Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރ. އަނގޮޅިތީމު

އަނގޮޅިތީމަކީ ވަރަށް ހިތާމަވެރި ދުވަސްވަރުގައި އުފާވެރިކަން ގެނެސްދިން ރަށެއް: ނަޝީދު

އެޖެންޑާ 19 އެކުލަވާލާފައި ވަނީ ވަރަށް ބޮޑު ހަޤީޤަތެއްގެ މައްޗަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 މާރިޗު 2019 | އަންގާރަ 05:42
ރ. އަނގޮޅިތީމު ރައްޔިތުންނާއި ރައީސް ނަޝީދު ސަލާމް ކުރައްވަނީ

ރ. އަނގޮޅިތީމު ރައްޔިތުންނާއި ރައީސް ނަޝީދު ސަލާމް ކުރައްވަނީ

ރ. އަނގޮޅިތީމަކީ ވަރަށް ހިތާމަވެރި ދުވަސްވަރުގައި އުފާވެރިކަން ގެނެސްދިން ރަށެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޓިކެޓްގައި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ އަދި ރައްޔިތުން މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)ގެ ކެމްޕެއިންގައި ރ. އަނގޮޅިތީމުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ލިޔުންތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި އެ ރަށަށް އަރުވާލެވުނު ކަމަށެވެ. އަދި އެ ހިތާމަވެރި ދުވަސްވަރު އުފާވެރިކަން ގެނެސްދިން ރަށަކީ މިއީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އެޖެންޑާ 19 އެކުލަވާލާފައި ވަނީ ވަރަށް ބޮޑު ހަޤީޤަތެއްގެ މައްޗަށް ކަމަށާއި ރާއްޖޭގެ އާންމު ހާލަތު ރަނގަޅުކުރަން މަސައްކަތް ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އަނގޮޅިތީމަކީ ލޭ އަޅާ ކުދިން ގިނަ ރަށެއް ކަމަށާއި ކިޑްނީ މައްސަލަތައް ގިނަ ރަށެއްކަން ނަޝީދު ފާހަގަކުރެއްވިއެވެ. އަނގޮޅިތީމު އެންމެންނަށް ވަޒީފާދީ ކުޑަ އުޖޫރަ ކަނޑައެޅޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މުހައްމަދު ރަޝީދު ކޮންމެން ދާއިރާއަކަށް ކުރިމަތިލެއްވިޔަސް ތާއީދު ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން މުހައްމަދު ރަޝީދު ވިދާޅުވީ ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު އަންނަ ހަފްތާގައި އަނގޮޅިތީމަށް ގެނެވޭނެ ކަމަށާއި ފުޓްސަލް ދަނޑު އިންތިހާބުގެ ކުރިން އަޅައިދޭނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. އަދި ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް މި މަހުގައި ފެށިގެންދާނެ ކަމަށް ވެސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
10 ފެބުރުއަރީ 2017

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު