Advertisement
ކ. މާލެ
|
14 މާރޗް 2019 | ބުރާސްފަތި 01:31
ކުރީގެ ރައީސް ޔާމީން ޖަލަށް ގެންދަނީ
ކުރީގެ ރައީސް ޔާމީން ޖަލަށް ގެންދަނީ
ޕީއެސްއެމް
ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްފި
ގޭބަންދަށް ބަދަލުކުރީ އަމަލުކުރަންޖެހޭ ޝަރުތުތަކެއް ކަނޑައެޅުމަށްފަހު

މަނީ ލޯންޑަރިންގެ މައްސަލައިގައި ޝަރީއަތް ނިމެންދެން ޖަލު ބަންދެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތީ ގޮތުން ގެއަށް ބަދަލުކޮށްފިއެވެ. 

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދިޔުމަށް ކްރިމަނަލް ކޯޓުން ފެބްރުއަރީ 18 ވަނަ ދުވަހު ކޮށްފައިވާ އަމުރާ ގުޅިގެން ކަރެކްޝަންގެ ބެލުމުގެ ދަށުގައި ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް ޔާމީން ބަލިހާލަތު ހުރި ގޮތުން ޑޮކްޓަރު ދެއްވާފައިވާ ލަފަޔާއި އެއްގޮތަށް ބުދަ ދުވަހުގެ ރޭ ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ކަރެކްޝަނުން ބުނީ ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރެވުނީ ގޭބަންދުގައި ހުންނައިރު އަމަލުކުރަންޖެހޭ ޝަރުތުތަކެއް ކަނޑައެޅުމަށްފަހު އެމަނިކުފާނާއި، އަދި އެމަނިކުފާނުގެ އަނބިކަނބަލުން ވެސް އެޝަރުތަކަކާއި އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެވަޑައިގަތުމުން ކަމަށެވެ. 

ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރި މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން އައިޖީއެމްއެޗްގައި އެޑްމިޓްވެ އަންނަނީ ފަރުވާ ހޯދަމުންނެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް