Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކުރުމަށް އިންޑިއާއިން އެދިއްޖެ

މީގެ ކުރިން މުބާރާތް ބޭއްވުމަށް ހަމަޖެހިފައި އޮތީ ޑިސެމްބަރު މަހުގެ 25 އިން ޖެނުއަރީ 6 ގެ ނިޔަލަށް ބަންގާޅުގަ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 17 މެއި 2017 | ބުދަ 13:20
ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި މެޗެއްގެ ތެރެއިން

ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި މެޗެއްގެ ތެރެއިން

ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް މުބާރާތް އަންނަ އަރަށް ފަސްކުރުމަށް އިންޑިއާއިން އެދިއްޖެއެވެ

އަންގާރަ ދުވަހު އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި، ސައުތް އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (ސާފް) ގެ ޖެނެރަލް ސެކެޓްރީ އަންވަރުލް ހައްދު ވަނީ މިކަން ކަޝަވަރު ކޮށްދީފައެވެ.

އިންޓަވިއުގައި އޭނާ ބުނެފައިވަނީ، އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕްގެ ޝެޑިއުލް ލަސްވުމާއި ގުޅިގެން އެގައުމުގެ ފުޓުބޯޅަ ޝެޑިއުލަށް ބަދަލުތަކެއް އައުމުގެ ސަބަބުން، ސާފް ޗެމްޕިއަންޝިޕް މުބާރާތް ފަސްކުރުމަށް އެގައުމުން އެދިފައި ވާކަމަށެވެ.

އިންޑިއާގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑްލަޕް އޮންނާނީ އޮކްޓޫބަރު 6 އިން 28 ހުގެ ނިޔަލަށެވެ. އެހެންކަމުން ސާފް ޗެމްޕިއަންޝިޕް ޑިސެމްބަރުގައި ފެށުމަށް ހަމަޖެހިފައި ވާއިރު އެ ތާރީހަށް އިންޑިއާގެ އައި ލީގުގެ ކުޅުން ނުނިމޭނެ އެވެ.

އަންވަރުލް ހައްގު ބުނެފައިވަނީ، އިންޑިއާއިން ބޭނުންވަނީ މުބާރާތް އަންނަ އަހަރުގެ މާޗު މަހަށް ފަސްކުރަން ކަމަށާ، އެހެންކަމުން މުބާރާތުގެ މާކެޓިން އޭޖެންޓާއި މަޝްވަރާކުރެވެމުން ދާކަމަށެވެ. އަދި އިންޑިއާއިން މުބާރާތުގައި ވާދަ ނުކުރެވޭނަމަ ސްޕޮންސްރުގެ މައްސަލަތަކެއް ހުންނާނެ ކަމަށްވެސް އަންވަރުލް ހައްގު ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އޯލް އިންޑިއާ ފުޓުބޯޅަ ފެޑެރޭޝަނުގެ ނައިބު ރައީސް ސުބުރަތާ ބުނީ 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް އިންޑިއާގައި ބާއްވާތީ މިއީ އެގައުމަށް ވަރަށް ޙާއްސަ އަހަރެއް ކަމަށާ، އެހެންކަމުން ސާފް އިން އިންޑިއާގެ އެދުމަށް އިހްތިރާމް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ގައުމެވެ. އެގައުމުން ވަނީ ހަތް އަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. ހަމަ އެހެންމެ މީގެ ކުރިން އިންޑިއާއަކީ މުބާރާތުގެ ތާރީހު ކަނޑައެޅުމުގައި ބޮޑު ރޯލެއް އަދާކުރާ ގައުމެއްކަމުން މުބާރާތް ފަސްކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

މީގެ ކުރިން މުބާތް ބޭއްވުމަށް ހަމަޖެހިފައި އޮތީ ޑިސެމްބަރު މަހުގެ 25 އިން ޖެނުއަރީ 6 ގެ ނިޔަލަށް ބަންގާޅުގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މާރިޗު
ޕިއްޒާ ޕޮޕާސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޕޮޕާސް

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު
20242 އަހަރު ކުރިން
ރާއްޖެ

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ
20197 އަހަރު ކުރިން
ރިޕޯޓު

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން
20188 އަހަރު ކުރިން
ތަފާތު ޚަބަރު

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު