Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

މެޖޯރިޓީ ނުލިބިއްޖެނަމަ އިދިކޮޅު ފަރާތްތަކުން ބަޢާވާތް ކުރާނެ ގޮތް ރައީސް ނަޝީދު ވިދާޅުވެއްޖެ

9 މާރިޗު 2019 | ހޮނިހިރު 08:48

ކުރިޔަށް އޮތް 5 އަހަރު ސަރުކާރު ދަމަހައްޓާނަން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 9 މާރިޗު 2019 | ހޮނިހިރު 08:48
ރައީސް ނަޝީދު އިލްޔާސް ލަބީބުގެ ކެމްޕެއިން ހަފްލާގައި ވާހަކަދައްކަވަނީ

ރައީސް ނަޝީދު އިލްޔާސް ލަބީބުގެ ކެމްޕެއިން ހަފްލާގައި ވާހަކަދައްކަވަނީ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އަށް މެޖޯރިޓީ ނުލިބިެއްޖެ ނަމަ އިދިކޮޅު ފަރާތްތަކުން ބަޢާވާތްކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވައްޓާލާނެ ގޮތް ތަފްސީލްކޮށް ރައީސް ނަަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހުޅުދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އިލްޔާސް ލަބީބްގެ ކެމްޕެއިން އިފްތިތާހުކުރަމަށް ހޮނިހިރު ދުވަހުގެ މެންދުރު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެންމެންވެގެން މިހާރު އޮތް ސަރުކާރު ދެމެހެއްޓުމަށްޓަކައި 19 ވަނަ ރައްޔިތުންގެ މަޖލީހުން މެޖޯރިޓީ ދޭޏްޖެހޭ ކަމަށާއި އެހެން ނޫނީ މާޒީގައި ވެގެންދިޔަ ގޮތަށް، ބަޢާވާތްކޮށް ސަރުކާރު ބަދަލުކުރާނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވަނީ އެމްޑީޕީ އަށް މެޖޯރިޓީ ނުލިބެއްޖެ ނަމަ ކަންތައް ވާނެ ގޮތް ތަފްސީލް ގޮތެއްގައި ވިދާޅުވެފައެވެ. އެގޮތުން ވަޒީރުން އިތުބާރު ނެތްކަމުގެ ވޯޓުނަގައި މަގާމުން ދުރުކޮށް ސަރުކާރު ހިންގުމަށް ދަތިކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ވައުދުތައް ފުއްދުމަށް ހުރަސްއަޅައި ޕްރޮޖެކްޓްތައް ހިންގުމަށް ފައިސާ ހޯދުމަށް ދަތިކޮށް މުސްތަގިއްލު މުއައްސަސާތަކުގެ އިތުބާރު ސަރުކާރަށް ގެއްލުވައިލާނެ ކަމަށާއި މިކަމުގެ ނަތީޖާއަކަށް ސަރުކާރު ބާރެއް ނެތްކަމުގައި އެ ފަރާތްތަކުން ދެކި ފަނޑިޔާރުންނާއި މުސްތަގިއްލު މުއައްސަސާތައް ނެތިގޮސް ފުލުހުންނާއި ސިފައިންގެ ވެސް އިތުބާރު ގެއްލި ބަޢާވަތައް ފަރިތަ ބޭފުޅުން ރިޝްވަތުގެ ކަޅު ފައިސާ އެކި މުއައްސަސާތަކަށް ދީ ސަރުކާރު ބަދަލުކޮށްލާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"އެންމެ ފުރަތަމަ އަޢުލަބިއްޔަތު ނެތީމައި ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަނީ. އެކަން ކުރުމަށް ފަހުގައި ދެން ސަރުކާރު ހިންގުމަށް ދަތިކޮށް އެކި ޕްރޮޖެކްޓް ހިންގުމަށް ފައިސާ ދަތި ކުރަން ފަށަނީ. އެގޮތަށް ކަންތައް ވީމައި މުސްތަގިއްލު މުއައްސަސާތަކުގެ އިތުބާރު ސަރުކާރަށް ގެއްލެނީ. އެ ބޭފުޅުން ދެކެވަޑައިގަންނަވަން ފައްޓަވަނީ ސަރުކާރަކީ ބާރެއް ނެތް ބަޔެކޭ ސަރުކާރަށް ވާނޭ ކަމެއް ނެތޭ. ދެން އަޅުގަނޑުމެންނަށް ފެނިގެންދަނީ ފަނޑިޔާރުން އެ މަގަށް މަސަތްކުރާ ތަން. ފަނޑީޔާރުންނަށް ފެނިވަޑައިގަންނަވަނީ ސަރުކާރުގެ އަޣުލަބިއްޔަތެއް ނެތް މަޖިލީހެއްގައި ސަރުކާރާއި އެކުގައި ތިބުމުގެ ވިސްނުން ނުގެންގުޅޭ. ނަތީޖާއަކީ ހުކުމްތައް ވެސް ސިޔާސީ ކުލަވަރު ޖެހި ބަދަލުވެގެން ދިޔުން. ފަނޑިޔާރުންނާއި މުސްތަގިއްލު މުއައްސަސާތަކުގެ އިތުބާރު ގެއްލުނީމައި ފުލުހުންނާއި ސިފައިންގެ ވެސް އިތުބާރު ގެއްލެނީ. އެހެން އެކަންވީމައި ބަޢާވާތަށް ފަރިތަ ބޭފޫޅުން ރިޝްވަތުގެ ހުތުރު ފައިސާ އެކި މުއައްސަސާތަކަށް ހަރަދުކުރަން ފައްޓަނީ. ފުލުހުންނަށް ވެސް ސިފައިންނަށް ވެސް މަޖިލީހުގެ މެމްބަރުންނަށް ވެސް. އެ ފައިސާގައި އެންމެން ޖެހި ސަރުކާރު ބަދަލުކޮށްލަނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖަލްސާގައި އެ ދާއިރާގެ ރައްޔިތުންނާއި މުހާތަބްކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ކުރިޔަށް އޮތް ފަސް އަހަރު ވެރިކަމުގައި ދެމިތިބޭނެ ކަމަށާއި ރައީސް ސޯލިހުގެ ރިޔާސަތު ހިންގަމުންދާނެ ކަމަށެވެ. އަދި ރައްޔިތުން އެދޭ ބަދަލު ދާއިރާއަށް ގެނެވޭނީ އިލްޔާސް ލަބީބް ފަދަ ބޭފުޅުން މަޖިލީހުގައި ތިއްބެވުމުން ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އިލްޔާސް ލަބީބަކީ މެނިފެސްޓޯ އެކުލަވާލުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށާއި އެއީ އެ ދާއިރާއަށް ލިބުނު "ރަންމަލެއް، ޖަވާހިރެއް" ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

06 މާރިޗު 2017

އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

06 މާރިޗު 2017
އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން
02 މާރިޗު 2017

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
20 ފެބުރުއަރީ 2017

ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ

20 ފެބުރުއަރީ 2017
ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
08 ފެބުރުއަރީ 2017

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް