Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ އެޖެންޑާ 19 ކެމްޕެއިން ހަރަކާތްތައް

އެޖެންޑާ 19 ގެ ވެށިފަހި ޕްރޮގްރާމްގެ މައުލޫމާތު ބައްދަލުވުމެއް މާދަމާރޭ ކާނިވަލްގައި

ބުދަ ދުވަހުގެ ރޭ 9:00 ގައި ކާނިވަލްގައި އިވެންޓް ފެށޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 މާރިޗު 2019 | އަންގާރަ 10:45
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އެޖެންޑާ 19 ގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކުގެ ދަށުން ކުރިއަށް ގެންދާ "ވެށިފަހި" ޕްރޮގްރާމްގެ މައުލޫމާތު ބައްދަލުވުމެއް ބުދަ ދުވަހުގެރޭ ކާނިވަލް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އަންގާރަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، އެޖެންޑާ 19 ގެ ދަށުން ހިންގާ ވެށިފަހި ޕްރޮގްރާމްގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބާއްވާ މި ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، މާލޭ ސިޓީ ކައުންސިލުގެ މޭޔަރ ޝިފާ މުހައްމަދު ވެސް ބައިވެރިވެ ވަަޑައިގަންނަވާނެ ކަމަށެވެ.

ބުދަ ދުވަހުގެ ރޭ 9:00 ގައި ކާނިވަލް ސަރަހައްދުގައި މި ބައްދަލުވުން ފެށިގެންދާއިރު، މިއީ ބޯހިޔާވަހިކަމަށް އެދިވަޑައިގެން ތިއްބެވި ބޭފުޅުންނަށް ވަރަށް މުހިއްމު މައުލޫމާތުތަކެއް ފޯރުކޮށްދެވޭނެ ބައްދަލުވުމެއް ކަމަށާއި، މި ބައްދަލުވުމަށް ވެށިފަހި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދިލައްވާފައިވާ ފަރާތްތަކާއި، ފްލެޓާއި ގޯތި ލިބިވަޑައިގެންފައި ނުވާ ބޭފުޅުން ބައިވެރިވެ މައުލޫމާތު ސާފުކުރުމަށް އެ ޕާޓީން އެދިފައިވެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެންނާނެ ކަމަށް އެމްޑީޕީގެ އެޖެންޑާ 19 ގައި މުހިއްމު ސިޔާސަތުތަކެއް ކަނޑައަޅާފައިވާއިރު، މާލޭގެ ގޯތި ގެދޮރު ނެތް ހުރިހާ ފަރާތްތަކަށް ވެރިކަމުގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ސަރުކާރުން ވައުދުވެފައިވާނެ ކަމަށާއި، މާލެއަށް ޚާއްސަކޮށް، އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރު ނެތް ރައްޔިތުންނަށް ޚާއްސަކޮށްގެން ބޮޑު ހައުސިންގް ޕްރޮޖެކްޓެއް ދާދި އަވަހަށް އިއުލާނު ކުރެވިގެންދާނެ ކަމަށް ރައީސް ސޯލިހު ވެސް ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު