Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭ ސާފުކުރުން

މާލޭ ސަރަހައްދު ސާފުކުރުމުގެ ޕްރޮގްރާމްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންފި

އާއްމުން ވެސް ވަނީ ބައިވެރިވެފައި

އަލީ ސަމާޚް
އަލީ ސަމާޚް | 8 މާރިޗު 2019 | ހުކުރު 07:14
ރައީސް މުހައްމަދު ނަޝީދު

ރައީސް މުހައްމަދު ނަޝީދު

އެމެރިކަން ސެންޓާ ފޯ ޔޫތް އާއި މަޖީދިއްޔާ ސްކޫލު ގުޅިގެން ކުރިޔަށް ގެންދާ ސާފު ކުރުމުގެ ޕްރޮގްރާމްގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.

ހަފްތާ ބަންދުގައި ބާއްވަމުން ގެންދާ މިހަރަކާތުގައި މިފަހަރު ސާފުކޮށްފައި ވަނީ އެމްޓީސީސީ ޓާމިނަލް ފުރަގަހުގައި އޮންނަ މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދެވެ. އެގޮތުން އެ ސަރަހައްދުން ގިނަ ކުނިތަކެއް ނަގާފައިވާ ކަމަށް ހަރާކާތުގައި އަމަލީ ގޮތުން ބައިވެރިވެވެޑައިގަތް ރައީސް ނަޝީދު ވިދާޅުވިއެވެ.

އާއްމުންގެ ގިނަ ބަޔަކުވެސް ބައިވެރިވި މިހަރަކާތާއި ބެހޭ ގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެ ސަރަހައްދަށް އަޅާފައިވަ ގިނަ ކުންޏަކީ އާއްމު ރައްޔިތުން އަޅާފައިވާ ކުންޏެއް ނޫން ކަމަށާއި، އެއީ ސަރުކަރު ހިއްސާވާ ކުންފުނިތަކުން ޖަމާކޮށްފައިވާ ކުނިތައް ކަމަށެވެ.

''މިތާ އެބަހުރި އެންކަ ބޯޑުވެސް ހައެއްކަ ޕެކެޓް ހަމަ ހުރި ގޮތަށް. ދަގަނޑު ހޮޅި އެވެސް އެބަހުރި ބަންޑެލި ބަންޑެލި ހުރިގޮތަށް. ކޮންކްރިޓް ދަގަނޑުވެސް އެބަހުރި ބަންޑެލި ބަންޑެލި ހުރި ގޮތަށް. އެއޯތީ ބީއެމްއެލްގެ ބޮޑު ސިންގާ ކުނިގަނޑެއް. އެމީހުންވެސް އެއޮތީ މިތަނަށް އޮތް ގޮތަށް ގެނެސް އެއްލާލަފައި'' ކުނި ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދަމުން ނަޝީދު ވިދާޅުވިއެވެ.

މިފަދަ ތަންތަން ދާއިމީ ގޮތަކަށް ސާފުކޮށް ދެމެހެއްޓުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސްއޫލިއްޔަތެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ކުނި ނޭޅޭ ގޮތަށް މަސައްކަތް ކޮށްދެއްވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ކުނި ސާފުކުރުމުގެ ހަރަކާތް އިންތިޒާމް ކުރުމުގައި މަޖީދިއްޔާ ސްކޫލުގެ ފަރާތުން ބައިވެރިވި މުހައްމަދު އުލްވާން މުއާޒް ބުނީ، މި ޕްރޮގްރާމް އަކީ ފެބްރުއަރީ މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށާއި، ވޭތުވެދިޔަ ހަފްތާތަކުގައި ގިނަ އަދަދެއްގެ ކުނި ނައްތާލެވިފައިވާ ކަމަށެވެ.

ފެބްރުއަރީ މަހުން ފެށިގެން ކުރިޔަށް ގެންދާ މި ޕްރޮގްރާމް ކޮންމެ ހަފްތާއެއްގައި ސާފު ކުރަނީ ވަކި ސަރަހައްދު ތަކެއް ކަމަށް އޭނާ ބުންޏެވެ.

'' އަޅުގަނޑުމެން މި އަހަރުގެ ފުރަތަމަ ކްލީން އަޕް ބޭއްވުނީ 8 ފެބްރުއަރީގައި. އެ ދުވަހުވެސް އަޅުގަނޑުމެންނަށް 60 ވޮލެންޓިއާސް އަކާއިއެކު ނެގުނު 400 ކޮންމެވެސް ވަރެއްގެ ކިލޯގެ ކުނި. ދެން ބޭއްވިގެން ދިޔައީ ހުޅުމާލެ އާއި މާލެއާއި އެއްކޮށްކްލީން އަޕެއް. އަޅުގަނޑުމެން ނެގިން އެއް ޓަނު ކުނި'' އުލްވާން ބުންޏެވެ.

އަދި އޭގެ ފަހުން ރާޅުގަނޑު ސަރަހައްދު ވެސް ސާފުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. އުލްވާން ބުނީ، ކުނި ނެގުމުގެ ކަންތައްތަކުގައި ވެމްކޯގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ.

ކުނި ނެގުމުގައި ހަރަކާތްތެރިވި މާލޭގެ މޭޔާރު ޝިފާ މުހައްމަދު ވިދާޅުވީ، މާލެތެރެ ވެސް އެންމެ ހިތްހަމަ ޖެހޭވަރަށް ސާފު ނުވާކަމަށާއި، އަދިވެސް ކުނި ގިނަ ވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

''ސިނގިރޭޓި ބަޑްސްތައް ބައިވަރު. ހުސްކުރި ފުޅިތަކާއި ދަޅުތައް ހަމަ އަތަށް ހޫރާލަފަ އޮތްތަން މި ފެންނަނީ. މީ ވަރަށް ހިތާމަވެރި މަންޒަރެއް. ތިމާގެ ނަފްސު ތަރައްގީ ނުވާކަން ނުވަތަ ގައުމު އަދި ތަރައްގީ ނުވާކަން މި ދައްކުވައިދެނީ... މިކަން ކަން ހުއްޓުވުމަށްޓަކައި ހުރިހާ ބޭފުޅުންވެސް މިކަން ކަމުގައި ބައިވެރިވެ ދެއްވާ ބިން މައްޗަށް އެތެއްތި ނުއުކުމަށް އަޅުގަނޑު އިލްތިމާސް ކުރަން'' ޝިފާ ވިދާޅުވިއެވެ.

މާލެ މޭޔަރު ވިދާޅުވީ ބަޔަކު ކުނިއަޅާތަން ފެންނަ ނަަމަ އެކަން ނުކުރުމަށް ބުނަން ހުރިހާ ބޭފުޅުންވެސް ކެރެން ޖެހޭ ކަމަށެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު