Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސީހްގެ އިތުބާރު ވޯޓް

ޕީޕީއެމްގެ ރައީސްކަމުގެ މަޤާމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަކި ކުރުމުގެ މަސައްކަތް ފަށާނަން: ރައީސް ޔާމީން ފެކްޝަން

މި ޕްރެސް ކޮންފަރެންސްގައި 41 މެންބަރުން ވަނީ ބައިވެރިވެފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 25 މާރިޗު 2017 | ހޮނިހިރު 14:42
ޕީޕީއެމް-އެމްޑީއޭ ޕްރެސް

ޕީޕީއެމް-އެމްޑީއޭ ޕްރެސް

ޕީޕީއެމްގެ ރައީސްކަމުގެ މަޤާމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަކި ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީން ފެކްޝަނުން ބުނެފި އެވެ.

ޕީޕީއެމް އަދި އެމްޑީއޭ ގުޅީގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން، އިނގުރައިދޫ ދައިރާގެ މެންބަރު އިބްރާހިމް ފަހާލު ވިދާޅުވީ، ރައީސް މައުމޫނަށް ޕީޕީއެމްގެ ރައީސް ކަމުގެ މަގާމުގައި ހުންނެވުނީ، ރައީސް ޔާމީން އެމަނިކުފާނަށް ކުރައްވާ ތާއީދެއްގެ ބޮޑުކަމުން ކަަމަށެވެ. އަދި ޕީޖީން ބޭނުންވާ ނަމަ މިހާރު އެމަނިކުފާނު އެމަގާމުގައި ނުހުންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މަޖިލީހުގެ ރައީސް ކަމުގެ އިތުބާރު ނެތް ކަމަށް ނަގާ ވޯޓާ ގުޅޭ ގޮތުން ފަލާހު ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ކުރެވޭނީ 12 ވޯޓު ކަމަށާއި 13 ވޯޓު ވެސް ކާމިޔާބު ކުރަން ނުކުރެވޭނެ ކަމަށެވެ.

ފަހާލު ވަނީ މާމިގިލި ދައިރާގެ މެންބަރު ގާސިމް އިބްރާހީމް ސިޔާސީ މައިދާނުގައި ނިންމަވާ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

" ގާސިމްއަކީ އަމިއްލަ އެދުމަށް މަސައްކަތް ކުރާ މީހެއް. އެމަނިކުފާނުގެ ގޮތް ޕީޕީއެމް އަށް ވަރަށް ރަގަޅަށް އިނގޭ. މާދަމާ ވެސް އޭނާ ލަންބާލެވޭނެ،" ފަލާހު ވިދާޅުވި އެވެ.

ގާސިމް އާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ދެކެ އެ ދާއިރާތަކުގެ މެންބަރުން ވަރަށް ރުޅިގަދަވެފައިވާ ކަމަށާއި މިހާރު އޮތީ އެ ދާއިރާތަކަށް ނޭރޭ ގޮތަށް ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި، ގިނަ މެންބަރުންތަކެއް ވަނީ، މަޖީލީހުގެ ރައީސް މަޤާމު ހިފެހެއްޓުމަށް ދޭ ވޯޓު ކާމިޔާބު ކުރުމުގައި އިދިކޮޅު ފަރާތްތަކުގެ މަޖިލީސް މެންބަރުންގެ ވޯޓުވެސް ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ. މި ޕްރެސްގައި ޕީޕީއެމް އަދި އެމްޑީއޭ އަށް ނިސްބަތްވާ 41 މެންބަރުން ވަނީ ބައިވެރިފަ އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު