއި 2017

ފާއިތުވި ދެ އަހަރަށް ފަހު މޮނަކޯ ފެންނަނީ ތަފާތުކޮށް: އެލެގްރީ

03 މެއި 2017
ފާއިތުވި ދެ އަހަރަށް ފަހު މޮނަކޯ ފެންނަނީ ތަފާތުކޮށް: އެލެގްރީ
30 އެޕްރީލު 2017

ޕްރިމިއާ ލީގު: 10 އަހަރަށްފަހު ސަންޑަލޭންޑް ރެލިގޭޓްވެއްޖެ

30 އެޕްރީލު 2017
ޕްރިމިއާ ލީގު: 10 އަހަރަށްފަހު ސަންޑަލޭންޑް ރެލިގޭޓްވެއްޖެ
20 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ޑޯޓްމަންޑް ކަޓުވާލާ 13 އަހަރަށްފަހު މޮނާކޯ ސެމީއަށް

20 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ޑޯޓްމަންޑް ކަޓުވާލާ 13 އަހަރަށްފަހު މޮނާކޯ ސެމީއަށް
17 އެޕްރީލު 2017

ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ

17 އެޕްރީލު 2017
ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ
03 އެޕްރީލު 2017

ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ

03 އެޕްރީލު 2017
ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް