Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެސްއެމްއީ ބޭންކު

އެސްއެމްއީ ބޭންކާ އެކު ޤައުމުގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ: ރައީސް ސޯލިހް

18 މާރިޗު 2019 | ހޯމަ 05:26

އެސްއެމްއީ ބޭންކްގެ އަމާޒަކީ، ރައްޔިތު މީހާގެ އަތްމަތި ތަނަވަސްކޮށްދީގެން ޤައުމުގެ އިޤްތިޞާދު ވަރުގަދަ ކުރުން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 18 މާރިޗު 2019 | ހޯމަ 05:26
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް - އެސްއެމްއީ ބޭންކެއް ހުޅުވުމަކީ އެމަނިކުފާނުގެ ވައުދެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް - އެސްއެމްއީ ބޭންކެއް ހުޅުވުމަކީ އެމަނިކުފާނުގެ ވައުދެއް

އެސްއެމްއީ ބޭންކާ އެކު ޤައުމުގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެސްއެމްއީ ބޭންކް އިފްތިތާހްކޮށްދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އެސްއެމްއީ ބޭންކް ތައާރަފްކުރުމަށް ނިންމީ، ރައްޔިތުން ބާރުވެރި ކުރުވައި، ޤައުމީ އާމްދަނީން، ސީދާ ރައްޔިތު މީހާގެ ޖީބަށް ވަންނަ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުށް ކަމަށެވެ. އަދި އެ ސިޔާސަތުގެ އަމާޒަކީ، ރައްޔިތު މީހާގެ އަތްމަތި ތަނަވަސްކޮށްދީގެން ޤައުމުގެ އިޤްތިޞާދު ވަރުގަދަ ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހް ވިދާޅުވީ، ރާއްޖޭގެ ވިޔަފާރި މާޙައުލުގައި ޙަރަކާތްތެރިވާ، ގާތްގަނޑަކަށް 93 އިންސައްތަ ވިޔަފާރިއަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަމަށާއި، އެ ނިސްބަތުން ބަލާ ނަމަ، ޤައުމީ އިޤްތިޞާދުގެ މައިބަދައަކީ އެ ބާވަތުގެ ވިޔަފާރިތައް ކަމަށެވެ. އަދި ޢަދަދުން ބަލާ ނަމަ، ބޮޑެތި ވިޔަފާރިތަކުގެ ކެޕިޓަލް ޢަދަދު ނުވަތަ ރައުސްމާލް އެތައް ބިލިއަނަކުން ގުނާލެވޭ ކަމަށާއި، އެކަމަކު ވަޒީފާގެ ފުރުސަތުތައް އެންމެ ގިނައިން އުފައްދައިދެނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"އެކަން އެހެން އޮތްއިރު، އަމިއްލަ ދިރިއުޅުމެއް ފަށަން ބޭނުންވި އެތައް ޒުވާނުންނެއް މިއަދުވެސް ތިބީ، ދާނެ ދިމާލެއް ނޭނގި، ޙަޔާތުގެ ހަތަރު އަނގޮޅިއަކަށް ހުއްޓިފައި. ގެވެހި އެތައް އަންހެނުންނެއް ތިބީ، އެ މީހުންގެ މަސައްކަތްތެރިކަމުގެ ހުނަރުން އާމްދަނީ ހޯދޭނެ އެއްވެސް ގޮތެއް ނެތިފައި. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭގައި ވެސް އާމްދަނީ ހޯދަން ބޭނުންވާ ކިތަންމެ ބަޔަކު އެބަތިބި."

ޤައުމީ ތަރައްޤީގެ ވާހަކަ ދެއްކުމުގައި މިވީހާ ޒަމާނެއް ފާއިތުވެގެން ދިޔައީ، މުޖްތަމަޢުގެ އެކި ފަންތިތަކަށް އަޅައިލާނެ މީހަކު ނެތި ކަމަށާއި، އެ މީހުންގެ އަތުގައި ހިފައިގެން ކޮޅަށް ނަގައިދިނުމުގެ ސިޔާސީ ހިތްވަރާއި އަޒުމް ނެތުމުން، ޤައުމީ ތަރައްޤީގެ އެ މުހިންމު ބައިވެރިން ތިބީ، ޤައުމީ އުފެއްދުންތެރިކަމުން ހަވާސާ ކުރެވިފައިކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. އަދި މިއަދު ފަށާ އެސްއެމްއީ ބޭންކުގެ ޚިދުމަތާ އެކު، ޒުވާން އެތައް ވިޔަފާރިވެރިންނެއް އުފެދިގެންދާނެ ކަމަށާއި، ދިވެހި އަންހެނުންގެ ހުނަރުވެރި އުފެއްދުންތަކުން، ޤައުމީ އިޤްތިޞާދަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އޭގެ އިތުރުން ހަމައެފަދައިން މިއީ، ގޭގައި ތިބެގެން އާމްދަނީ ހޯދަން ބޭނުންވާ މީހުންނަށް ދެވޭ ވަރަށް ބޮޑު އެހީއަކަށް ވެސް ވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

އެ މޭރުމުން ވާހަކަ ކުރިއަސްގެންދަވަމުން ރައީސް ސޯލިހް ވދިާޅުވީ، އެސްއެމްއީ ލޯންގެ 20 އިންސައްތަ ޚާއްޞަކޮށްފައިވާނީ އަންހެނުންނަށާއި ޒުވާނުންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކަމަށެވެ. އެއާއެކު އެސްއެމްއީ ލޯނަކީ، އޭގެ ބެހެނިވެރިންގެ އިޖްތިމާޢީ ނިސްބަތަށް ބަލާއިރު، މުޅި ޤައުމުގެ ތިން ބައިކުޅަ ދެބަޔަށް ވުރެ ވެސް ގިނަ މީހުންނަށް އެހީތެރިވެދޭނެ ލޯން ސްކީމަކަށް ވާނެ ކަމަށް ރައީސް ވިދާޅުވިިއެވެ.

"ރާއްޖޭގެ އިޤްތިޞާދީ އޮނިގަނޑު، މާ ކުރިންސުރެ އަތުރާލެވިފައި އޮތީ، ބޮޑެތި ވިޔަފާރިތަކަށް ހުރިހާ ކަމެއް ފަހިވާ ގޮތަށް. އެހެންކަމުން، އަލަށް ފަށަން ބޭނުންވާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނާއި ފައިސާގެ އެހީ ހޯދުމަކީ، ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން އެހާ ފަސޭހައިން ކުރެވޭ ގޮތަށް އޮތް ކަމެއް ނޫން."

ރައީސް ސޯލިހް ވިދާޅުވީ ޤައުމުގެ މިހާރުގެ ޙާލަތަށް ބަލާއިރު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މިހާރަށް ވުރެ ގިނަވެ، މިހާރަށް ވުރެ ހަލުވި ދުވެއްޔެއްގައި ހިނގައިގަނެގެން މެނުވީ، ޖަޒީރާ ރާއްޖެއަކަށް ބޭނުންވާ ތަރައްޤީއާއި ކުރިއެރުން ހޯދުން ދަތިވާނެކަމަށެވެ. އަދި އެސްއެމްއީ ބޭންކެއް އުފެއްދީ އެފަދަ ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބޭނެ ގޮތެއް ހޯދައިދިނުމުގެ މަޤްޞަދުގައިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް