Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ ސިޔާސީޕާޓީތައް

42 އަށްވުރެ އިތުރުވެސް ވެއްޖެ، އަނިޔާވެރިވެރިކަން ނިންމާނަން:އިބްރާހީމް ހަސަން

14 މެއި 2017 | އާދީއްތަ 03:45

މަޖިލީހުގެ ތެރެއިން ނިންމަންޖެހޭ ކަންކަން ބަރާބަރަށް ކުރިއަށް ދާކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 14 މެއި 2017 | އާދީއްތަ 03:45
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި މެމްބަރު އިބްރާހީމް ހަސަން ވާހަކަ ދައްކަވަނީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި މެމްބަރު އިބްރާހީމް ހަސަން ވާހަކަ ދައްކަވަނީ

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން އުފައްދާފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގެ ތެރެއިން ކުރިއަށް ގެންދަން ނިންމާފައިވާކަންކަން ބަރާބަރަށް ކުރިއަށްދާ ކަމަށާއި ހަމަ ކުރަންޖެހޭ 42 މެމްބަރުންނަށް ވުރެ އިތުރަށްވެސް މެމްބަރުން ހަމަ ކުރެވިއްޖެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހީމް ހަސަން ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބްރާހީމް ހަސަން ވިދާޅުވީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން މަސައްކަތް ކުރަމުންދަނީ ވަރަށް ކެތްތެރިކަމާއި ހިކްމަތްތެރިކަމާއެކު ކަމަށެވެ.

Advertisement - newsAdvertisement

"އަޅުގަނޑުމެންގެ މަސައްކަތް މަޖިލީހުގެ ތެރެއިން ކުރިއަށް ގެންދާނަން. ވަރަށް އުފާވެރިކަމާއެކު މިދަންނަވަނީ އަޅުގަނޑުމެންނަށް 42 މެމްބަރުންނަށް ވުރެ މެމްބަރުން އިތުރުވެއްޖެއޭ. އެހެންނަމަވެސް ވަގުތާއި ހާލަތަށް ބަލާފަ މަޖިލިސް ރިސެސްގަ އޮތީމައާއެކު އަޅުގަނޑުމެން ކެތްތެރިކަމާއެކު، އަޅުގަނޑުމެންގެ ލީޑަރުންގެ އިރުޝާދާއެކު އަޅުގަނޑުމެން މިގެންދަނީ ހިކްމަތްތެރިކަމާއެކު، ދިވެހި ގައުމުގައި ހަމަނުޖެހުމެއް ނޫފެދޭނެގޮތަށް ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަމުން،" އިބްރާހީމް ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި މިކަން ނިންމާނީ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނެސްފައި ކަމަށް އިބްރާހީމް ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން އޭނާ ނިސްބަތްވާ ތޮއްޑޫ ދާއިރާއިން މި ސަރުކާރަށް ލިބުނީ "ސުމެއް" ކަމަށެވެ. މި އިންތިހާބުގައި ދިވެހި ރައްޔިތުން މިވަނީ އަނިޔާއާއި ކޮރަޕްޝަނާއި ފަސާދައަށް ނޫނެކޭ ބުނެފައި ކަމަށެވެ. އެހެންވެ، ރައީސްކަމުގެ މަގާމުން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްތިއުފާ ދެއްވުމަށް ވެސް އިބްރާހީމް ހަސަން ވަނީ ގޮވާލައްވާފަ އެވެ.

"ދަންނަވަންތޯ، ޖުމްހޫރީ ޕާޓީގެ ޖަގަހަ ކުނޫޒު ބަންދުކުރިޔަސް، އެމްޑީޕީގެ ހަރުގެ ބަންދުކުރިޔަސް އަދި އަދާލަތު ޕާޓީގެ އޮފީސް ބަންދުކުރިޔަސް އަޅުގަނޑުމެންދާނީ ކުރިއަށް، ބާރަށް ކުރިއަށް،" އިބްރާހީމް ހަސަން ވިދާޅުވި އެވެ.

އިބްރާހީމް ހަސަން ވިދާޅުވީ ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރި ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުންނާ ދޭތެރޭ އެއްވެސް ހިތްބުރަ ކަމެއް ނެތްކަމަށާއި އޭނާ އަދި ދިވެހިރައްޔިތުން ވެސް ވޯޓް ދީފައިވަނީ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް