Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫ ސިޓީ

ހޯލެއް ނުލިބިގެން އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ހުވާކުރުން މަގުމަތީގައި!

ސްކޫލަކުން ހޯލެއް ނުދިން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 25 މެއި 2017 | ބުރާސްފަތި 19:03
ސޯބެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ސޯބެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

އަލަށް އިންތިޚާބުވި އައްޑޫ ސިޓީގެ ކައުންސިލް މެންބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހޯލެއް ނުލިބިގެން ހުވާކުރުން މަގުމަތީގައި ބޭއްވުމަށް ވިސްނަވަމުން ގެންދަވާކަމަށް އަބްދުﷲ ސޯދިޤް (ސޯބެ) ވިދާޅުވެއްޖެއެވެ.

ސޯބެ ވިދާޅުވީ ހުވާކުރުމުގެ ދަރުބާރު ބާއްވާނެ ތަނެއް ހޯދުމަށް މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުންދާ ކަމަށާއި މިހާތަނަށް އައިރުވެސް އެކަން ހަމަޖެހިފައި ނުވާ ކަމަށެވެ. އެފަދަ ހަފުލާއެއް ބޭއްވޭވަރުގެ ހޯލެއް ހުންނަނީ ޝަރަފުއްދީން ސްކޫލާއި އިރުޝާދިއްޔާ ސްކޫލުގައި ކަމަށާއި ނަމަވެސް އެ ދެ ހޯލުންކުރެ އެއްވދސް ހޯލެއް ލިބިފައި ނުވާކަމަށް ސޯބެ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ ކަންކަމުގައި ސްކޫލްތަކުން ހޯލް ދޫކުރަން ޖެހޭ ކަން ފާހަގަ ކުރައްވައި ސޯބެ ވިދާޅުވީ ސްކޫލްގެ ހޯލްތައް ކައުންސިލަށް ދޫނުކޮށް ހިފަހައްޓާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ނުދީގެން ކަމަށެވެ.

ސޯބެ ވިދާޅުވީ ޕްރިންސިޕަލަށް ވެސް ހީފުޅުވެފައި އޮތްކަމަށް ބެލެވެނީ މުޅިންވެސް އެމްޑީޕީ ކައުންސިލަރުން ހޮވިފައިވާތީ މިއީ އެމްޑީޕީ ކަމެއް ކަމަށެވެ. އެމްޑީޕީ ކަމެއް ނަމަ ހުވާކުރުން ބޭއްވޭވަރުގެ ހޯލް އެބަހުރި ކަމަށާއި ނަމަވެސް ކަމަކީ ރައްޔިތުންގެ އަދި ޤައުމީ ކަމަކަށް ސޯބެ ވިދާޅުވިއެވެ.

ސްކޫލު ހޯލެއް ނުލިބުމުން މިނިސްޓްރީގެ ކަމާ ބެހޭ ބޭފުޅަކާވެސް ވާހަކަ ދެއްކެވި ކަމަށާއި އެލްޖީއޭއިން އެދިފައިވާ ގޮތަށް ކަންކަން ހަމަޖެހިގެންދާނެ ކަމަށް އެފަރާތުން ވިދާޅުވެފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހާ ހަމައަށް ހޯލެއް ހަަޖެހޭނެކަމަށް އެލްޖީއޭއިން ބުނި ނަމަވެސް މިހާނަށް އައިރުވެސް ހަމަޖެހިފައި ނުވާތީ އެކަން ކުރާނެ ގޮތަކާމެދު ވާހަކަ ދެއްކުމުން ހޯލް ނުލިބޭނަމަ ލިބުނު ތަނެއްގައި ހުވާކުރުން ބޭއްވުމަށް އެލްޖީއޭއިން ބުނެފައިވާކަމަށް ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރޭގެ 12 ޖެހުމުގެ ކުރިން ހުވާކުރަން ޖެހޭއިރު ސިޓީ ކައުންސިލުން ނިންމާފައިވަނީ 3 ވަނަ ދުވަހުގެރޭ 10 ޖަހާއިރު ހުވާކުރުމަށް ކަމަށް ސޯބެ ވިދާޅުވިއެވެ. ސޯބެ ވިދާޅުވީ ހުވާކުރުން ބާއްވަން ޖެހެނީ ވީހާވެސް ގިނަ ރައްޔިތުންގެ ހާޒިރުގައި ކަމަށާއި އެހެންކަމުން ތަނެއް ނުލިބިއްޖިއްޔާ ބާއްވަން ޖެހޭނީ މަގުމަތީގައި ކަމަށެވެ. މަގުމަތީގައި ނަމަވެސް ޖޫން މަހުގެ 3 ވަނަ ދުވަހުގެ ރޭ ހުވާ ކުރައްވާނެ ކަމަށް ސޯބެ ވިދާޅުވިއެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ ހަތް ގޮނޑި ވެސް ހޯދީ އެމްޑީޕީންނެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު