Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

އިތުބާރުނެތް ކަމަށް ފާސްވުމުން މަޤާމު ގެއްލޭގޮތަށް ކޮމިޓީން ފާސްކުރި ގަވައިދަށް ވޯޓަށް ނާހައި، އިސްތިޝާރީ ލަފައަކަށް އެދެނީ

18 މާރިޗު 2019 | ހޯމަ 11:42

ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ވަނީ ހުށަހަޅާފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 18 މާރިޗު 2019 | ހޯމަ 11:42
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް ހުށަހަޅާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ސުޕްރީމް ކޯޓަށް ފަހު ނިންމުން ކަނޑަނޭޅޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަށް، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދުމަށް މަޖިލީހުން ނިންމައިފިއެވެ.

މި ގޮތަށް ނިންމާފައިވަނީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާއި މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ހޯމަދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރިޔާސަތުން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހުގެ ޖަލްސާގައި ނިންމި ނިންމުމާއި ގުޅޭ ގޮތުން މަޖިލިސް އިދާރާ ބޭރުގައި އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ޕީޖީ ބައްދަލުވުމުގައި އެމްޑީޕީން ހުށަހެޅީ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މެދުވެރިކޮށް މި ކަމުގައި ލަފައެއް ހޯދުމަށް ކަމަށެވެ. އަސްލަމް ވިދާޅުވީ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި އެމްޑީޕީ އާއި ޖޭޕީގެ ޚިޔާލު ތަފާތުވެގެން ދިޔަ ކަމަށެވެ. އެގޮތުން ޖޭޕީ އިން ނިންމީ، މި ކަމުގައި ސީދާ މަޖިލީހުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދުމަށް ކަމަށެވެ.

އިތުބާރުނެތް ކަމުގެ މައްސަލަތަކުގައި މަޖިލީހުން އަމަލުކުރަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ފާސްކުރީ 13 މާރޗްގައި އޮތް އާންުމުކޮމިޓީގެ ބައްދަލުވުމުގައެވެ. މި މައްސަލަ އާންމުކޮމިޓީއަށް ފޮނުވީ މަޖިލިސްގެ ރައީސް ގާސިމް އިބްރާހިމްއެވެ. ކޮމެޓީން 13 މާރޗްގައި ފާސްކުރި އިސްލާހުގައި ބުނެފައި ވަނީ ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރުމުން، އޭނާގެ މަގާމު އެ ހިނދުން ފެށިގެން ވަކިވީ ކަމަށެވެ.

މަޖިލީހުގެ ގަވާއިދަށް އިތުރު ކުރުމަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ހަ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ އިސްލާހު ފާސްކުރުމާ ދެކޮޅު ހެއްދެވީ އެމްޑީޕީގެ ތިން މެމްބަރުންނެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި އަމަލު ކުރާނެ ގޮތް، މަޖިލީހުގެ ގަވާއިދުގައި ކަނޑައެޅުމަށް ކޮމެޓީން ފާސްކޮށްފައި ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. މާރިޔާގެ އިތުބާރު ނެތް ކަމަށް ހުށަހެޅީ ޕީޕީއެމްގެ 14 މެމްބަރަކު ސޮއިކޮށް، މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ

އެ އިސްލާހުގައި ބުނެފައިވާ ގޮތުން، ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުން މަޖިލީހުގެ ތަޅުމަށް އެ މައްސަލައެއް އިއްވުމަށް ފަހު، ހަތް މެމްބަރުންގެ ވަގުތީ ކޮމެޓީއަކަށް އެ މައްސަލަ ފޮނުވަންވާނެ ކަމަށެވެ. އެ ކޮމެޓީ އެކުލަވާލަންޖެހޭނީ ކޮންމެ ސިޔާސީ ޕާޓީއަކުން މަދުވެގެން އެއް މެމްބަރަކާއި އަމިއްލަ އެއް މެމްބަރެއްގެ މައްޗަށް ކަމަށެވެ. ކޮމެޓީއަށް އެ މައްސަލައެއް ފޮނުވަންވާނީ ބަހުސް ކުރުމާ ނުލައި ކަމަށް އިސްލާހުގައިވެއެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް އިއްވުމަށް ފަހު، ހަމަ އެ ދުވަހު އެ މައްސަލައިގެ ނޯޓިސް ވަޒީރަށް ފޮނުވަންޖެހޭނެ ކަމަށް ގަވާއިދުގައިވެއެވެ. އަދި އެ މައްސަލައިގެ ބަހުސް މަޖިލީހުގެ ތަޅުމުގައި ފަށަން ވަނީ 14 ދުވަހުގެ މުއްދަތެއް ގުނުމަށްފަހުގައި ކަމަށް އިސްލާހުގައިވެއެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ އިތުބާރު ނެތް ކަމުގެ މައްސަލަ ކޮމެޓީން ތަހުގީގު ކުރާއިރު، ކޮމެޓީއަށް ހާޒިރުވެ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ވަޒީރަށް ދޭންޖެހޭނެ ކަމަށާއި އޭނާއާ އެކު ދިފާއުގައި ވާހަކަ ދެއްކުމަށް ގިނަވެގެން ދެ ވަކީލުން ބޭނުންކުރެވިދާނެ ކަމަށެވެ. އަދި ކޮމެޓީއަށް އެ މައްސަލައެއް ލިބޭތާ ގިނަވެގެން ނުވަ ދުވަހުގެ ތެރޭގައި އެ މައްސަލަ ތަހުގީގުކޮށް ނިންމަންވާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.

ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަތައް ބެލުމަށް ވަގުތީ ކޮމެޓީއެއް ނެގުމަށް އެ އިސްލާހުގައި ބާރު އަޅާފައި ވިޔަސް، ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް ހުށަހަޅާ އިތުބާރު ނެތް ކަމުގެ މައްސަލަތައް ދިރާސާ ކުރާނީ މަޖިލީހުގެ ދާއިމީ ކޮމެޓީތަކުން ކަމަށް އިސްލާހުގައިވެއެވެ. އަދި އެ ކޮމެޓީތަކުން އެ މައްސަލައެއް 10 ދުވަހުގެ ތެރޭގައި ބަލައި ނިންމަންވާނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެއެވެ. އެ އިސްލާހުގައި އިތުރަށް ބުނެފައި ވަނީ ދިފާއުގައި ވާހަކަ ދެއްކުމަށް އެ ބޭފުޅަކު ހާޒިރުވެ، ދެ ވަކީލަކު ވެސް ބޭނުން ކުރެވިދާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

19 ޖުލައި 2017

އަޙުމަދު ހަބީބް ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމުން ވަކިކުރައްވައިފި

19 ޖުލައި 2017
އަޙުމަދު ހަބީބް ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމުން ވަކިކުރައްވައިފި
14 ޖުލައި 2017

މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ކޮށްފައިވާ ހުކުމަކީ ގާނޫނު އަސާސީއާއި ޚިލާފަށް ކޮށްފައިވާ ހުކުމެއް: އިދިކޮޅު ފަރާތްތައް

14 ޖުލައި 2017
މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ކޮށްފައިވާ ހުކުމަކީ ގާނޫނު އަސާސީއާއި ޚިލާފަށް ކޮށްފައިވާ ހުކުމެއް: އިދިކޮޅު ފަރާތްތައް
10 ޖުލައި 2017

އިތުބާރުނެތް މަޖިލީސް ރައީސަކު ޖުޑިޝަރީގެ ކަންކަން ނިންމެވުމުގައި ބައިވެރިވުމަކީ ޚުދުމުޚުތާރު އަމަލެއް: ޝާހިދު

10 ޖުލައި 2017
އިތުބާރުނެތް މަޖިލީސް ރައީސަކު ޖުޑިޝަރީގެ ކަންކަން ނިންމެވުމުގައި ބައިވެރިވުމަކީ ޚުދުމުޚުތާރު އަމަލެއް: ޝާހިދު
10 ޖުލައި 2017

މަސީހުގެ މަޤާމު ވަނީ ގެއްލިފަ، ޖޭއެސްސީގައި ނީނދެވޭނެ: އަލީ ޙުސައިން

10 ޖުލައި 2017
މަސީހުގެ މަޤާމު ވަނީ ގެއްލިފަ، ޖޭއެސްސީގައި ނީނދެވޭނެ: އަލީ ޙުސައިން
12 ޖޫން 2017

ތެލުން ޑިއުޓީ ކުޑަކުރާ އިސްލާހު ކޮމިޓީން ފާސްކޮށްފި

12 ޖޫން 2017
ތެލުން ޑިއުޓީ ކުޑަކުރާ އިސްލާހު ކޮމިޓީން ފާސްކޮށްފި
09 އެޕްރީލު 2017

42 މެމްބަރުންގެ ސޮއި ނެތި މަސީހު ވަކި ނުކުރެވޭ ގޮތަށް ކޮމިޓީން ފާސްކޮށްފި

09 އެޕްރީލު 2017
42 މެމްބަރުންގެ ސޮއި ނެތި މަސީހު ވަކި ނުކުރެވޭ ގޮތަށް ކޮމިޓީން ފާސްކޮށްފި
25 މާރިޗު 2017

ޕީޕީއެމްގެ ރައީސްކަމުގެ މަޤާމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަކި ކުރުމުގެ މަސައްކަތް ފަށާނަން: ރައީސް ޔާމީން ފެކްޝަން

25 މާރިޗު 2017
ޕީޕީއެމްގެ ރައީސްކަމުގެ މަޤާމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަކި ކުރުމުގެ މަސައްކަތް ފަށާނަން: ރައީސް ޔާމީން ފެކްޝަން
07 މާރިޗު 2017

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ
28 ފެބުރުއަރީ 2017

އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި

28 ފެބުރުއަރީ 2017
އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް