Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގެ މެޖޯރިޓީ ގެއްލުން

އިތުބާރުނެތް މަޖިލީސް ރައީސަކު ޖުޑިޝަރީގެ ކަންކަން ނިންމެވުމުގައި ބައިވެރިވުމަކީ ޚުދުމުޚުތާރު އަމަލެއް: ޝާހިދު

އެޓާނީ ޖެނެރަލް ސުޕްރީމް ކޯޓްގެ ތެރެއިން ކުރައްވަމުންގެންދަވާ މަސައްކަތް ކުށްވެރި ކުރެއްވި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 10 ޖުލައި 2017 | ހޯމަ 16:53
މަޖިލީޙުގެ މެންބަރު އަބްދުﷲ ޝާހިދު

މަޖިލީޙުގެ މެންބަރު އަބްދުﷲ ޝާހިދު

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަން ކަށަވަރުވާ ދަރަޖައަށް ގޮސްފައިވަނިކޮށް އަދުލުއިންސާފުގެ ނިޒާމަށް އަސަރުކުރާފަދަ ނިންމުންތައް ނިންމުމުގައި ބައިވެރިވުމަކީ ޚުދުމުޚުތާރު ވެރިކަމެއްގެ ސިފައެއް ކަަމަށް ހެންވޭރު އުތުުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ޝާހިދު ވިދާޅުވީ، މިއަދު މިފެނިގެންދިޔައީ މަޖިލީހުގެ ތެރެއިން ސަރުކާރަށް ނިސްބަތްވާ މެންބަރުންތަކެއްގެ ހިތްވަރު ކަމަށެވެ.

މެޖޯރިޓީ ލިބިފައި އޮތް ޕީޖީ ގްރޫޕަކުން އެ މެންބަރުންގެ ނުރުހުމުގައި ބާރުފޯރުވުމަށް ކުރި މަސައްކަތުގެ ސަބަބުން މަޖިލީހުގެ މެޖޯރިޓީ ގެއްލިގެންދިޔަ މަންޒަރު މިއަދު ފެނިފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، އިންތިޚާބީ ހައްގު ނިގުޅައިގަތުމަށް ސުޕްރީމް ކޯޓުގެ ތެެރެއިން އެޓާނީ ޖެނެރަލް އެކުރައްވަނީ ގާނޫނު އަސާސީއާ ޚިލާފު މަސައްކަތެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ ވޯޓުން އިންތިހާބުކުރެވޭ ބަޔަކަށްވާ އިރު އެފަދަ ބައެއް ވަކި ކުރެވޭނެ ގޮތްތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަަމަށެވެ. އަދި ރައްޔިތުންގެ މަންދޫބުންނާއި ގުޅޭ މިފަދަ މައްސަލަތަކުގައި ގޮތް ނިންމާ އިރު ރައްޔިތުންގެ ބަސް ބޭނުންވާނެ ކަމަށް އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

" ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބުވެފައިވާ ބަޔަކު އެމަޤާމުން ނިގުޅައިގަތުމަށް، ރައްޔިތުންގެ އެެއްވެސް ބަހެއް ނެތި މަޤާމަކައި ހަވާލުވެ ހުންނެވި ބޭފުޅަކު ކަމުގައިވާ ބަންޑާރަ ނައިބު ގާނޫނު އަސާސީގެ އިމުގެ ބޭރުން ވަޑައިގެންނެވިކަން އެއީ ހިތާމަވެރިކަމެއް." ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ، އެޓާނީ ޖެނެރަލް ހުށަހަޅާފައިވާ ހުށަހެޅުމަށް ސުޕްރީމްކޯޓުން އެއްބާރުލުން ނުދިނުމަށް ގޮވާލައްވާފަ އެވެ. ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ގާނޫނު އަސާސީއަށް ފުށޫނާރާ ނިންމުމަކަށް ހެދުމަށް އެދޭކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަން ޔަގީންވާ ވަރަށް މަޖިލީހުގެ މެންބަރުންގެ ތާއީދު ލިބިފައިވާ އިރު، މިމަހުގެ 24 ވަނަ ދުވަހަށް ތާވަލްކޮށްފައިވާ މައްސަލައިން އެކަން ޔަގީންވާނެ ކަން ހާމަކުރައްވާފަ އެވެ. އެފަދަ ހާލަތެއްގައި އޮއްވާ، ޖުޑީޝަލް ސަރވިސް ކޮމިޝަންފަދަ ތަނެއްގައި މަސީހު އިންނަވައިގެން، ޝަރުއީ ނިޒާމަށް ބަދަލު އަންނަ ފަަދަ ނިންމުންތަކުގައި ބައިވެރިވުމަކީ، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ކުރެވިގެންވާނޭ ކަމެއް ނޫން ކަަމަށް އޭނާ ވިދާޅުވި އެވެ.

" މަޖިލީހުގެ ސާފު އަޣްލަބިއްޔަތުން މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއި ކުރައްވާ ލިޔުން މަޖިލީހަށް ވަނީ ހުށަހަޅާފަ. ހަގީގަތުގައި ދެން ކުރަން އޮތް މަސައްކަތަކީ އިދާރީ މަސައްކަތްތަކެއް. އޭގެ ކުރިން މަޖިލީހުގެ ގަވާއިދަށް ގެންނެވި ބަދަލެއްގެ ސަބަބުން މިއޮތީ މަޖިލީހުގެ ރައީސްއަށް އިތުބާރު ނެތްކަން ފެންނަން. މިހާރުގެ މަޖިލީސް ރައީސަކީ މަޖިލީހުގެ އަޣްލަބިއްޔަތު ކޮންޓްރޯލް ކުރެވޭނެ ބޭފުޅެއް ނޫންކަން މިވަނީ ޔަގީންވެފަ. އެފަދަ ހާލަތެއްގައި ހުންނަވާ ގާނޫނު އަސާސީގައި ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ހިމެނިވަޑައިގެން ނަމަވެސް ކަންތައްތަކެއް ނިންމެވުމަށް އެ ކޮޝަނަށް ހާޒިރުވެވަޑައިގެން، ޝަރުއީ ނިޒާމަށް އަސަރުކުރާފަދަ ކަންތައްތަކެއް ނިންމެވުމަކީ ޑިމޮކްރެޓިކް އުސޫލެއް ނޫން." ޝާހިދު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް

22 މާރިޗު 2017
ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!
09 މާރިޗު 2017

މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު

09 މާރިޗު 2017
މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު
06 މާރިޗު 2017

އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ

06 މާރިޗު 2017
އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ
01 މާރިޗު 2017

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

01 މާރިޗު 2017
ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު