Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަވަލި ފެއަރ

ހަވަލި ފެއަރ ފަށައިފި

މި ފެއަރ ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 މާރިޗު 2019 | ހޮނިހިރު 10:49
ހަވަލި ފެއަރ ފަށާފައިވަނީ 100 އަށްވުރެ ގިނަ ޖަމިއްޔާތަކާއެކުގައި

ހަވަލި ފެއަރ ފަށާފައިވަނީ 100 އަށްވުރެ ގިނަ ޖަމިއްޔާތަކާއެކުގައި

މަދަނީ ޖަމިއްޔާތަކަށް ހާއްސަކޮށްގެން ބާއްވާ ހަވަލި ފެއަރ ހޮނިހިރު ދުވަހު ފަށައިފިއެވެ.

މި ފެއަރ ފައްޓަވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. ފެއަރ ފައްޓަވައި ދެއްވުމުގެ ކުރިން ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ މަދަނީ ޖަމިއްޔާތަކަށް ބޭނުންވާ ބާރުވެރިކަން މި ސަރުކާރުން ހޯދައިދޭނެ ކަމަށާއި މަދަނީ ޖަމިއްޔާތަކަކީ މުހިންމު ރޯލެއް އަދާކުރާ ބައެއް ކަމަށެވެ.

Advertisement - newsAdvertisement

މި ފެއަރ ކުރިއަށް ދާނީ މާރޗް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ގޮސް 18 ވަނަ ދުވަހަށް ދަރުބާރުގޭގައެވެ. ފެއަރގެ އެއް ދުވަސް ހާއްސަކުރެވިފައި ވަނީ ބޮޑެތި ވިޔަފާރިތައް ތަމްސީލު ކުރާ ފަރާތްތަކަށެވެ. އަނެއް ދެ ދުވަސް ހާއްސަކުރެވިފައި ވަނީ ސުކޫލްތަކާއި ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ ދަރިވަރުންނަށެވެ.

މިފެއަރގައި 100 އަށް ވުރެ ގިނަ ޖަމްއިއްޔާ ބައިވެރިވެއެވެ. ފެއަރ ކުރިއަށް ދާނީ ކޮންމެ ދުވަހަކު މެންދުރު 1300 އިން 1800 އަށް އަދި 2000 އަކުން 2230 އަށް ދަރުބާރުގޭގައެވެ. ފެއަރގެ ތެރެއިން ހެނދުނާއި މެންދުރުފަހު ތަމްރީނު ޕްރޮގްރާމްތަކާއި، ނެޓްވޯކިންގ ސެޝަންތައް އަދި ކީނޯޓް ސެޝަންތައް ކުރިއަށްދާނެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަންސްގެ ޑިރެކްޓަރު ހަފްސީ އަބްދުﷲ ވިދާޅުވީ މި ފެއަރގައި ގިނަ ރަށްތަކުން ބައިވެރިވި ކަމަށާއި ފެއަރއަށް ޖަމިއްޔާތަކުގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

ފެއަރގައި ބައިވެރިވި ބައެއް ޖަމިއްޔާތަކުން ބުނީ މިކަހަލަ ފެއަރ އަކީ ވަރަށް މުހިންމު ފެއަރއެއް ކަމަށާއި މި ފެއަރގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކާއި ބައްދަލުވެ ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.

ފެއަރގެ މައިގަނޑު ތިން މަޤްސަދަކީ މަދަނީ ޖަމްއިއްޔާތައް ހިންގުން ހަރުދަނާ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ޖަމްއިއްޔާތަކުގެ މަސައްކަތް ފޯކަސް ކުރުމަށް އެހީތެރިވެދިނުމުގެ އިތުރުން ޖަމްއިއްޔާތައް ހިންގުމަށްޓަކައި މާލީ އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު