Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

އީސަ އަކީ މަޖިލީހުގައި އިންނަން ކޮންމެހެން އަޅުގަނޑު ބޭނުންވާ އެއް ބޭފުޅެއް: ރައީސް

17 މާރިޗު 2019 | އާދީއްތަ 12:50

އީސަ އަކީ އިސްލާހީ މަސައްކަތުގައި އަބަދުވެސް ދެގޮތެއް ނުވެ ހުންނެވި ބޭފުޅެއް ކަމަށް ވިދާޅުވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 17 މާރިޗު 2019 | އާދީއްތަ 12:50
ކެނދިކުޅުދޫ ދާރާގެ ކުރީގެ މެންބަރު އަހުމަދު އީސާ

ކެނދިކުޅުދޫ ދާރާގެ ކުރީގެ މެންބަރު އަހުމަދު އީސާ

19 ވަނަ ރައްޔިތުންގެ މަޖިލީހަށް ކެނދިކުޅުދާ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ އަހުމަދު އީސާ އަކީ މަޖިލީހުގައި އިންނަން ކޮންމެހެން ބޭނުންވާ ބޭފުޅެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވެއްޖެ އެވެ.

ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކެނދިކުޅުދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެޖެންޑާ 19 އަދި ރިޔާސީ އިންތިޚާބުގައި ރައީސް ވެވަޑއިގެންނެވި ވައުދުތައް ތަންފީޒް ކުރުމުގައި އަހުމަދު އީސާ އަކީ ރައްޔިތުންގެ މަޖިލީހުގައި އިންނަވަން ކޮންމެހެން ބޭނުންފުޅުވެލައްވާ އެއް ބޭފުޅާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ އީސަގެ ކޮންމެ ވަގުތަކާއި ކޮންމެ ދުވަހެއް ހޭދަ ކުރައްވާނީ މި މިސައްކަތްތައް ކޮށްދެއްވުމުގައި އެހީތެރިވުމުގެ ގޮތުންކަން އެއީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫން ކަމަށެވެ.

އިސްލާހީ މަސައްކަތްތައް ފެށިފަހުން އެތައް ދުވަހެއް ވެއްޖެ ކަމަށާއި އެ އިސްލާހީ މަސައްކަތުގައި އެންމެ ކުރީ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ބަދަލެއް ނުވެ ތަފާތުކަމެއް ނެތި ކުރަން ޖެހުނު ކޮންމެ ކަމެއްގައި ފަސްޖެހި ވަޑައިނުގެން އެންމެ ކުރީ ސަފުގައި އަބަދު ވެސް އީސަ ހުންނަވާ ކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

މޭޑޭގައި ލިބުނު އަނިޔާތަކަށް ފަހު ވެސް އަނެއްކާ ވެސް ނިކުމެ ވަޑައިގެން ހުންނެވީ މި އިސްލާހީ މަސައްކަތުގައި ދެގޮތެއް ނުވެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަހަލަ ކިތަންމެ ދުވަހެއް އީސަ ވަނީ ކަޑައްތު ކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ރައީސް ވަނީ އީސަ އަށް ޝުކުރު އަދާކުރައްވާފައެވެ.

"އަޅުގަނޑު ދިޔައިން މޭޑޭގެ ބަންދުގައި ހޮސްޕިޓަލުގައި އީސަ ބާޢްވާފައި އޮތް އިރު. ހިނގައި ނުގަނެވޭ. މައިބަދަ އޮތީ ގުޑާފައި. އެވަރުން ވެސް ބިޑިއެއް ނައްޓާލިއްޔަކީއެއް ނޫން. އެހާލުގައި އެތައް ދުވަހެއްވުމަށް ފަހުގައި އެހާލުގައި އެތައް ދުވަހެއް ފަހުގައި އިރާދަކުރެއްވީތީ އަނެއްކާވެސް އެތައް އެތައް ބޭސްފަރުވާއަކަށް ފަހުގައި ނިކުވެ ވަޑައިގެން އަދިވެސް ފަސްޖެހިވެޑައި ނުގެން އެހުންނެވީ އަޅުގަނޑުމެންގެ މި އިސްލާހީ މަސައްކަތުގައި" ރައީސް ވިދާޅުވިއެވެ.

ތަރައްގީގެ މަޝްރޫއު ތަކާއި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދޭނީ މި ވައުދުތަކަށް ތާއީދު ކުރާ އަދި މި ވައުދުތައް ގަބޫލުކުރާ އަގުލަބިއްޔަތެއް ރައްޔިތުންގެ މަޖިލީހުގައި އޮވެގެން ކަމަށް ރައީސް ވިދާޅުވިއެވެ.

17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ކެނދިކުޅުދޫ ދާއިރާގެ މެންބަރުކަން ކުރައްވަފައިވާ އަދި އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް ކެނދިކުޅުދޫ ދާއިރާއަށް އެމްޑީޕީން ކުރިމަތި ލައްވައިގެން ހުންނެވި އަހުމަދު އީސާއަކީ ހިތުގެ އަޑިން އެކަމަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ
19 ފެބުރުއަރީ 2017

މަޖިލީހުގައި ތިއްބެވީ 85 ކަނޑުކޮހުން ނޫންކަން ދައްކަންޖެހޭ: މުސްތަފާ

19 ފެބުރުއަރީ 2017
މަޖިލީހުގައި ތިއްބެވީ 85 ކަނޑުކޮހުން ނޫންކަން ދައްކަންޖެހޭ: މުސްތަފާ
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
16 ފެބުރުއަރީ 2017

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ
15 ފެބުރުއަރީ 2017

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް