Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެން ވައިރު ކުރުން

ފެން ވައިރުކުރުމުގެ ގައުމީ މިންގަނޑެއް އެކުލަވާލަނީ

20 މާރިޗު 2019 | ބުދަ 05:54

ގޭގޭގައި ފެން ވައިރުކޮށްފައި ހުންނަ ގޮތުން ފެން ތަޣައްޔަރުވޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 20 މާރިޗު 2019 | ބުދަ 05:54
ފެނުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ފެނުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ފެން ވައިރުކުރުމުގެ ގައުމީ މިންގަނޑެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވެއްޖެއެވެ.

ބޯފެނަށް ކުރަންޖެހޭ ހަރަދާއި ޕްލާސްޓިކް ފުޅި މަދުކުކުރަން މި ސަރުކާރުން ވެފައިވާ ވައުދާ ބެހޭ ގޮތުން އެންވަޔަރަމެންޓް މިނިސްޓްރީގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ ހުސެން ވިދާޅުވީ އެމްޑަބްލިޔުއެސްސީން ދޫކުރާ ފެނަކީ ބޯން ރައްކާތެރި ފެނަކަށް ވިޔަސް، ގޭގޭގައި ފެން ވައިރުކޮށްފައި ހުންނަ ގޮތުން ފެން ތަޣައްޔަރުވާ ކަމަށެވެ.

Advertisement - newsAdvertisement

ކަރަންޓު ވައިރުކުރުމުގައި އަމަލުކުރަންޖެހޭ ގައުމީ މިންގަނޑު އޮންނަ ފަދައިން ފެން ވައިރުކުރުމުގައި ވެސް ގައުމީ މިންގަނޑެއް އޮންނަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވީ ތަޣައްޔަރު ވެފައިވާ ފެން ބޭނުން ކުރުމުން ސިއްހީ މައްސަލަތައް ދިމާވުން އެކަށީގެންވާތީ، ފެން ވައިރު ކުރުމުގައި ވަކި މިންގަނޑެއް ބެހެއްޓުން މުހިއްމު ކަމަށެވެ.

"ސިއްހީ ގޮތުން ނުރައްކާތެރިކަން ކުރިމަތިވޭ، އަޅުގަނޑުމެންގެ އަމަލުތައް ބައެއް ފަހަރު ހުންނަ ގޮތުން. ފެން ވައިރު ކުރުމަކީ ވެސް ވަކި ފެންވަރެއްގައި ކުރަންޖެހޭ ކަމަކަށް ވުމުން އަޅުގަނޑުމެން ޖެހޭ އެކަންތައް ވެސް ޔަގީންކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ފެނުގެ ކޮލިޓީ އަބަދުވެސް މޮނިޓަރ ކުރަމުން ގެންދާނެ ކަމަށާއި، ސަޕްލައި ފެނަކީ ސިއްޙީ އެއްވެސް މައްސަލައެއް ދިމާނުވާނެ ފެނެއްކަން ކަށަވަރުކޮށްދޭ ކަމަށެވެ. "ސަޕްލައި ފެން ބުއިން އިތުރުކުރަން އެބަޖެހޭ. ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަބަދުވެސް މަސައްކަތް ކުރާނަން،" ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮޓޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ ފެނުގެ ކޮލިޓީ ބެލުމަށް އެމްޑަބްލިއުއެސްސީން ފޯރުކޮށްދެމުންދާ ސަޕްލައި ފެން އެކި ސަރަޙައްދުތަކުން ސާމްޕަލް ނަގައި ތަހްލީލުކޮށް، އެ ފެނުގައި ހުރި މާއްދާތައް ބަލައި ދެނެގަނެފައިވާ ކަމަށެވެ. އަދި އެ ފެނަކީ ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ އިތުރަށް ވެސް ކޮލިޓީ ހިފަހައްޓައި، ބުއިމަށް ވެސް އެންމެ އެކަށީގެންވާ ކޮލިޓީގައި ފޯރުކޮށްދެމުންދާ ފެނެއް ކަން އެއޮތޯރިޓީން ކަށަވަރު ކޮށްދޭ ކަމަށެވެ.

އެމްޑަބްލިޔުއެސްސީން ދޫކުރާ ފެނަކީ ތިން މަރުހަލާއަކުން ސާފުކޮށްފައިވާ ފެން ކަމަށާއި، އެ ފެނުގައި އެއްވެސް ޖަރާސީމެއް ނެތް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަދި އެމްޑަބްލިޔުއެސްސީ އިން ވަނީ ކަށަވަރުކޮށްދިނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް