Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައުސިން އެންޑް އާބަން ޑިވޮލޮޕްމަންޓް މިނިސްޓްރީ

ހައުސިންގ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީއަކަށް މޫސާ ޒަމީރު އައްޔަނުކޮށްފި

14 މާރިޗު 2019 | ބުރާސްފަތި 09:23

މޫސާ ޒަމީރު ހަސަން އެ މަޤާމަށް އައްޔަނު ކުރެއްވެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް

އަމަން ހަލީމް
އަމަން ހަލީމް | 14 މާރިޗު 2019 | ބުރާސްފަތި 09:23
ޕާމަނަންޓް ސެކެޓްރީ އައްޔަނުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަގާމުގެ ލިޔުން ހަވާލުކުރަނީ

ޕާމަނަންޓް ސެކެޓްރީ އައްޔަނުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަގާމުގެ ލިޔުން ހަވާލުކުރަނީ

މިނިސްޓްރީ އޮފް ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ޕާރމަނަންޓް ސެކްރެޓަރީގެ މަގާމަށް މޫސާ ޒަމީރު ހަސަން މިއަދު ކޮމިޝަނުން ޢައްޔަން ކުރައްވައިފިއެވެ.

ބުރާަސްފަތި ދުވަހު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މޫސާ ޒަމީރު ހަސަން އެ މަޤާމަށް އައްޔަނު ކުރެއްވެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ. މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރ އާމިނަތު އާތިފާ އާއި، އެ މިނިސްޓްރީގެ އިސް ބައެއް ވެރިންނާއި، އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ވަނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް އަދި މިނިސްޓަރގެ ލަފަޔާ އެކު މިނިސްޓްރީގެ މަސައްކަތްތައް ހިންގަވާ ދެއްވުމަށް މޫސާ ޒަމީރު ހަސަން އަރިހުން އެދިވަޑައިގެންފައެވެ. އަދި އޮފީސް ހިންގެވުމުގައި ސިވިލް ސާރވިސްގެ މުވައްޒަފުންނާއި ގުޅިގެން އެކުއެކީގައި މިނިސްޓްރީ އަށް ސަރުކާރުން ކަނޑައަޅުއްވަވާފައިވާ އިހްތިސޯސް އާއި ސިޔާސަތު ތަންފީޒުކޮށް ދެއްވުމުގައި ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއި އެކު މަސައްކަތް ކޮށްދެއްވުމަށް ވެސް ކޮމިޝަނުގެ ރައީސް އެދިވަޑައިގެންނެވިއެވެ.

މޫސާ ޒަމީރު ޙަސަންއަކީ 19 އަހަރު ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 1990 ވަނަ އަހަރު މޯލްޑިވްސް ޕަބްލިކް ސަރވިސް އާއި ގުޅިވަޑައިގެންނެވި ޒަމީރު ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ހެޑް އޮފް ދަ ޕްލޭނިންގް ޑިވިޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމާއި، ރީޖަނަލް އެއަރޕޯރޓްތަކުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމް ވެސް އަދާކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ހަތަރު ވަނަ މާސްޓަރ ޕްލޭން އެކުލަވާލުމުގައި އޭނާ ވަނީ ހާއްސަ ރޯލެއް އަދާކުރައްވާފައެވެ.

މޫސާ ޒަމީރު ޙަސަން ވަނީ ބެޗްލަރ އޮފް އޮނާރސް އިން އެންވާރަމެންޓަލް ސައިންސް ގެ ރޮގުން ޑިގްރީ އެއް އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އިންގްލޭންޑް އިން ފުރިހަމަކުރައްވާފައެވެ. އަދި މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާރސިޓީ އިން ވަނީ އަރބަން އެންޑް ރީޖަނަލް ޕްލޭނިންގްގެ ރޮގުން މާސްޓާރސް ޑިގްރީ ފުރިހަމަކުރައްވާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

30 މާރިޗު 2017

އެހެން ސިސްޓަމުން ވޯޓް ދެއްވީ އާޒިމް ކަމަށް މޫސާ ތުހްމަތުކުރެއްވި، އާޒިމް އެކަން ދޮގުކުރޭ!

30 މާރިޗު 2017
އެހެން ސިސްޓަމުން ވޯޓް ދެއްވީ އާޒިމް ކަމަށް މޫސާ ތުހްމަތުކުރެއްވި، އާޒިމް އެކަން ދޮގުކުރޭ!
30 މާރިޗު 2017

ފިނޭންސް މިނިސްޓްރީގެ ހޮޓްލައިން 1617 ތާޢާރަފުކޮށްފި

30 މާރިޗު 2017
ފިނޭންސް މިނިސްޓްރީގެ ހޮޓްލައިން 1617 ތާޢާރަފުކޮށްފި
14 މާރިޗު 2017

އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި

14 މާރިޗު 2017
އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
08 ފެބުރުއަރީ 2017

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ރީކޯ މޫސާމަނިކު ވަކިކޮށްފި

08 ފެބުރުއަރީ 2017
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ރީކޯ މޫސާމަނިކު ވަކިކޮށްފި
03 ފެބުރުއަރީ 2017

ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ

03 ފެބުރުއަރީ 2017
ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް