Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމްގެ މުބާރަތްތައް

ޕްރެސިޑެންޓް ކަޕް ކެންސަލްކޮށް، އަންނަ އަހަރު މާލޭ ލީގު ނުބާއްވަން ނިންމައިފި

ކަލަންޑަރަށް ވަނީ ބޮޑު ބަދަލެއް ގެނެސްގައި

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2018 | ބުރާސްފަތި 16:16
ޕްރެމިއަރ ލީގުގެ މެޗެއްގެ ތެރެއިން

ޕްރެމިއަރ ލީގުގެ މެޗެއްގެ ތެރެއިން

މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ނުބާއްވައި އަދި އަންނަ އަހަރު މާލޭ ލީގު ނުބާއްވަން ނިންމައިފިއެވެ.

އެފްއޭއެމްގެ ސީޒަން ކަލަންޑަރަށް ކޮންމެ ސީޒަނަކަށް ވެސް ބަދަލުތަކެއް އަންނަމުންދާ އިރު، މާލޭ ލީގާ އެކު އަލުން ދިވެހި ޕްރިމިއާ ލީގު ކުޅެން ފެށީ މިދިޔަ ސީޒަންގައެވެ.

ދިވެހި ޕްރިމިއާ ލީގު ފެށިގެން ހަ ހަފްތާގެ ކުޅުން ނިމިފައިވާ އިރު، ސާފް ޗެމްޕިއަންޝިޕަށް ލީގު ދެ މަހެއްހާ ދުވަހަށް މެދުކަނޑާލުމާ ވެސް އެކުގައި ލީގުގެ ފޯރި ކުޑަވެ، އަތޮޅު ތެރޭގެ ބައެއް ޓީމުތަކުގެ އިތުރުން މާލޭގެ ކްލަބުތަކަށް ވެސް މާލީ ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައި ވެއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ސީޒަން ކަލަންޑަރަށް ބަދަލުތަކެއް ގެނެސްފައި ވަނީ ކްލަބުތަކާ މަޝްވަރާ ވެސް ކޮށް، ކްލަބުތަކަށް ވެސް ފަސޭހަވާނެ ގޮތަކަށް ކަމަށެވެ.

ބައްސާމް ވިދާޅުވީ އަންނަ އަހަރުގެ މާލޭ ލީގު ނުބާއްވާނެ ކަމަށާއި، ސީޒަން އޯޕެނިންގައި ކުޅެވޭ މެޗު ވެސް ހޯމް އެންޑް އަވޭ އުސޫލުން ކުޅެވޭ ދެ މެޗެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ވިސްނާފައިވާ ކަމަށެވެ.

ބައްސާމް ވިދާޅުވީ އޭގެ މައިގަނޑު ބޭނުމަކީ އަތޮޅު ތެރޭގެ ފުޓުބޯޅައަށް ހެޔޮ ގޮތްތަކެއް ހޯދުން ކަމަށާއި، އެފްއޭއެމް އިން މިހާރު ވެސް އަތޮޅު ތެރެއަށް ފޯކަސް ކޮށްގެން ކުރިއަށްގެންދާ މުބާރާތްތަކުގެ ފޮނި މީރުކަން ވެސް ފެންނަމުންދާ ކަމަށެވެ.

އެފްއޭއެމްގެ އެސިސްޓެންޓް ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްޣަނީ (ސާންތި) މިއަދުގެ ޕްރެސްގައި ވިދާޅުވީ އަންނަ އަހަރުގެ ސީޒަން ފަށާނީ ޔޫތު ޗެމްޕިއަންޝިޕުން ކަމަށެވެ.

ކުރިއަށް އޮތް ސީޒަންތައް ފަށާނެ ބޮޑު މުބާރާތަކަށް ވާނީ ޕްރެޒިޑެންޓް ކަޕް ކަމަށާއި، އޭގެ އެންމެ ބޮޑު ފައިދާއަކީ އޭއެފްސީ ކަޕަށް ތައްޔާރުވާ ޓީމުތަކަށް ވެސް މެޗުތަކެއް ލިބިގެން ދިޔުން ކަމަށް ސާންތި ފާހަގަކުރެއްވިއެވެ.

ސާންތި އިތުރަށް ފާހަގަކުރެއްވީ އަންނަ އަހަރު ސީޒަންގެ ކަލަންޑަރުގެ ތެރެއިން އަންނަ ފީފާ ބްރޭކްތަކަށް ބަރާބަރަށް ލީގު މެދު ކަނޑާލާނެ ކަމަށާއި، ގައުމީ ޓީމަށް އެ ދުވަސްތައް ހުސްކުރުމުގެ ވިސްނުން އެބަހުރި ކަމަށެވެ.

އެފްއޭއެމް އިން މިއަދު ބޭއްވި ޕްރެސްގައި އަންނަ ސީޒަންގެ ލީގަށް ގެނައި ބަދަލުތަކާ އެކު، ޓީމުތަކަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ވަނީ ހިއްސާކޮށްފައެވެ.

އަންނަ އަހަރު ކަލަންޑަރު ތެރޭގައި 36 ދުވަސް ގައުމީ ޓީމަށް ހުސްވާނެ ކަމަށާއި، އަންނަ އަހަރު ގައުމީ ޒުވާން ޓީމަށް ގިނަ މުބާރާތްތަކެއް ހުރި ކަމަށް ވެސް ސާންތި ފާހަގަކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު