Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވޭސްޓް މެނޭޖްމަންޓް ފެސިލިޓީ

އައްޑޫ އާއި ފުވައްމުލުކުގެ ކުނި މެނޭޖު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

19 މާރިޗު 2019 | އަންގާރަ 09:12

ކުނިން ހަކަތަ އުފައްދަން މަގުފަހި ކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެއް

އަމަން ހަލީމް
އަމަން ހަލީމް | 19 މާރިޗު 2019 | އަންގާރަ 09:12
ކުނި މެނޭޖް ކުރުމުގެ އެއްބައްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކުނި މެނޭޖް ކުރުމުގެ އެއްބައްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ ކުނި މެނޭޖް ކުރުމަށާއި ކުނިން ހަކަތަ އުފައްދައިދޭ ފެސިލިޓީއެއް ގާއިމް ކުރުމުގެ އެއްބަސްވުމެއްގައި ކޮރެއާގެ "ލޮޓަސް – ކުންވާ ޖޮއިންޓް ވެންޗަރ" ކުންފުންޏާ އެކު ސޮއިކޮށްފިއެވެ.

ބުރާސްފަތިި ދުވަހު އައްޑޫސިޓީ ނޭޗަރ ޕާރކުގައި ކުރިއަށްދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި މި ފެސިލިޓީ ގާއިމުކުރުމަށް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ހުސައިން ރަޝީދު ހަސަންއެވެ. ލޮޓަސް ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް ލިންޑޮން ޔިލްއެވެ.

Advertisement - newsAdvertisement

ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އާއި ފުވައްމުލަކުގެ މޭޔަރު އަބްދުﷲ ފަލާހް ޝަރީފް ވެސް ބައިވެރިވަޑައިގެންނެވިއެވެ.

މި ފެސިލިޓީގައި ގާއިމްކުރާ "ވޭސްޓް ޓު އެނަރޖީ" ޕްލާންޓަކީ އިންސިނިރޭޓަރަކާއި ވޭސްޓް ހީޓް ބޮއިލަރގެ އިތުރުން ސްޓީމް ޓަރބައިންއަކާއި އަދިވެސް އިތުރު ބައެއް ބައިތައް ހިމެނޭ ގޮތަށް ތައްޔާރުކުރެވޭ ޕްލާންޓެކެވެ.

މި އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ގާއިމުކުރެވޭ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ބޭނުންވާ އިކުއިޕްމަންޓްތައް ޑިޒައިންކޮށް، ސަޕްލައިކޮށް އަދި އިންސްޓޯލްކުރުމުގެ މަސައްކަތް ލޮޓަސް ކުންވާ ޖޮއިންޓް ވެންޗަރ ކުންފުންޏާ ވަނީ ހަވާލުކުރެވިފައެވެ. މި މަޝްރޫއު ނިމޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 2021 ވަނަ އަހަރަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމްންޓް މިނިސްޓަރު ވިދާޅުވީ މި ފެސިލިޓީގައި ދުވާލަކު 1.5 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެ ކަމަށެވެ. މީގެ ތެރެއިން އެއް މެގްވޮޓް ކަރަންޓް އައްޑޫގެ ރަށްތަކަށް ދެވޭ އިރު ބާކީ 500 ކިލޯވޮޓް ބޭނުންކުރާނީ ޕްލާންޓް ހިންގުމަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މި ޕްލާންޓްގެ ސަބަބުން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ މިންވަރު ދަށްވެ ތިމާވެށީ ރައްކާތެރިކުރަން ކުރާ މަސައްކަތްތަށް އިތުރުވެގެން ދާނެ ކަމަށް ވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ކުނިން ހަކަތަ އުފެއްދުމަށް މަގު ފަހި ކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ ހިމެނޭ ގޮތަށް ދެކުނުގެ ސަރަހައްދުގައި އުފެދޭ ކުނި މެނޭޖްކުރުމަށް ގާއިމުކުރާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ މަޝްރޫއަކީ 16 މިލިއަން ޑޮލަރު (246 މިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. މިއީ ސަރުކާރުން ނަގާ ގްރީން ޓެކްސް ފަންޑުން ހިންގާ ފުރަތަމަ ޕްރޮޖެކްޓެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް