Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިޓީ ކައުންސިލް

ސިޓީ ކައުންސިލްތަކަށް ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ތަނެއް ހަމަނުޖެހިފައި

މާލޭ ސިޓީކައުންސިލްގެ 13 ގޮނޑީގެ ތެރެއިން އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 26 މެއި 2017 | ހުކުރު 14:35
މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލަނީ: ސިޓީ ކައުންސިލަރުން ހުވާ ކުރާނެ ތަނެއް ނެތް ކަމަށް ކައުންސިލްތަކުން ބުނޭ

މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލަނީ: ސިޓީ ކައުންސިލަރުން ހުވާ ކުރާނެ ތަނެއް ނެތް ކަމަށް ކައުންސިލްތަކުން ބުނޭ

މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުވި ފަރާތްތައް މިއަންނަ ޖޫންމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ހުވާކުރަންޖެހޭނެ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނިންމާފައި ވީނަމަވެސް ސިޓީކައުންސިލްތަކަށް ހޮވިފައިވާ މެންބަރުން ހުވާކުރާނެ ތަނެއް އަދި ހަމަނުޖެހޭ ކަމަށް އެކައުންސިލްތަކުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ދަރުބާރުގެ ދެވެން ނެތް ކަމަށް ހައުސިން މިނިސްޓްރީން އަންގާފައިވާކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ސިޓީ ކައުންސިލްގެ މެމްބަރު ޝަމާއު ޝަރީފް ވިދާޅުވީ އެކައުންސިލްގެ މެމްބަރުން ހުވާކުރުމަށް ހައުސިން މިނިސްޓްރީގައި އެދުނީ ދަރުބާރުގެ ހަމަޖައްސައިދިނުމަށް ކަމަށާއި އެހެން ނަމަވެސް އެތަން ނުލިބޭނެ ކަމަށް އެމިނިސްޓްރީން އެކައުންސިލަށް މިހާރު އަންގާފައިވާ ކަމަށެވެ.

ޝަމާއު ވިދާޅުވީ ހައުސިން މިނިސްޓްރީން ފުރަތަމަ ދޭން ނިންމީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަން ކަމަށާއި ނަމަވެސް އެތަނަށް ވެސް 13،000ރ. ދައްކަން އެންގި ކަމަށެވެ. އެހެން ނަމަވެސް ފަހުން އެންގީ ހުވާކުރުމަށް ލިބޭނީ ފާށަނާ މާލަން ކަމަށެވެ. އަދި އެ ފައިސާ ދައްކަން ޖެހޭނީ ނަގުދު ފައިސާއިން ކަމަށް އެންގި ކަމަށެވެ.

ނަމަވެސް ފަހުން އެ މަލާން ވެސް ހަމަޖައްސައިދެވެން ނެތް ކަމަށް އިއްޔެ ކުއްލިއަކަށް މިނިސްޓްރީން އެންގި ކަމަށް ޝަމާއު ވިދާޅުވި އެވެ.

މާލޭގެ އިތުރުން އައްޑޫ ސިޓީ ކައުންސިލަރުން ވެސް ހުވާކުރާނެ ތަނެއް ހަމަނުޖެހޭ ކަމަށް އައްޑޫ ސިޓީގެ މޭޔަރަކަށް ހުންނެވި އަބްދުﷲ ސޯދިޤް (ސޯބެ) ވިދާޅުވެފައި ވެއެވެ.

ސޯބެ ވިދާޅުވީ ހުވާކުރުމުގެ ދަރުބާރު ބާއްވާނެ ތަނެއް ހޯދުމަށް މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުންދާ ކަމަށާއި މިހާތަނަށް އައިރުވެސް އެކަން ހަމަޖެހިފައި ނުވާ ކަމަށެވެ. އެފަދަ ހަފުލާއެއް ބޭއްވޭވަރުގެ ހޯލެއް ހުންނަނީ ޝަރަފުއްދީން ސްކޫލާއި އިރުޝާދިއްޔާ ސްކޫލުގައި ކަމަށާއި ނަމަވެސް އެ ދެ ހޯލުންކުރެ އެއްވެސް ހޯލެއް ލިބިފައި ނުވާކަމަށް ސޯބެ ވިދާޅުވި އެވެ.

މީގެ އިތުރުންމި ސަރުކާރުން މިދިޔަ އަހަރު ސިޓީއަކަށް ބަދަލުކުރި ފުވައްމުލަކު ސިޓީގެ ކައުންސިލަރަކު ވެސް ވިދާޅުވީ ކައުންސިލަރުން ހުވާކުރުމަށް އަތޮޅުތައުލީމީ މަރުކަޒުގެ ހޯލު ހޯދުމަށް އެއަތޮޅު ކައުންސިލް އޮފީހުގައި ބުރާސްފަތި ދުވަހު އެދިފައިވާނެ ކަމަށާއި އެހެން ނަމަވެސް އަދި ޖަވާބެއް ނުލިބޭ ކަމަށެވެ.

މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީކައުންސިލްގެ 13 ގޮނޑީގެ ތެރެއިން އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. އައްޑޫ ސިޓީގެ ހުރިހާ ކައުންސިލެއް އެމްޑީޕީން ކާމިޔާބު ކޮށްފައިވާއިރު ފުވައްމަުލަކު ސިޓީގައި ތިއްބަވާ 3 ކައުންސިލަރުންގެ ތެރެއިން 2 ކައުންސިލަރުންނަކީ އެމްޑީޕީން އިންތިޚާބުވި ކައުންސިލަރުންނެވެ.

ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ތަނެއް ހަމަޖެހިފައިނުވާ އިރު ކައުންސިލްތަކުގެ ގިނަ ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނިކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު